ރާއްޖެ އިން އޯ ލެވެލް އާއި އޭ ލެވެލް ގަދަ 10ގައި ހިމެނި ރައީސްގެ ސްކޮލާޝިޕް ލިބޭ ދަރިވަރުންނާއި ހައި އެޗީވާސް އެވޯޑު ހޯދާ ދަރިވަރުން މަތީ ތައުލީމަށް ކިޔަވަނީ އެ ކުދިންނާ އެކަށީގެންނުވާ، ފެންވަރު ދަށް ޔުނިވާސިޓީތަކުން ކަމަށް އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސް (އައިޖީއެސް) ގެ ދިރާސާއަކުން ދައްކައިފި އެވެ.
06 ޖުލައި 2025
ރާއްޖެ އިން އޯ ލެވެލް އާއި އޭ ލެވެލް ގަދަ 10ގައި ހިމެނި ރައީސްގެ ސްކޮލާޝިޕް ލިބޭ ދަރިވަރުންނާއި ހައި އެޗީވާސް އެވޯޑު ހޯދާ ދަރިވަރުން މަތީ ތައުލީމަށް ކިޔަވަނީ އެ ކުދިންނާ އެކަށީގެންނުވާ، ފެންވަރު ދަށް ޔުނިވާސިޓީތަކުން ކަމަށް އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސް (އައިޖީއެސް) ގެ ދިރާސާއަކުން ދައްކައިފި އެވެ.
އެ ދިރާސާ ހަދާފައި ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އޮކްސްފޯޑް އަދި ޔުނިވާސިޓީ އޮފް ކެމްބްރިޖުގެ އެޑްމިޝަން އެކްސްޕާޓުންނާ ގުޅިގެންނެވެ.
އެ ދިރާސާ ހެދީ 2022 އާއި 2023 ގައި ސްކޮލާޝިޕް ލިބިގެން ކިޔަވަން ފެށި ދަރިވަރުންގެ ނަތީޖާ އާއި އެ ކުދިން ކިޔަވާ ޔުނިވާސިޓީތަކުގެ ރޭންކިން އާއި އެލީޓް ޔުނިވާސިޓީތަކުން އެފަދަ ދަރިވަރުންނަށް ހުރި ފުރުސަތުތަކަށް ބަލައިގެންނެވެ.
ތިން އަހަރަށް ބެލި ނަމަވެސް ފެންނަނީ ދާދި އެއްކަހަލަ ޕެޓާން އެއް. އެއީ އެންމެ މޮޅެތި ކުދިން ފެންވަރުދަށް ޔުނިވާސިޓީތަކުން ކިޔެވުމުގެ ސަގާފަތެއް އުފެދިފައި އޮތްކަން.
- އެ ދިރާސާ އިން ދެއްކި ގޮތުގައި 2023 ވަނަ އަހަރު ރައީސްގެ ސްކޮލާޝިޕް ލިބިގެން ކިޔަވަން ފެށި ދަރިވަރުންގެ ތެރެއިން ގަދަ10ގެ ޔުނިވާސިޓީއެއްގައި ކިޔަވަނީ އެންމެ ދަރިވަރެއް.
- ޔުނިވާސިޓީ ރޭންކިންގައި ގަދަ 10-30އާ ދެމެދުގެ ޔުނިވާސިޓީއަކުން ކިޔަވަނީ އެންމެ ހަތަރު ދަރިވަރުން.
- ސްކޮލާޝިޕް ލިބުނު ކުދިންގެ ތެރެއިން ޔުނިވާސިޓީ ރޭންކިންގައި ގަދަ 100 ގައި ވެސް ލައްވާނުލާ ޔުނިވާސިޓީތަކުން ހަތަރު ކުދިން ކިޔަވާ.
- ހައި އެޗީވާސް އެވޯޑުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އެއްވެސް ދަރިވަރަކު ރޭންކިންގައި ގަދަ 20ގައި ހިމެނޭ އެއްވެސް ޔުނިވާސިޓީއަކުން ނުކިޔަވާ.
- ގަދަ 50 ގައި ހިމެނޭ ޔުނިވާސިޓީއަކުން ކިޔަވަނީ އެންމެ ހަތް ދަރިވަރުން.
އައިޖީއެސްއިން ބުނީ ހައި އެޗީވާސް އެވޯޑުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން 39 ދަރިވަރަކު ކިޔަވަނީ ގަދަ 100 ގައި ވެސް ލައްވާނުލާ ޔުނިވާސިޓީތަކުން ކަމަށެވެ.
އޭގެ ތެރޭގައި ރޭންކިިންގައި ގަދަ 200 ގައި ލައްވާ ނުލާ ޔުނިވާސިޓީތަކުން ކިޔަވާ 11 ދަރިވަރަކާއި ޔުނިވާސިޓީ ރޭންކިންއަށް އަރާ ވަރަށް ވުރެ ފެންވަރު ދަށް ދެ ތަނެއްގައި ކިޔަވާ ދަރިވަރުން ވެސް ހިމެނޭ ކަމަށް އައިޖީއެސްގެ ދިރާސާއިން ވަނީ ދައްކައިފަ އެވެ.
މީގެ އިތުރުން ބައެއް ދަރިވަރުން ކިޔަަވަނީ ވެސް އެ ކުދިންނާ އެކަށީގެންނުވާ ގައުމު ތަކުން ކަމަށް އައިޖީއެސްގެ ދިރާސާއިން ވަނީ ދައްކައިފަ އެވެ. ރައީސްގެ ސްކޮލާޝިޕް ލިބޭ ދަރިވަރުންގެ ތެރެއިން އެންމެ ގިނަ ކުދިން ކިޔަވަން ދަނީ އިނގިރޭސިވިލާތަށެވެ. އަނެއް މަންޒިލަކީ މެލޭޝިއާ އެވެ.
އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ މިހާރުގެ ޓްރެންޑަށް ބަލާއިރު، ދަރިވަރުންނަށް ކޯޗުކޮށްދިނުމުގެ އިތުރުން ސަރުކާރުގެ ޕޮލިސީ އަށް ވެސް ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.
"ތިން އަހަރަށް ބެލި ނަމަވެސް ފެންނަނީ ދާދި އެއްކަހަލަ ޕެޓާން އެއް. އެއީ އެންމެ މޮޅެތި ކުދިން ފެންވަރުދަށް ޔުނިވާސިޓީތަކުން ކިޔެވުމުގެ ސަގާފަތެއް އުފެދިފައި އޮތްކަން. މި ކަން ބަދަލު ކުރަން އޮކްސްބްރިޖް އެޑްމިޝަން އެކްސްޕާޓުންނާ ގުޅިގެން އަޅުގަނޑުމެން ވަރަށް އަވަހަށް ޕްރޮގްރާމެއް ތައާރަފް ކުރާނަން،" ރިފްއަތު ވިދާޅުވި އެވެ.
ރިއްފަތު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ މޮޅެތި ދަރިވަރުން ފެންވަރު މަތީ ޔުނިވާސިޓީތަކުން ކިޔެވުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރަށް ކުރެވޭނެ އެންމެ މުހިއްމު އެއް ކަމަކީ ރާއްޖެއިން ބޭރުން ކިޔަވައިގެން އެއްވަނަ ހޯދާ ދަރިވަރުންނަށް އިނާމުދޭ އުސޫލު ބަދަލު ކުރުމެވެ.
އިތުރު ކަމެއްގެ ގޮތުގައި އޭނާ ފަހަގަކުރެއްވީ ސްކޮލާޝިޕް ލިބޭ ދަރިވަރުން ވަކި ފެންވަރެއްގެ ޔުނިވާސިޓީތަކުން ކިޔަވަން ޝަރުތު ކުރުމެވެ.
ރައީސްގެ ސްކޮލަޝިޕް 2023 ގައި މާލޭގެ ސްކޫލުތަކުގެ 19 ދަރިވަރަކަށް ލިބުނެވެ. އަދި އެ އަހަރު އޯލެވެލްގެ ގަދަ10 ގައި 800 އަށްވުރެ ގިނަ ކުދިން ހިމެނުނެވެ.
ގަދަ 10 ގައި 844 ކުދިން، އެވޯޑް ދިނުން މި މަހު
700 ދަރިވަރުންނާއެކު އޯލެވެލްގެ ގަދަ 10 ރެކޯޑަކަށް
ފޯކައިދޫ ދަރިވަރުން ރަށަށް ހިދުމަތްކުރަން އޮތް ލޯބި
ކަންބޮޑުވުމާއެކު މިނިސްޓަރު ދެއްކެވީ ކުދިންގެ ނަތީޖާ ދަށަށް ދާ މަންޒަރުތައް!
ގަދަ 10 ހޮވުމަކީ ހުއްޓާލަންޖެހޭ ކަމެއް: މިނިސްޓަރު
އޯ ލެވެލްގެ ދެބައިކުޅަ އެއްބައި ދަރިވަރުން ފާހެއްނުވޭ
އޭލެވެލްގައި އަހުމަދިއްޔާ އަށް ރަން އަަހަރެއް!
ފުރަތަމަ ފަހަރަށް އަރަބިއްޔާގެ ދަރިވަރުން ގަދަ10 އަށް
ރާއްޖޭގެ 16 ކުއްޖަކު ދުނިޔޭގެ ވަނަތަކަށް
ދަރިވަރުންގެ ނަތީޖާއިން ސަރުކާރަށް ހިތްވަރު ލިބޭ:ރައީސް