އާރުބީ ލައިޕްޒިގްގެ ފޯވާޑް ބެންޖަމިން ސެސްކޯ އާއި ސްޕޯޓިން ލިޒްބަންގެ ވިކްޓާ ގްޔޯކެރެސްގެ އަގު މާ ބޮޑުކަމަށް ބުނެ އާސެނަލް އިން ދެ ކުޅުންތެރިން ގަންނަން ހަރަދު ކުރަން ބޭނުން ނުވާކަމަށް ބުނެފި އެވެ.
އާރުބީ ލައިޕްޒިގްގެ ފޯވާޑް ބެންޖަމިން ސެސްކޯ އާއި ސްޕޯޓިން ލިޒްބަންގެ ވިކްޓާ ގްޔޯކެރެސްގެ އަގު މާ ބޮޑުކަމަށް ބުނެ އާސެނަލް އިން ދެ ކުޅުންތެރިން ގަންނަން ހަރަދު ކުރަން ބޭނުން ނުވާކަމަށް ބުނެފި އެވެ.
ސްލޮވީނިއާގެ ފޯވާޑް ސެސްކޯ، 22، އަށް ލައިޕްޒިގުން ކިޔަނީ 80-100 މިލިއަން ޔޫރޯގެ އަގެކެވެ. ނަމަވެސް އަދި ރަސްމީކޮށް ހުށަހަޅައިފައެއް ނުވެ އެވެ. އަދި ސްވިޑެންގެ ފޯވާޑް ގްޔޯކެރެސް، 27، އަށް ސްޕޯޓިން އިން 60-70 މިލިއަން ޔޫރޯގެ އަގެއް ކިޔާނެ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ.
އާސެނަލް އިން ސެވިއްޔާގެ ނިކޯ ވިލިއަމްސް ގެންދަން ވެސް މަސައްކަތް ކުރާކަމަށް މީޑިއާތަކުން ރިޕޯޓް ކުރެ އެވެ. އޭނާ ގެންދަން ސެވިއްޔާ އަށް 50 މިލިއަން ޕައުންޑް (68 މިލިއަން ޑޮލަރު) ދައްކަން ޖެހޭ ކަމަށް ވެސް ރިޕޯޓް ކޮށްފައިވެ އެވެ.
ނަމަވެސް ބާސެލޯނާ އަންނަނީ ވިލިއަމްސް ހޯދުމުގެ ރޭހުގައި ކުރި ހޯދަމުންނެވެ. އަދި ވިލިއަމްސް ގުޅެން ބޭނުންވާ ހަމައެކަނި ކްލަބަކީ ބާސެލޯނާ ކަމަށް ވެސް ބުނެފައި ވާއިރު، އެ ކްލަބުން އަންނަނީ ފައިނޭންޝިއަލް ފެއާޕްލޭ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ވިލިއަމްސް ގަތުމުގެ ކަންކަން ކުރިއަން ގެންދަން މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން އާސެނަލްގެ އެސިސްޓެންޓް ކޯޗު ކާލޯސް ކުއެސްތާ ވެސް އިޓަލީ ލީގުގެ ޕާމާގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވާޏް އުޅޭކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ޕާމާގެ ހެޑް ކޯޗު ކަމުގައި އެންމެ ފަހުން ހުރި ކްރިސްޓިއަން ކީވޫ ވަނީ އިންޓަ މިލާނާ ހަވާލުވެފަ އެވެ.
މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދިޔަ އާސެނަލް އަށް މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕުން ޖާގައެއް ނުލިބެ އެވެ. ނަމަވެސް ޗެމްޕިއަންސް ލީލުގައި 3-0 އިން ރެއާލް މެޑްރިޑް ބަލިކޮށް، އާސެނަލް ވަނީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް، ޕްރިމިއާ ލީގުން ފަސް ވަނަ ސްލޮޓެއް ހޯދައިދީފަ އެވެ.
އާސެނަލް ވަނީ މިދިޔަ ސީޒަނަށް ފަހު އެ ޓީމުގެ އިޓަލީ މިޑްފީލްޑަރު ޖޯޖީނިއޯގެ ކޮންޓްރެކްޓް އުވާލައިފަ އެވެ. އަދި އޭނާ ވަނީ ބްރެޒިލްގެ ފްލަމެންގޯއާ ގުޅިފަ އެވެ. މީގެ އިތުރުން ބްރެޒިލުން މީގެ ތިން އަހަރު ކުރިން ގެނައި ފޯވާޑް މާކުއީނޯސް ތިން މިލިއަން ޕައުންޑަށް އަލުން ބްރެޒިލަށް ފޮނުވާލައިފަ އެވެ. ހަމަ އެއާއެކު ފުލްބެކް ނޫނޯ ޓަވަރޭސް ވަނީ 7.6 މިލިއަން ޕައުންޑަށް އިޓަލީގެ ލާޒިއޯ އަށް ވިއްކާލައިފަ އެވެ.
އަންނަ މަހު ކްލަބް ވޯލްޑް ކަޕް ނިމުމުން ޕްރީސީޒަން ޓުއާގައި އާސެނަލް ވަނީ ސިންގަޕޫރުގައި ދެ މެޗު ކުޅޭގޮތަށް ހަމަޖެހިފަ އެވެ. އެ ޓުއާގައި ކުޅޭނީ އޭސީ މިލާނާއި ނިއުކާސަލްއާ ދެކޮޅަށެވެ. އެއަށް ފަހު ހޮންގް ކޮންގްގައި ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއް ކުޅޭނެ އެވެ.
އަންނަ ސީޒަނަށް އާޓެޓާ ޖޯޝުގައި: އުފަލުން ހީބިހި ނަގާ
އާސެނަލް ފަހަތުން އަރައި ލީގު ޗެމްޕިއަނުން ހުއްޓުވައިފި
އާސެނަލް ގަދަކުރަނީ، ފުރަތަމަ ގެންނާނީ ޒުބިމެންޑީ!
އާސެނަލްގެ އުއްމީދު ފެނަށް، ޕީއެސްޖީ ފައިނަލަށް
ފުރާނަ ދީގެން ވެސް ޕީއެސްޖީ ބަލިކުރަން ޖެހޭ: އާޓެޓާ
އާސެނަލްގެ ދަނޑުގައި މޮޅުވެ ޕީއެސްޖީއަށް އެޑްވާންޓޭޖް
ޗެމްޕިއަންކަން ހޯދަން ލިވަޕޫލަށް ބޭނުމީ ޕޮއިންޓެއް
ރެއާލްގެ އެނބުރި އައުން ފެއިލްވެ އާސެނަލް ސެމީއަށް
އާސެނަލާ ދެކޮޅަށް ރެއާލުގެ ރޫހަކީ އެނބުރި އައުން
އާސެނަލަށް ބޮޑު މޮޅެއް، ރެއާލުން ބުނަނީ ނަތީޖާ އަނބުރާލެވޭނެ ކަމަށް