Roadha Mihaaru
ގަދަ 10 ގައި 844 ކުދިން، އެވޯޑް ދިނުން މި މަހު

އޯލެވެލްގެ ގަދަ 10 ގައި 844 ކުދިން، އެވޯޑް ދިނުން މި މަހު

09 މެއި 2023

މިދިޔަ އަހަރުގެ އޯލެވެލް/އޭލެވެލްގެ އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ކުދިންނަށް އެވޯޑް ދިނުމުގެ ހަފުލާ މި މަހު އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ އަހަރުގެ އޯލެވެލް/އޭލެވެލްގެ އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ކުދިންނަށް އެވޯޑް ދިނުމުގެ ހަފުލާ މި މަހު އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އޯލެވެލް އިމްތިހާނުގެ އެވޯޑް ދިނުމުގެ ހަފުލާ ބާއްވަން ނިންމާފައި ވަނީ ދެ ދުވަހަށް ބަހާލައިގެން، މި މަހުގެ 17، 18 އިގަ އެވެ. އޭލެވެލްގެ ގަދަ 10 ގެ އެވޯޑް ހަފުލާ އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިދިޔަ އަހަރުގެ އޯލެވެލްގެ ގަދަ 10 ގައި 844 ކުދިން ހިމެނުނު ކަމަށެވެ.

އޭނާ ވިދާޅުވީ، އޭ ލެވެލްގެ ޓޮޕް އެޗީވާސްގެ ހަފުލާގައި، ގައުމީ 10 ގައި ހިމެނުނު ކުދިންނާއި ވަކިވަކި މާއްދާތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި 441 ކުދިންނަށް ވެސް އެވޯޑް ދޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި 5،939 ކުދިން ބައިވެރިވި އެވެ. އޭލެވެލް އިމްތިހާނުގައި އިށީނީ 2،849 ކުދިންނެވެ.

އޯލެވެލް އާއި އޭލެވެލް އިމްތިހާނުގައި ބައިވެރިވި ކުދިންނަށް އެކި މާއްދާތަކުންނާއި ދުނިޔޭގެ ފެންވަރުގެ ވަނަތަކަށް ބަލައި ވެސް އެވޯޑް ދެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމު ވެސް އެ ކުދިންނަށް ދެ އެވެ.