ތެލަސީމިއާއާ ގުޅޭ ހުރިހާ ފަރާތްތަކެއް ގުޅިގެން މަޝްވަރާކޮށް، އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ހައްލެއް ހޯދައިދޭން މަސައްކަތްކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
15 އޮކްޓޯބަރ 2020
ތެލަސީމިއާއާ ގުޅޭ ހުރިހާ ފަރާތްތަކެއް ގުޅިގެން މަޝްވަރާކޮށް، އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ހައްލެއް ހޯދައިދޭން މަސައްކަތްކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ތެލަސީމިއާ ފަރުވާގެ ހާލަތު ދިރާސާކުރަން މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އާއި ތެލަސީމިއާ ކޮމިޓީ ގުޅިގެން ބާއްވާ މަސައްކަތު ބައްދަލުވުމުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ، މަޖިލީހުގެ އަމާޒަކީ މި ބައްޔަށް ފަރުވާ ހޯދާ މީހުންނާއި އާއިލާތަކަށް އުންމީދެއް ފޯރުކޮށްދިނުން ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މިކަމާ ގުޅޭ އެކި އެކި ފަރާތްތައް އެކުގައި މަޝްވަރާކޮށްގެން ކޮންމެ ވެސް ހައްލެއް، އިތުރު އުންމީދެއް ހޯދައިދެވޭނެ ގޮތެއް ހޯދުން،" ނަޝީދު ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ތެލަސީމިއާ ސޮސައިޓީގެ ޗެއާޕާސަން ޖީހާން ސަލީމް ވާހަކަދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
ތެލަސީމިއާ ސޮސައިޓީގެ ޗެއާޕާސަން ޖީހާން ސަލީމް މި ރަސްމިއްޔާތުގައި ވިދާޅުވީ ތެލަސީމިއާގެ ފަރުވާއާ ގުޅޭގޮތުން ކަމާ ގުޅޭ އިދާރާތަކާ ބައްދަލުކުރަން އެ ޖަމިއްޔާއިިން އެދުނީ، މިދިޔަ އަހަރު ހިނގި ހިތާމަވެރި ހާދިސާތަކަށް ފަހު ކަމަށެވެ.
"މިދިޔަ އަހަރުގެ އޮގަސްޓު މަހު، ތެލަސީމިއާގެ ނުވަ ކުއްޖަކު ވަރަށް ގާތްގާތުން ނިޔާވުމާ ގުޅިގެން މީޑިއާގެ ސަމާލުކަމަށް މިކަން އައި. ވަރަށް ގިނަ ބައެއްގެ ސަމާލުކަމަށް މިކަން އައި،" ޖީހާން ވިދާޅުވި އެވެ.
ނަމަވެސް މިއީ މި ބައްޔަށް ފަރުވާ ކުރާ އާއިލާތަކާއި މިކަމުގައި މަސައްކަތްކުރާ މީހުންނަށް އާންމުކޮށް ފެންނަ މަންޒަރެއް ކަމަށް ޖީހާން ވިދާޅުވި އެވެ. އަދި މިއީ މަސައްކަތްތެރިން މާޔޫސްވެ، އުންމީދު ގެއްލޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންވެ، ރާއްޖޭގެ ތެލަސީމިއާގެ ހާލަތާ ދޭތެރޭ މަޝްވަރާކުރަން އިޖްތިމާއީ ކޮމިޓީގެ އިތުރުން ހެލްތު މިނިސްޓްރީ އާއި ހިއުމަން ރިސޯސް ކޮމިޝަނާ (އެޗްއާރްސީއެމް) ގައި ވެސް އެދުނު ކަމަށް ޖީހާން ވިދާޅުވި އެވެ. އަދި މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއާ ބައްދައްލުކުރަން އެދުނީ ތެލަސީމިއާގެ ފަރުވާ އަކީ ގާނޫނުން ލާޒިމްކުރާ ފަރުވާއަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ތެލަސީމިއާގެ ފަރުވާ ދިރާސާކުރުމާ ގުޅޭ ގޮތުން ބާއްވާ މަސައްކަތު ބައްދަލުވުމުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
"އެކަންކަން ބައްޓަން ކުރެވިފައި ހުރީ ނުވަތަ އެކަމަށް ގާނޫނު ތަންފީޒު ކުރުމަށް އެކަށީގެންވާ މާހައުލެއް އޮތްތޯ ބެލުމަށާއި ރިސޯސަސް އާއި އެކަށީގެންވާ މީހުން ތިބިތޯ ބެލުމަކީ މުހިއްމު ކަމެއް ކަމަށް އަޅުގަނޑުމެން ދެކޭތީ،" ޖީހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ ޖޫން މަހާއި ޖުލައި މަހު މިކަމާ މެދު މަޝްވަރާ ކުރަން އިޖްތިމާއި ކޮމިޓީއާ ބައްދަލުކުރި ކަމަށެވެ. އަދި މި ބައްދަލުވުންތަކުގެ ނިންމުމަކީ ރާއްޖޭގެ ހާލަތު އިތުރަށް ދިރާސާކޮށް މިކަމަށް ހުރި ހައްލާއި ގޮންޖެހުންތައް ހޯދަން ކަމަށް ވިދާޅުވި އެވެ.
އިޖްތިމާއީ ކޮމިޓީގެ މުގައްރަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ، މި ދިރާސާ ބައްދަލުވުންތަކުގައި އެ ކޮމިޓީން އެންމެ އިސްކަން ދޭނީ މި ބައްޔަށް ފަރުވާ ދިނުމުގެ ކަންކަމުގައި ގާނޫނަށް ބަދަލުގެންނަން ޖެހޭ ކަމެއް ފާހަގަކުރުން ކަމަށެވެ. އަދި އިސްލާހުކުރަން ޖެހިއްޖެ ނަމަ، އެކަމަށް އެ ކޮމިޓީގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އީސަ ވިދާޅުވި އެވެ.
އަދީބުގެ މެސެޖުތައް އާންމު ކުރާނަން: ނަޝީދު
މެމްބަރު އީސަ އައިސޮލޭޝަންއަށް
ތެލެސީމިއާ ގާނޫނުގެ އިސްލާހު ބަލައިގެންފި
ތެލެސީމިއާ ގާނޫނަށް 13 އަހަރު ފަހުން އިސްލާހެއް
"ކޮންމެ ސަރުކާރަކުން ފަނޑިޔާރުން ބަދަލުކުރުން ގޯސް"
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
ޖެނުއަރީން ފެށިގެން މުސާރައެއް ނުނަގަން: ނަޝީދު
"ނަޝީދުގެ ހަމަލާއާ ގުޅޭ ރިޕޯޓަށް އަމަލުކުރަން ޖެހޭ"
މެމްބަރުކަމުގެ މުސާރަ އުނިކޮށްދޭން ނަޝީދު އެދިވަޑައިގެންފި
ރިޔާސަތުން އީސަގެ ނިންމުމާ ހެދި ކޮމިޓީ ހޫނުވެއްޖެ