މިދިޔަ އޭޕްރީލް މަހުގެ 18 ގައި އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު ބަޔާން އަދިވެސް ނުނެގޭ ކަމަށް ފުލުހުން ބުނެފި އެވެ.
15 ޖޫން 2025
މިދިޔަ އޭޕްރީލް މަހުގެ 18 ގައި އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު ބަޔާން އަދިވެސް ނުނެގޭ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިދިޔަ މަހުގެ 22 ގައި ނެރުނު ބަޔާނެއްގައި ވެސް ބުނެފައި ވަނީ ފަރުވާ އަށް މެލޭޝިއާއަށް ގެންގޮސްފައިވާ ޔުމްނުގެ ބަޔާން ނެގުމުގެ މަސައްކަތް، އާއިލާގެ އެއްބާރުލުން ލިބުމާ އެކު ފަށަން ފުލުހުން ތިބީ ތައްޔާރަށް ކަމަށެވެ. ފުލުހުން އޭރު ބުނިގޮތުގައި ޔުމްނު މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ވެސް ދެ ފުލުހަކު އެ ގައުމުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށާއި އެކަމަކު އާއިލާގެ އެއްބާރުލުން ނުލިބުމުން ބަޔާން ނުނެގޭ ކަމަށެވެ.
އެހެންވެ މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަމާ އެކު ބަޔާން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭރު ބުންޏެވެ.
އެ މައްސަލާގައި "މިހާރު" އިން މިއަދު ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދިވެސް ޔުމްނުގެ ބަޔާން ނުނެގޭ ކަމަށެވެ.
ޔުމްނުއާ ގުޅޭ ގޮތުން އާއިލާއިން ފުލުހުންނަށް މައުލޫމާތު ހިއްސާ ނުކުރި ނަމަވެސް ޔުމްނުގެ އާއިލާ އިން ވަނީ އޭނާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. ޔުމްނު ދެއްކި ކަމަށް ބުނާ ބައެއް ވާހަކަތައް ވެސް އާއިލާ އިން ކިޔައިދީފައި ވެ އެވެ.
ޓިކްޓޮކުގައި ފަންޑުރައިޒިން އިވެންޓެއް ކުރިއަށް ގެންގޮސްގެން ފައިސާ ހަމަކޮށް، ފަރުވާ އަށް އޭނާ މެލޭޝިއާ އަަށް ގެންދިޔަ ފަހުން ވެސް އާއިލާ އިން އައީ ޔުމްނުގެ ސިއްހީ ހާލަތު ސޯޝަލް މީޑިއާގައި ކިޔައިދެމުންނެވެ. މިދިޔަ މަހުގެ ކުރީކޮޅު އާއިލާ އިން ބުނެފައިވާ ގޮތުގައި އައިސީޔޫގައި ފަރުވާދެމުން އަޔަސް މަޑުމަޑުން ޔުމްނުގެ ހާލު އަންނަނީ ރަނގަޅު ވަމުންނެެވެ.
އެކަމަކު، މިހާރު ޔުމްނުގެ މައުލޫމާތެއް އާއިލާ އިން ވެސް ކުރިން ހާމަކުރި ގޮތަކަށް ނުކުރެ އެވެ.
މީގެ ކުރިން ރާއްޖެ ޓީވީ އާއި ޗެނަލް 13 އަށް ދިން އިންޓަވިއުގައި ޔުމްނުގެ ދައްތަ ބުނީ، ޔުމްނުއާ އެކު އުޅުނު ގ. އެރިއަދޫ، ރައުދު އަހުމަދު ޒިލާލް އެ ރޭ ދިޔަ ހ. ފެންޓެނޯއީ ގެއަކީ ފުލުހުންގެ ތަހުގީގުގައި ބުނި ގޮތަށް "ރެންޑަމް" ގެއެއް ނޫން ކަމަށާއި އެއީ ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ.
އެ ރޭ ޔުމްނު ވެއްޓުނީ ވެސް އަމިއްލައަށް ނޫން ކަމުގެ ޔަގީންކަން އޭނާ ދޭ ކަމަށް ވެސް ދައްތަ ބުނެފައިވެ އެވެ.
"އެންމެ ފަހުގެ ބަހަކަށް ޔުމްނު އަޅުގަނޑުމެން ގާތު ބުނެފައިވަނީ އިންސާފު ލިބޭނެހޭ. ޔަގީންހޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލައަށް ކުރި ކަމެއް ނޫނޭ. މިއީ ބަޔަކު ކުރި ކަމެކޭ،" އެ އިންޓަވިއުގައި އޭނާ ބުންޏެވެ.
ފެންޓެނޯއީގެ އިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނު، މެލޭޝިއާއަށް ގެންދިއުމާ ހަމައަށް ފަރުވާދިނީ އައިޖީއެމްއެޗުގަ އެވެ.
ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ކަމަށް ފުލުހުން ބުނާ ރައުދު ހައްޔަރުކޮށް، އެކި ފަހަރު މަތިން އޭނާ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަހު މިހާރު ހުރީ ދޫކޮށްލައިފަ އެވެ. އެކަމަކު މައްސަލަ ތަހުގީގުކުރުމަށް ފަހު މިހާރު ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލައިފަ އެވެ.
އެ މައްސަލާގައި ރައުދަށް ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އެވެ. އޭގެ އަސާސީ އަދަބަކީ އެއް މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.
އެ މައްސަލާގައި އިތުރު ބައެއްގެ ވަނަވަރު އާންމުކުރިޔަސް އެއިން އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. އެކަމަކު ފުރުން މަނާކޮށް އެމީހުންގެ ފޯނު ހިފެހެއްޓި އެވެ.
ރިޔާސީ ކޮމިޝަނެއް ހަދައިގެން އެ ކޮމިޝަނުން ވެސް އަންނަނީ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު އުފެދުނު ސުވާލުތަކަށް ޖަވާބު ހޯދަން މަސައްކަތްކުރަމުންނެވެ.
ޔުމްނުގެ ތަހުގީގުގައި ފުލުހުން ފަރުވާކުޑަ: ކޮމިޝަން
މަސްތުގެ ހާލަތުގައި ހިނގިކަންކަމުގެ ޒިންމާ ނަގަންޖެހޭނެ
"ޔުމްނު ވައްޓާލީއެއް ނޫން، ބެލެވެނީ ވެއްޓުނީ ކަމަށް"
ޔުމްނު ގެއަށް، އެކަމަކު ބަޔާން ދެވޭ ހާލަތަކަށް ނުދޭ
ރިޔާސީކޮމިޝަންގެ ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި
ޔުމްނުގެ މައްސަލާގައި ރިޔާސީ ކޮމިޝަންގެ ރިޕޯޓް ރައީސަށް
ރައުދު ރާއްޖެއިން ބޭރަށް ނުފުރާ: ފުލުހުން
ރައުދަށް މަސްތުގެ ދައުވާ ނުކުރީ އިޖުރާއަތު ގޯސްވުމުން
ރައުދަށް ކުރީ މަސް ދުވަހުގެ ހުކުމެއް އަންނަ ދައުވާއެއް
ދެ ހަފުތާ ތެރޭގައި ރިޕޯޓު ރައީސަށް އެރުވޭނެ: ކޮމިޝަން