ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
23 ޖޫން 2025
ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކޭ ޕާކް ހަދަމުން އަންނަ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. އެކަމަކު މިދިޔަ އަހަރުގެ ޖުލައި މަހު ފެށި އެ ދައުވާތަކާ ގުޅޭ ގިނަ އަޑުއެހުންތައް ކުރިއަަކަށް ނުގެންދެވެ އެވެ.
އަޑުއެހުންތައް ގިނައިން ކެންސަލް ކުރަން ޖެހުނީ މަންޑޭ ޝަރީއަތަށް ހާޒިރުނުވާތީ އެވެ. އަޑުއެހުންތަކަށް ހާޒިރުވާން އުޒުރުވެރިވެ، ޑޮކްޓަރުގެ ލިޔުންތަކެއް ވެސް އޭނާ ހުށަހަޅާފައިވެ އެވެ.
ނަމަވެސް، މިއަދު މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވިދާޅުވީ ކޯޓަށް ހާޒިރު ނުވެވޭ ފަަދ ބައްޔެއް ޑޮކްޓަރުގެ ލިޔުމުގައި ފާހަަގަކޮށްފައި ނުވާ ކަމަށެވެ. އަދި ސިއްހީ ހާލަތު ހުރި ގޮތުން ކޯޓަށް ހާޒިރުނުވެވޭނެ ކަމަށް އެންގުމަށް ފަހު، އެ ދުވަސްތަކުގައި ގެއިން ބޭރުގައި މަންޑޭ އުޅެފައިވާ ކަމަށް އެކި ފަރާތްތަކުން ކޯޓަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އޭނާ މިއަދު ޝަރީއަތަށް ހާޒިރުކޮށްފައި ވަނީ ވެސް ކޯޓަށް ހާޒިރުކުރުމުގެ އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެހެންވެ، މަންޑޭ ޝަރީއަތަށް އެއްބާރުލުން ނުދޭތީ، އޭނާ ބަންދުކުރަން ގާޒީ ނިންމެވީ އެވެ.
މި މައްސަލައިގައި ހެކިބަސް ނެގުމުގެ މަރުހަލާ ކުރިއަށްދާއިރު، މިއަދުގެ އަޑުއެހުމުގައި ކޭޕާކް ފްލެޓް ގަތް ބައެއް މީހުން ވަނީ ހެކިބަސް ދީފަ އެވެ.
މަންޑޭގެ މައްޗަށް އުފުލާފައިވަނީ ޓެކުމުގެ 50 ދައުވާއަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް އެންމެ ގިނައިން ދައުވާކުރާ މައްސަލަ އެވެ.
އެ ދައުވާތައް ސާބިތުވެއްޖެ ނަމަ މަންޑޭގެ މައްޗަށް 40 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ.
މަންޑޭގެ އިތުރުން ރ. އަލިފުށީ ކިނާރާ ޖައިޝަން ސައީދުގެ މައްޗަށް ވެސް 95 ދައުވާއެއް އެ މައްސަލާގައި ކުރެ އެވެ.
ގިނަ ބައެއްގެ އަތުން މަންޑޭ ފައިސާ ނެގި ކަމަށް ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅީ ހަންބޯ ކުންފުނީގެ އަނެއް ހިއްސާދާރުގެ ފަރާތުންނެވެ. އެ މައްސަލާގައި މަންޑޭ ހައްޔަރުކޮށް، އަދި އޭނާގެ ގޭގައި ހުރި އަގުހުރި ސާމާނުތަކާއި ދަބަހާއި ސެންޓާއި އަގުބޮޑު އެޕާޓްމެންޓެއް ވެސް ފުލުހުން ހިފެހެއްޓި އެވެ.
ކޭޕާކު މަންޑޭ ބަންދުން ދޫކޮށްލައިފި
މަންޑޭގެ މައްޗަށް 100 ދައުވާ، ރާއްޖޭގެ ރެކޯޑެއް
މަންޑޭގެ ގެ އޮތީ އަގު ބޮޑު މުދަލުން ޖަރީކޮށްފައި!
72 ކިލޯ ޑްރަގް މައްސަލަ: އިސްތިއުނާފަށް ވަގުތު ދީފި
ޝަމްއާންގެ ޝަރީއަތް ފަށައިފި، އެކަކު އިއުތިރާފުވެއްޖެ
ޝަމްއާންގެ ބަންދު އަމުރު ސުޕްރީމް ކޯޓުން ބާތިލެއްނުކުރި
ޗެއިން އޮފް ކަސްޓަޑީ ގޯސްވެ، ބޮޑު ހުކުމަކުން ސަލާމަތް
ރައުދަށް މަސްތުގެ ދައުވާ ނުކުރީ އިޖުރާއަތު ގޯސްވުމުން
އާ އަމުރެއްގެ ދަށުން އަކްރަމްގެ ޕާސްޕޯޓް ހިފަހައްޓާފައި
ރައުދު ދޫކޮށްލީ ހުކުމަށްވުރެ ބަންދު އިތުރުވެދާނެތީ