22 މާޗް 2017
ރާއްޖޭގެ އިތުރުން ސްރީ ލަންކާ އާއި އިންޑިއާގައި ވެސް މި ދުވަސްވަރު އެޗް1އެން1 ދަނީ ފެތުރެމުންނެވެ. މިއީ 2009 ވަނަ އަހަރު މުޅި ދުނިޔެއަށް ފެތުރި ބިރުވެރި ރޯގާއެއްގެ ގޮތުގައި ސިފަވެފައި ވިޔަސް ހަގީގަތަކީ އެޔެއް ނޫނެވެ.
ރާއްޖޭގެ އިތުރުން ސްރީ ލަންކާ އާއި އިންޑިއާގައި ވެސް މި ދުވަސްވަރު އެޗް1އެން1 ދަނީ ފެތުރެމުންނެވެ. މިއީ 2009 ވަނަ އަހަރު މުޅި ދުނިޔެއަށް ފެތުރި ބިރުވެރި ރޯގާއެއްގެ ގޮތުގައި ސިފަވެފައި ވިޔަސް ހަގީގަތަކީ އެޔެއް ނޫނެވެ.
ގިނަގިނައިން އަތް ދޮވުމާއި ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން އަދި ބަލި ޖެހިފައިވާ މީހުން އެހެން މީހުންނާ ގައިގޯޅި ނުވުމަކީ ބަލިން ރައްކާތެރިވެ ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ އާދައިގެ އެކަމަކު މުހިންމު ކަންކަމެވެ.
"މި ވައިރަސް އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހާ، އަނގަޔާއި ނޭފަތް ނިވާ ނުކޮށް ކިނބިހި އެޅުމުން. ޚާއްސަކޮށް އެއާކޯން ކޮށްފައިވާ ތަނެއްގެ ތެރެއަށް މިފަދަ މީހަކު ހާމަޔަށް ކިނބިއްސެއް އަޅައިފި ނަމަ ބަލީގެ ޖަރާސީމުތައް އެތަނެއްގެ ތެރޭގައި ހުރެދާނެ. ބަލި އަރާ އަނެއް ގޮތަކީ ބަލީގެ ވައިރަސް ހުއްޓާ މީހެއްގެ ގައިގައި އަތްލެވުން، ސަލާންކުރުން، ނުވަތަ އޭނާ އަތްލައިގެން އިންފެކްޓްވެފައިވާ ތަނެއްގައި އަތްލެވުން،" ކޮލަމްބިއާ އޭޝިއާ ރެފަރަލް ހޮސްޕިޓަލްގެ ކޮންސަލްޓަންޓް އިންފެކްޝަސް ޑިޒީޒް ރީނީ ބެނާޖީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަލި ޖެހިފައިވާ މީހުން މީހުން ގިނަ ތަންތަނަށް ދިއުމުން ވެސް ބަލި ފެތުރުމުގެ ނުރައްކާ އިތުރުވެގެން ދާނެ ކަމެކެވެ. އަދި ޓެކްސީ ފަދަ ތަކެތީގައި ކޮންމެ ދުވަހަކު ދަތުރުކުރާ މީހުންނަށް ވެސް ބަލި ޖެހުމުގެ ނުރައްކާ ބޮޑެވެ.
މި ބަލި ޖެހުމުން ބޮޑުވަރުވަނީ ކުޑަކުދިންނާއި މާބަނޑު މީހުން އަދި ހަކުރު ބަލި ހުންނަ މީހުންނާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުން އަދި ދާއިމީ ގޮތެއްގައި ފަރުވާ ހޯދަންޖެހޭ ބައްޔެއް ހުންނަ މީހުންނަށް ކަމަށް ވާތީ މިފަދަ މީހުން ބޮޑަށް ސަމާލުވާން ޖެހެ އެވެ. ބަލި ހުރި ކަމަށް ކިރިޔާ ވެސް ޝައްކެއް ވެއްޖެ ނަމަ ވީ އެންމެ އަވަހަކަށް ޓެސްޓްކުރަން ޖޭހެނެ އެވެ.
ފޯޓިސް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް އިންޓާނަލް މެޑިސިން ޑރ. އަމްބަނާ ގައުޑާ ވިދާޅުވީ ސްވައިން ފްލޫގެ އަލާމާތްތައް އާދައިގެ އަރިދަފުސް ރޯގާގެ އަލާމާތްތަކާ ތަފާތެއް ނެތް ކަމަށެވެ. ކެއްސުން، ހުން އައުން، ކަރުގައި ރިއްސުން، ނޭފަތުން ފެން ފޭބުން، ނޭފަތް ބެދުން، ލޯ ރަތްވުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، މާ ބޮޑަށް ވަރުބަލިވުން، ބޭރަށް ހިންގުން، މޭނުބައިކޮށް ހޮޑުލެވުން މިއީ މި ބަލީގެ ނިޝާންތަކެވެ.
މި ބަލީގެ ވައިރަސް ހަށިގަނޑަށް ވަނުމަށް ފަހު އެއްވެސް ނިޝާނެއް ނުފެނި ތިން ދުވަހު ހުރެދާނެ އެވެ. މާބަނޑު މީހުންނާއި ބޮޑެތި ބަލިތަކުގައި އުޅޭ މީހުން އަދި ނޭވާހިއްލާ މީހުންނާއި ހަކުރު ބަލީގެ މީހުން އަދި ހިތުގެ ބަލީގެ މީހުންނަށް މި ބަލި ޖެހިއްޖެ ނަމަ މާ ބޮޑަށް ނުރައްކާ ވެއެވެ.
މި ބައްޔަށް މިހާރު ވެކްސިން ތައްޔާރުކޮށްފައި ހުރި ނަމަވެސް ޑޮކްޓަރެއްގެ އިރުޝާދާ ނުލައި ވެކްސިން ޖެހުން ރަނގަޅެއް ނޫނެވެ. މި ވެކްސިން ޖެހުން އެންމެ އެދެވިގެންވަނީ ދިފާއީ ބާރު ދެރަ މީހުންނަށެވެ.
• ސައިބޯނި ލައިގެން، ގިނަގިނައިން ރަނގަޅަށް އަތް ދޮންނަން އާދަކުރާށެވެ.
• އާއްމު ތަންތަނުގައި ހުންނަ ދޮރާއި ގޮނޑި އަދި މޭޒާއި ދޮރުގެ އަތްގަނޑު ފަދަ ތަންތަނުގައި އަތްނުލާށެވެ.
• ވީހާވެސް ގިނައިން ފެން ބޮއެ ތާޒާ މޭވާ ކާށެވެ. މޭވާގައި ވިޓަމިން ސީ ހުރެ އެވެ. މިއީ ދިފާއީ ބާރު ގަދަ ކޮށްދޭނެ އެއްޗެކެވެ.
• ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ރަނގަޅަށް ޓިޝޫއަކުން ނިވާކޮށްގެން ކިނބިހި އަޅާށެވެ. އަދި ވަގުތުން އެ ޓިޝޫ ޑަސްބިނަކަށް ލާށެވެ.
• ބަލިވާހެން ހީވާ ނަމަ ގެއިން ބޭރަށް ނުދާށެވެ. އަދި ޑޮކްޓަރަކަށް ދައްކާށެވެ. އަދި އެހެން މީހުންނާ ބައްދަލު ނުކުރާށެވެ.
• ހައި ރިސްކް ގްރޫޕްގެ މީހެއް ނަމަ އަވަހަށް ވެކްސިން ޖަހާށެވެ.
އިންފްލުއެންޒާ ޖެހެން ކެރޭ ނަމަ 3،500 ޑޮލަރު
ރޯގާޖެހި ދަރިފުޅު މަރުވި މަންމަގެ ނަސޭހަތް
ރޯގާގެ ތަފާސްހިސާބުން ފެންނަ އަސްލު މަންޒަރު
ސްވައިން ފްލޫގެ ހަގީގަތާއި ފެތުރޭ ގޮތް
ސްވައިންފްލޫ އެބަ ފެތުރޭ، ނުރައްކަލެއް ނެތް: އެޗްޕީއޭ
ކޮވިޑާ އެކު އެހެން ބަަލިތައް މަދުވެއްޖެ
މަރުގެ ތުންފަތްމަތިން ސަލާމަތްވި މާބަނޑުމީހާ
ސްވައިން ފްލޫ ޖެހުނު އަންހެން މީހާގެ ދަރިފުޅު ބޭރަށް
ސްވައިން ފްލޫއަށް މާ ބޮޑު ހައްލެއް ނާދޭ: މެމްބަރުން
އިތުރު ހަތް މީހަކު އެޗް1އެން1 އަށް ޕޮޒިޓިވްވެއްޖެ