ހއ. ކެލާގެ ފަޅުގައި ދެ ރިސޯޓެއް ތަރައްގީކުރަން ހުޅުވާލައި ކުރި އިއުލާން ބާތިލްކޮށް، ލުއިތަކެއްދީ އަލުން އެ މަޝްރޫއު ހުޅުވާލަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
04 ޖުލައި 2025
ހއ. ކެލާގެ ފަޅުގައި ދެ ރިސޯޓެއް ތަރައްގީކުރަން ހުޅުވާލައި ކުރި އިއުލާން ބާތިލްކޮށް، ލުއިތަކެއްދީ އަލުން އެ މަޝްރޫއު ހުޅުވާލަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
ކެލާ ފަޅުގައި ދެ ރަށް ހިއްކައިގެން ރިސޯޓު ތަރައްގީކުރަން ހުޅުވާލީ މިދިޔަ މާޗު މަހުގެ 31 ގަ އެވެ. އޭރު ބިޑު ހުށަހަޅަން އަންގައި އިއުލާންކުރީ އެ ރަށުގެ ފަޅުން 156.2 ހެކްޓަރާއި 169.3 ހެކްޓަރުގެ ރަށެއް ހިއްކައި ރިސޯޓު ހަދާނެ ބަޔަކު ހޯދާށެެވެ.
މިދިޔަ ޖޫން މަހުގެ 5 ވަނަ ދުވަހު، އެ ބިޑުގެ މުއްދަތު ހަމަވެފައިވަނިކޮށް އެ އިއުލާން ބާތިލުކުރީ، ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި، މިހާތަނަށް ޓޫރިޒަމް ތަރައްގީވެފައި ނުވާ އަތޮޅުތަކުގައި ޓޫރިޒަމް ފުޅާކުރަން ސަރުކާރުންކޮށްފައިވާ އިއުލާނާ ގުޅިގެން އަލުން ހުޅުވާލުމަށެވެ.
މިހާތަނަށް ޓޫރިޒަމް ތަރައްގީ ނުވާ ހއ. އާއި ހދ. އަދި ށ. އާއި ތ. އާއި ލ. ގެ އިތުރުން އައްޑޫގައި ރިސޯޓު ތަރައްގީކޮށް އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް 24 މަހުގެ މުއްދަތަކަށް ލުއިތަކެއް ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ކެލާ ފަޅުގައި ރިސޯޓް ތަރައްގީކުރުމުގެ އިއުލާން ބާތިލްކުރީ އެ ލުއިތައްދީ އަލުން އިއުލާންކުރުމަށެވެ.
ކެލާގެ ރައްޔިތުން ބޭނުންވާ ގޮތަށް އެ ރަށުގެ ފަޅު ތެރޭގައި ރިސޯޓެއް އަދި ހއ. ބާރަށުގައި އިކޯ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަައިގަތީ މިދިޔަ އަހަރުގެ ފެބްރުއަރީ 25 ގައި ކެލާގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
ކެލަ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވެފައި ވަނީ ކެލާގެ ރައްޔިތުން ބޭނުންވާ ގޮތަށް އަދި އެ ރަށާއި އެ ރަށް ކައިރީގައި ހުރި އެހެން ރަށްތަކަށް ވެސް ފައިދާވާނެ ގޮތަށް އެ ރަށުގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކުރެވޭނެ މަގުފަހި ކޮށްދެއްވާނެ ކަމަށެވެ.
ކެލައިން ޓޫރިޒަމަށް ބިން ކުއްޔަށް ދޭން އެއްބަސްވުމެއް
ކެލާގައި ޓޫރިސްޓް ހޮޓަލެއް ހިންގާނެ ބަޔަކު ހޯދަނީ
ނިލަންދޫގައި ޓޫރިސްޓު ހޮޓަލެއް ހިންގާނެ ބަޔަކު ހޯދަނީ
ޓޫރިޒަމްގެ ނަންބަރު މަތި، އަދިވެސް މަތިކޮށްލަންޖެހޭ!
ޖަރުމަނުން ވެސް އެއް ލައްކަ ޓޫރިސްޓުން
ކިހާދުއްފަރު ރިސޯޓަށް ސަރުކާރުން ފިޔަވަޅު އަޅަނީ
ލޯކަލް ޓޫރިޒަމް ހިންގަންވާނީ ދީނީ އިމުގައި: ރައީސް
ޗަައިނާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދެލައްކައަށް
ޓޫރިޒަމަށް އިޝްތިހާރު ކުރެވޭނީ ހުއްދަ އޮތް ތަންތަން
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވާއިދު އެކުލަވާލައިފި