ހޫސްޓަން (ޖުލައި 7) - ފަހަތުން އަރައި 2-1 އިން ޔުނައިޓެޑް އެމެރިކާ ބަލިކޮށް، މެކްސިކޯ 10 ވަނަ ފަހަރަށް ކޮންކާކަފް ގޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ހޫސްޓަން (ޖުލައި 7) - ފަހަތުން އަރައި 2-1 އިން ޔުނައިޓެޑް އެމެރިކާ ބަލިކޮށް، މެކްސިކޯ 10 ވަނަ ފަހަރަށް ކޮންކާކަފް ގޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މެޗު ފެށިގެން ހަތަރު ވަނަ މިނިޓުގައި ކްރިސް ރިޗަޑްސް، އެމެރިކާ އަށް ލީޑު ނަގައިދީފައި ވަނިކޮށް މެކްސިކޯ އެއްވަރު ކުރީ ރައުލް ހިމިނޭޒް ޖަހައިދިން ގޯލުންނެވެ.
މިީ ހިމިނޭޒް މުބާރާތުގައި ޖެހި ތިން ވަނަ ލަނޑެވެ. ސެމީ ފައިނަލްގައި ހޮންޑިއުރާސް އަތުން މޮޅުކޮށްދޭން މެޗުގައި ހަމައެކަނި ގޯލު ޖަހައިދިނީ އޭނާ އެވެ.
މެކްސިކޯ ޗެމްޕިއަންކަން ހޯދީ 77 ވަނަ މިނިޓުގައި އެޑްސަން އަލްވަރޭޒް ކާމިޔާބު ކޮށްދިން ގޯލުންނެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅޭ 27 އަހަރުގެ މިޑްފީލްޑަރު އަލްވަރޭޒް އެވެ.
އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ މެކްސިކޯގެ ލުއިސް މަލަގޯން އެވެ. އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓު ހޯދީ ހަ ގޯލު ޖެހި ޕެނަމާގެ އިސްމާއިލް ޑިއާޒް އެވެ. ފެއާޕްލޭ އެވޯޑް ހޯދީ އެމެރިކާ އެވެ.
މިއީ 1991 ވަނަ އަހަރު ތައާރަފް ކުރި އުތުރު އެމެރިކާ ސަރަހައްދުގެ ގޯލްޑް ކަޕްގެ ފައިނަލްގައި މެކްސިކޯ އާއި އެމެރިކާ ބައްދަލުކުރި އަށް ވަނަ ފަހަރެވެ. އޭގެ ތެރެއިން ހަ ފައިނަލް މެކްސިކޯ ކާމިޔާބު ކޮށްފައި ވާއިރު އެމެރިކާ އަށް ކާމިޔާބުވެފައި ވަނީ ދެ ފަހަރެވެ.
ގޯލްޑް ކަޕުގެ މިހާތަނަށް ބޭއްވި 18 މުބާރާތުގެ ތެރެއިން 17 މުބާރާތް ކާމިޔާބު ކޮށްފައި ވަނީ މެކްސިކޯ ނުވަތަ އެމެރިކާ އެވެ. މި ދެ ގައުމުގެ އިތުރަށް ޗެމްޕިއަންކަން ހޯދާފައި ވަނީ ހަމައެކަނި ކެނެޑާ އެވެ. އެއީ 2000 ވަނަ އަހަރެވެ.
ގޯލްޑް ކަޕްގެ ކުރިން އުތުރު އެމެރިކާ ސަރަހައްދުގައި ބާއްވަމުން އައީ ކޮންކާކަފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތުން ވެސް ސަރަހައްދުގައި އެންމެ ކާމިޔާބު ދެ ގައުމުގެ ތެރޭގައި ވެސް މެކްސިކޯ ހިމެނެ އެވެ. އެގޮތުން މެކްސިކޯ އާއި ކޮސްޓަރިކާ ވަނީ ތިން ފަހަރު ޗެމްޕިއަންކަން ހޯދައިފަ އެވެ. އެމެރިކާ ވަނީ އެންމެ ފަހުން 1989 ގައި ބޭއްވި މުބާރާތުގެ ފައިނަލްގައި ވާދަކޮށް ބަލިވެފަ އެވެ.
ކްލަބް ވޯލްޑް ކަޕާ އެކު ގޯލްޑް ކަޕް ވެސް ފަށައިފި
ފަސް ވޯލްޑްކަޕް ކުޅުނު ފުރަތަމަ ކުޅުންތެރިޔާ މަރުވެއްޖެ
ނާކާމިޔާބަށްފަހު މެކްސިކޯގެ ކޯޗުކަމުން މާޓީނޯ ވަކިވެއްޖެ
މިއީ ސައުދީ ފުޓްބޯޅައިގެ ތާރީހު އާކުރަން ޖެހޭ ވަގުތު
ދެ މަސްތެރޭ ދެ މުބާރާތް އެމެރިކާ ކާމިޔާބުކޮށްފި
ފީފާ އިން ޓްރިނިޑާޑް ސަސްޕެންޑްކޮށްފި
ކްލޮޕް ލިވަޕޫލާ ގުޅުނީ މެކްސިކޯ އަށް ނޫނެކޭ ބުނެފައި
މެކްސިކޯ ބަލިކޮށް ބްރެޒިލް ކުއާޓާ ފައިނަލަށް
ތާރީހު އޮތީ ބްރެޒިލް ކޮޅަށް، މެކްސިކޯ ދުލެއް ނުދޭނެ
ހެނާންޑޭޒްގެ 50 ވަނަ ގޯލާ އެކު މެކްސިކޯ ކުރިއަށް