13 މާޗް 2017
އެޗް1އެން1 އަށް ސްވައިން ފްލޫ އޭ ވެސް ކިޔަ އެވެ. ސްވައިން ނުވަތަ އޫރަށް ނިސްބަތްކޮށް ބައްޔަށް ނަން ދީފައި ވަނީ މި ބަލި އިންސާނުންނަށް އެންމެ ފުރަތަމަ ޖެހިފައި ވަނީ އޫރުގެ ޒަރިއްޔާއިން ކަމަށް ވާތީ އެވެ. އެކަމަކު މި ވައިރަސް އިންސާނުންނަށް ޖެހި، އާ ވައިރަހެއްގެ ގޮތުގައި އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް ވާސިލުވާން ފެށިތާ މިހާރު ޒަމާންތަކެއް ވެއްޖެ އެވެ.
އެޗް1އެން1 އަށް ސްވައިން ފްލޫ އޭ ވެސް ކިޔަ އެވެ. ސްވައިން ނުވަތަ އޫރަށް ނިސްބަތްކޮށް ބައްޔަށް ނަން ދީފައި ވަނީ މި ބަލި އިންސާނުންނަށް އެންމެ ފުރަތަމަ ޖެހިފައި ވަނީ އޫރުގެ ޒަރިއްޔާއިން ކަމަށް ވާތީ އެވެ. އެކަމަކު މި ވައިރަސް އިންސާނުންނަށް ޖެހި، އާ ވައިރަހެއްގެ ގޮތުގައި އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް ވާސިލުވާން ފެށިތާ މިހާރު ޒަމާންތަކެއް ވެއްޖެ އެވެ.
އެޗް1އެން1 ވައިރަސް 2009 ވަނަ އަހަރު މުޅި ދުނިޔޭގައި ފެތުރުނެވެ. އެހެންވެ ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ) އިން އެ ދުވަސްވަރު އެއީ މުޅި ދުނިޔެއަށް އާންމުވެފައިވާ ބައްޔެއްގެ ގޮތުގައި ކަނޑައެޅި އެވެ. އޭގެ ފަހުން މި ބަލި ޖެހުމަކީ އާންމު ކަމެކެވެ. އެކަމަކު އެންމެ ކުރިން ޖެހުނުހާ ގިނައިން މިހާރު ނުޖެހެ އެވެ.
މީގެ އަހަރުތަކެއް ކުރިން މި ބައްޔާ މެދު އޮތް ވަރުގެ ބިރުވެރިކަމެއް މިހާރަކު ނެތެވެ. އެކަމަކު މިއީ އަދިވެސް ރައްކާތެރިވެ ތިބެންޖެހޭ ބައްޔެެކެވެ. އާންމު އެހެން ރޯގާތައް ފަދައިން ސްވައިން ފްލޫ އަކީ ވެސް ސިއްހީ ބައެއް މައްސަލަތައް ހުންނަ މީހަކަށް ޖެހިއްޖެ ނަމަ ސީރިއަސް ވެދާނެ އެވެ. ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ފްލޫ ވެކްސިން ޖެހުމެވެ.
މިއީ ހަމަ އާންމު އަރިދަފުސް ރޯގާ ޖެހޭ ގޮތަށް ޖެހޭ ބައްޔެކެވެ. ބަލި ޖެހިފައި ތިބޭ މީހުން ކެއްސައި ކިނބިހި އަޅާއިރު ވައިރަސް ހުންނަ ކުޅު ތިކިތައް ވައިގެ ތެރެއަށް ސްޕްރޭވެގެން ދެ އެވެ. މިގޮތަށް ބުރައިގެންދާ ކުޅުން އަދި ކުޅު އުނގުޅިފައި ހުންނަ ތަނެއްގައި އަތްލުމުން އެޗް1އެން1 ވައިރަސް ހަށިގަނޑަށް ވަނުމަށް މެދުވެރިވެ އެވެ.
ސްވައިން ފްލޫގެ ވައިރަސް
ބަލި ޖެހި، އެކަމަކު ބަލީގެ އަލާމާތްތައް ފެންނަން ފެށުމުގެ އެއް ދުވަސް ކުރިން ބަލީގެ ވައިރަސް ހަށިގަނޑުން ބޭރުވެ އެހެން މީހުންނަށް ބަލި ޖެހޭނެ އެވެ. އަދި ބަލި ރަނގަޅުވާތާ ހަތް ދުވަސް ވަންދެން ވެސް އެ މީހެއްގެ ސަބަބުން އެހެން މީހުންނަށް ބަލި ޖައްސަ އެވެ. ކުޑަ ކުއްޖެއް ނަމަ، ބަލި ޖެހޭތާ 10 ދުވަސް ވަންދެން އެ ކުއްޖެއްގެ ކިބައިން އެހެން މީހުންނަށް ބަލި ޖެހިދާނެ އެވެ.
* ކެއްސުން
* ހުން އައުން
* ކަރުގައި ރިއްސުން
* ނޭފަތުން ފެން އައުން ނުވަތަ ބެދުން
* ގައިގައި ރިއްސުން
* ބޮލުގައި ރިއްސުން
* ހީކެރުވުން
* ވަރުދެރަވުން
އާންމު ރޯގާތައް ފަދައިން ސްވައިން ފްލޫގެ ސަބަބުން ވެސް ނިއުމޯނިއާ އާއި ފުއްޕާމޭގެ އިންފެކްޝަންތައް އަދި މި ނޫނަސް ނޭވާލާ ނިޒާމުގެ މައްސަލަތައް ސީރިއަސްވެ އެވެ. އަދި ހަކުރު ބައްޔާއި ނޭވާހިއްލުމުގެ މައްސަލަ ހުންނަ ނަމަ އެ ކަންކަން މާބޮޑަށް ގޯސްވެ އެވެ. ނޭވާ ކުރުވުމާއި ގަދަޔަށް ހޮޑުލެވުމާއި ބަނޑުގައި ރިއްސުމާއި ބޯއެނބުރުން ފަދަ ކަމެއް ބަލީގެ ސަބަބުން ކުރިމަތިވާ ނަމަ އަވަހަށް ޑޮކްޓަރަށް ދައްކަން ޖެހޭނެ އެވެ.
* އުމުރުން ފަސް އަހަރުން ދަށުގެ ކުދިން
* އުމުރުން 65 އަހަރުން މަތީގެ މީހުން
* މާބަނޑު މީހުން
* ފުއްޕާމޭ، ހިތް، ފުރަމޭ، ލޭ، ނާވަސް ސިސްޓަމް، ނިއުރޯމަސްކިއުލާ ނުވަތަ މެޓަބޮލިކް މައްސަލަތައް ހުންނަ ބޮޑެތި މީހުންނާއި ކުޑަކުދިން
* ދިފާއީ ނިޒާމު ބަލިކަށި ބޮޑެތި މީހުންނާއި ކުޑަކުދިން އަދި އެޗްއައިވީ ޖެހިފައިވާ މީހުން
* ބަލިވެ އުޅޭ، ދާއިމީ ފަރުވާއެއް ހޯދާ މީހުން
އާންމު ރޯގާތަކާ ދެކޮޅަށް ބޭނުންކުރާ ބައެއް އެންޓިވައިރަލް ބޭސްތަކުން އެޗް1އެން1 އަށް ފަރުވާ ކުރެވެ އެވެ. އެގޮތުން ޓެމިފްލޫ، ރެޕިވެބް އަދި ރެލެންޒާ އަކީ އެންމެ ރަނގަޅު ބޭސްތަކުގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. މި ބޭސްތަކުން ބަލި ފަސޭހަކޮށްދިނުން އަވަސްކުރުވަ އެވެ. ބޭހުގެ އަސަރު އެންމެ ރަނގަޅަށް ކުރަނީ ބަލީގެ އަލާމާތްތައް ފެންނަން ފަށާތާ 48 ގަޑިއިރު ތެރޭގައި ބޭސް ބޭނުންކުރަން ފެށުމުންނެވެ.
އެޗް1އެން1ގެ ވެކްސިން
އެންޓިބަޔޮޓިކްސް އިން ފައިދާއެއް ނުކުރާނެ އެވެ. އެއީ ފްލޫ އަކީ ވައިރަސް އަކުން ޖެހޭ ބައްޔަކަށް ވާތީ އެވެ. އެންޓިބަޔޮޓިކްސް އިން ރަނގަޅުވާނީ ބެކްޓީރިއާ އިން ޖެހޭ ބަލިތަކެވެ.
އާންމު ފްލޫތަކާ ދެކޮޅަށް ބޭނުންކުރާ ވެކްސިނުން ވެސް އެޗް1އެން1 އިން ހިމާޔަތްކޮށްދޭނެ އެވެ. މި ވެކްސިން ނޭފަތަށް ސްޕްރޭއެއްގެ ގޮތުގައި ވެސް ދޭނެ އެވެ. ކޮންމެ ގޮތަކަށް ދިން ނަމަވެސް ވައިރަސްއާ ދެކޮޅަށް ދިފާއީ ނިޒާމު މަސައްކަތްކުރަންވީ ގޮތް އަންގައިދީ، ހަށިގަނޑު ހިމާޔަތްކޮށްދެ އެވެ.
އިރުއިރުކޮޅުން، ސައިބޯނި ލައިގެން އަތް ދޮންނާށެވެ. ނުވަތަ ސެނިޓައިޒާއަކުން އަތް ސާފުކޮށްފައި ބަހައްޓާށެވެ. ލޮލާއި ނޭފަތާއި އަނގަޔަށް އަތް ނުލާށެވެ. އަދި ބަލި މީހުންނާ ދުރުގައި އުޅޭށެވެ. -- މައުލޫމާތު: ވެބްއެމްޑީ
އިންފްލުއެންޒާ ޖެހެން ކެރޭ ނަމަ 3،500 ޑޮލަރު
ރޯގާޖެހި ދަރިފުޅު މަރުވި މަންމަގެ ނަސޭހަތް
ރޯގާގެ ތަފާސްހިސާބުން ފެންނަ އަސްލު މަންޒަރު
އެޗް1އެން1 އިން ދިފާއުވުމަކީ އުނދަގޫ ކަމެއް ނޫން
ސްވައިންފްލޫ އެބަ ފެތުރޭ، ނުރައްކަލެއް ނެތް: އެޗްޕީއޭ
ކޮވިޑާ އެކު އެހެން ބަަލިތައް މަދުވެއްޖެ
މަރުގެ ތުންފަތްމަތިން ސަލާމަތްވި މާބަނޑުމީހާ
ސްވައިން ފްލޫ ޖެހުނު އަންހެން މީހާގެ ދަރިފުޅު ބޭރަށް
ސްވައިން ފްލޫއަށް މާ ބޮޑު ހައްލެއް ނާދޭ: މެމްބަރުން
އިތުރު ހަތް މީހަކު އެޗް1އެން1 އަށް ޕޮޒިޓިވްވެއްޖެ