ދެހާސް ބާރަ ވަނަ އަހަރު އަމަލުކުރަން ފަށާފައިވާ، ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް ފުރަތަމަ ފަހަރަށް އިސްލާހެއް ގެންނަން ހުށަހަޅައިފި އެވެ.
24 ޖޫން 2025
ދެހާސް ބާރަ ވަނަ އަހަރު އަމަލުކުރަން ފަށާފައިވާ، ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް ފުރަތަމަ ފަހަރަށް އިސްލާހެއް ގެންނަން ހުށަހަޅައިފި އެވެ.
ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނެއް ރާއްޖޭގައި ފާސްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭޕްރީލް 25، 2012 ގަ އެވެ. އަދި މެއި 10، 2012 ގައި އެ އަށް އަމަލުކުރަން ފަށާފައިވާއިރު މިހާތަނަށް 13 އަހަރު ހޭދަވިއިރު އެ ގާނޫނަށް އެއްވެސް އިސްލާހެއް ގެނެސްފައެއް ނެތެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ހުށަހަޅުއްވާފައިވާ އެ ބިލުގެ ފުރަތަމަ ކިޔުން އިއްޔެ އިއްވި އެވެ.
އެ ބިލަކީ ތެލެސީމިއާ ރާއްޖޭގައި އިތުރުވަމުންދާތީ ކޮންޓްރޯލްކުރުމަށާއި ތެލެސީމިއާއަށް ފަރުވާ ދިނުމަށް ކަނޑައަޅާ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޝަރުތުތައް ކަނޑައެޅުމާއި ތެލެސީމިއާއާ އެކު އުޅޭ މީހުންނަށް ބޭނުންވާ ފަރުވާ ފުރިހަމަ ގޮތުގައި ދިނުމުގެ އުސޫލުތައް ކަނޑައެޅުމާއި ތެލެސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރާ މީހުންގެ ދަފްތަރެއް ތައާރަފުކޮށް ބެލެހެއްޓުމުގެ ނިޒާމެއް ތައާރަފުކުރުމަށް ހުށަހެޅި އިސްލާހެކެވެ.
މެމްބަރު ނަސީމް ވިދާޅުވީ އެ ބިލާ އެކު ތެލެސީމިއާ ގާނޫނުގެ ދަށުން އުފައްދާފައިވާ ތެލެސީމިއާ އެންޑް ހިމަގްލޮބިން ސެންޓަރުގެ ޑިރެކްޓާ ޖެނަރަލްގެ ޝަރުތުތައް މުރާޖާކުރުމާއި މަގާމުގެ މަސްއޫލިއްުޔަތުތައް ވެސް ހިމަނާނެ ކަމަށެވެ. އަދި ތެލެސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރާނެ އުސޫލުތައް ކަނޑައެޅުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްލާހު ގެންނަނީ ތެލެސީމިއާ ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ 6 ވަނަ މާއްދާގެ ނ. އާއި ބ. އާއި ރ. އަދި ޅ. ގެ އިތުރުން އެ ބަޔަށް އަކުރެއް އިތުރުކުރުމާއި ނ. ގެ 3 ވަނަ މާއްސާ އިސްލާހުކުރުމާ އެކު 11 ވަނަ މާއްދާއަށެވެ.
އެ ބިލަށް ބަހުސް ކުރައްވަމުން ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ އެއީ އިސްލާހެއް ބޭނުންވެފައިވާ ގާނޫނެއް ކަމަށާއި ތެލެސީމިއާ ބަލީގައި ވަރަށް ހިތްދަތިކޮށް އުޅޭ އާއިލާތައް އެބަ އުޅޭ ކަމަށެވެ.
އެހެންވެ، ޒުވާނުން ކައިވެނިކުރާއިރު ވަރަށް ބޮޑަށް ވިސްނުމަށް އެދިވަޑައިގަތެވެ. އަދި އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ފުޅާކުރަންޖެހޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު ބަހުސްގެ ތެރެއިން މަޖިލީހުގެ ޖަލްސާ ނިންމާލީ އޭޝިއަން ފޯރަމް އޮފް ޕާލިމެންޓޭރިއަންސް އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓްގެ ބައްދަލުވުމެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާތީ އެވެ.
އަބްދުއްރަހީމް ވިދާޅުވީ އެ ބިލުގެ ބަހުސްގައި ބައިވެރިވުމަށް ހުރިހާ މެމްބަރުން ވެސް ބޭނުންވާނެތީ އާއި ތެެލެސީމިއާ ކަންކަމަކީ ރާއްޖޭގައި ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަކަށްވާތީ މާދަމާގެ ޖަލްސާގައި ވެސް އެ ބިލުގެ ބަހުސް ކުރިއަށް ދާނެ ކަމަށެވެ.
ތެލަސީމިއާ ގާނޫނުގެ އިސްލާހު ތަސްދީގުނުކޮށް، މަޖިލީހަށް
ތެލެސީމިއާ ގާނޫނުގެ އިސްލާހު ބަލައިގެންފި
ތެލަސީމިއާގެ ފަރުވާ އަށް ހައްލެއް ހޯދައިދޭނަން: ނަޝީދު
ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅުނާޅަން އޭޖީގެ އިސްލާހެއް
ކުރީގެ މެމްބަރުންނަށް ދޭ އިނާޔަތް ކަނޑާލަން ގޮވާލައިފި
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ މިއަދު ވެސް ސިއްރުކޮށްފި
ނޯޓިސް ދިން ފަސް މެންބަރުން މާލީ ބަޔާން ހުށަހަޅައިފި
މީޑިއާ ބިލް ދިރާސާކުރުން ސިއްރުކުރުމުން މުޒާހަރާކުރަނީ
ބަދަލުތަކާއެކު، ރިފަރެންޑަމް ބިލް ކޮމެޓީން ފާސްކޮށްފި
މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ ސިއްރުކޮށްފި