މާލޭގެ އިމާރާތެއްގެ މަތިން ވެއްޓި އަނިޔާ ލިބުނު ހައްވާ ޔުމްނު ރަޝީދަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ގެއަށް ދޫކޮށްލި ނަމަވެސް ތަހުގީގަށް ބަޔާން ދެވޭ މިންވަރަށް ހާލަތު ރަނގަޅު ނުވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.
17 ޖޫން 2025
މާލޭގެ އިމާރާތެއްގެ މަތިން ވެއްޓި އަނިޔާ ލިބުނު ހައްވާ ޔުމްނު ރަޝީދަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ގެއަށް ދޫކޮށްލި ނަމަވެސް ތަހުގީގަށް ބަޔާން ދެވޭ މިންވަރަށް ހާލަތު ރަނގަޅު ނުވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.
ޔުމްނުގެ އާއިލާއިން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް މިއަދު ބުނީ މިވަގުތަށް ބޭނުންވާ ފަރުވާތަކަށް ފަހު މީގެ ހަފުތާއެއް ކުރިން މެލޭޝިއާގެ ހޮސްޕިޓަލުން ޔުމްނު ދޫކޮށްލާފައިވާ ކަމަށެވެ. އާއްމުންނާއި އެންސްޕާގެ ފަރާތުން ކުރިން ލިބުނު އެހީގެ ފައިސާ ހުސްވެފައިވާތީ، އިތުރު ފަންޑް ހަމަޖެހުނުހާ އަވަހަކަށް އާއިލާއިން ވަނީ ފިޒިއޮތެރަޕީ ފެށުމަށް ނިންމައިފަ އެވެ.
ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ ފަތިހު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު މެލޭޝިޔާއަށް ގެންދިޔަ އެވެ.
އާއިލާއިން ބުނީ ޔުމްނުގެ އުޅަނބޮއްޓަށް ދާއިމީ އަނިޔާއެއް ލިބި އަދި ސިކުނޑިއަށް ލިބުނު ގެއްލުންތައް ވެސް އެއްކޮށް ރަނގަޅުނުވާ ކަމަށެވެ. އަދި މިހާރު އޭނާ އެނދުމަތިވެފައި އޮތް ނަމަވެސް ވާހަކަ ދެއްކޭ ކަމަށް ބުންޏެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ފުލުހުންނާއި އެކަން ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ވަނީ ބަޔާން ނެގުމަށް މަސައްކަތްކޮށްފަ އެވެ. އެކަމަކު، އޭނާގެ ހާލަތު ހުރިގޮތުން މިވަގުތު ބަޔާން ނެގެން ނެތް ކަމަށް ބުނެ ޑޮކްޓަރު ދީފައިވާ ލިޔުމެއް ވަނީ އެ ދެ އިދާރާއަށް ވެސް ފޮނުވައިފަ އެވެ.
"ފުދޭ ވަރަކަށް ގިނައިން ގުޅި ބަޔާން ނެގުމަށް. ދެން ރަސްމީކޮށް އެ މީހުން ރިކުއެސްޓު ކުރީމަ އިންނާނެ މެޑިކަލް ކޮންޑިޝަން ލެޓާއެއް ޕޮލިހާއި ކޮމިޝަނަށް ވެސް ފޮނުވާފައި ސްޓޭޓް ދެވޭ ވަރަށް ފިޓް ނޫން ކަމަށް." އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އޭނާ ބުނިގޮތުގައި އެ މައުލޫމާތުތައް ކަމާގުޅޭ އިދާރާތަކަށް ހިއްސާކުރީ އާއިލާގެ ވަކީލުންގެ ލަފާގެ ދަށުންނެވެ.
"މިހާރު ވެސް ބްރެއިން ސެއިޒާ އެޕިސޯޑުތައް އާދޭ." އާއިލާއިން ބުންޏެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ރިޕޯޓު ނިންމައި ރިޔާސީ ކޮމިޝަނުން ވަނީ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވައިފަ އެވެ. ސެންސަރު ކުރުމެއް ނެތި އެ ރިޕޯޓު އާއްމުކުރަން ވަނީ ނިންމައިފަ އެވެ.
ރިޔާސީކޮމިޝަންގެ ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
ޔުމްނުގެ މައްސަލާގައި ރިޔާސީ ކޮމިޝަންގެ ރިޕޯޓް ރައީސަށް
އުންމީދަކީ އަވަހަށް ކޮމިޝަންގެ މަސައްކަތް ނިންމުން
ރިޔާސީ ކޮމިޝަންގެ ފުރަތަމަ މީޑިއާ ބްރީފިން މިއަދު
ޔުމްނުގެ ތަހުގީގުގައި ފުލުހުން ފަރުވާކުޑަ: ކޮމިޝަން
މަސްތުގެ ހާލަތުގައި ހިނގިކަންކަމުގެ ޒިންމާ ނަގަންޖެހޭނެ
"ޔުމްނު ވައްޓާލީއެއް ނޫން، ބެލެވެނީ ވެއްޓުނީ ކަމަށް"
ޔުމްނުގެ ބަޔާން އަދިވެސް ނުނެގޭ
ރައުދު ރާއްޖެއިން ބޭރަށް ނުފުރާ: ފުލުހުން
ރައުދަށް މަސްތުގެ ދައުވާ ނުކުރީ އިޖުރާއަތު ގޯސްވުމުން