Roadha Mihaaru
އިންފްލުއެންޒާ ޖެހެން ކެރޭ ނަމަ 3،500 ޑޮލަރު

އަމިއްލައަށް އިންފްލުއެންޒާ ޖެހެން ކެރޭ ނަމަ 3،500 ޑޮލަރު

13 ޖޫން 2018

އެމެރިކާގެ ޔުނިވާސިޓީއަކުން ކުރާ ދިރާސާއެއްގައި ބައިވެރިވެ، ހަށިގަނޑަށް އިންފްލުއެންޒާ ވައިރަސް ޖައްސަން ކެރޭ މީހުންނަށް 3،500 ޑޮލަރު ދޭން އެ ޔުނިވަސިޓީން ފުރުސަތު ހުޅުވާލައިފި އެވެ.

އެމެރިކާގެ ޔުނިވާސިޓީއަކުން ކުރާ ދިރާސާއެއްގައި ބައިވެރިވެ، ހަށިގަނޑަށް އިންފްލުއެންޒާ ވައިރަސް ޖައްސަން ކެރޭ މީހުންނަށް 3،500 ޑޮލަރު ދޭން އެ ޔުނިވަސިޓީން ފުރުސަތު ހުޅުވާލައިފި އެވެ.

ސެއިންޓް ލުއީ ޔުނިވަސިޓީގެ ސެންޓަ ފޯ ވެކްސިން ޑިވެލޮޕްމަންޓުން ބުނި ގޮތުގައި މި ދިރާސާގައި ބައިވެރިވުމަށް އެމެރިކާއަށް ދިއުމާއި ހުރުމުގެ ޚަރަދަށް 3،500 ޑޮލަރު ދޭނެ އެވެ. އެކަމަކު މި "ޗުއްޓީ" ދަތުރުގައި އިންފްލުއެންޒާ ޖެހުމަށް ފަހު އޮންނަން ޖެހޭނީ ހޮޓަލުގަ އެވެ؛ ކަރަންޓީނު ކޮށްފަ އެވެ. މި ފައިސާގެ އިތުރުން، ފަހުން މައްސަލައެއް ދިމާވެއްޖެ ނަމަ ބަދަލުގެ ގޮތުގައި ފައިސާ ދޭން ވެސް ޔުނިވަސިޓީން އެއްބަސްވެ އެވެ.

ފޯބްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޕްރޮގްރާމް ހިންގުމަށް ޔުނިވަސިޓީ ކެމްޕަހުގެ ބައެއް މީހާރު ވަނީ ޗުއްޓީ ހޭދަކުރާ ހޮޓަލެއް ގޮތަށް ބަދަލުކޮށްފަ އެވެ. "ހޮޓެލް އިންފްލުއެންޒާ" ގައި ޗުއްޓީ ހޭދަކުރާ މީހުން ބޭނުންކުރާނީ އިންފްލުއެންޒާގެ އެކި ވައްތަރުތަކުގެ ވެކްސިން ޓެސްޓްކޮށް، ނަތީޖާ ބެލުމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ މީހަކީ އިންފްލުއެންޒާ ޖެހޭނެ މީހެއް ވެސް ނޫނެވެ. ބައިވެރިންގެ ތެރެއިން ވައިރަސް ޖައްސާނީ ވަކި ބަޔަކަށެވެ. އަނެއް ބަޔަކަށް ދޭނީ ޕްލަސީބޯ ނުވަތަ ވައިރަސް ކަމަށް ބުނެފައި ދޭ، އެކަމުން އެއްވެސް އަސަރެއް ނުކުރާ އެއްޗެކެވެ.

މި ވައިރަހުގެ ތެރޭގައި 10 ދުވަހު އުޅެން ޖެހޭނެ އެވެ. އެއީ ވައިރަސް ޖެހުނު ނަމަ އިތުރަށް އެ ވައިރަސް ފެތުރުން ހުއްޓޭހާ މުއްދަތެވެ. މި ޕްރޮގްރާމަށް ނަގާނީ އެންމެ 24 މީހުންނެވެ.