ބޭސްފަރުވާއަށް ކަމަށް ބުނެ އެހީ ހޯދުމަށް ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކަށް ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.
13 ޖޫން 2025
ބޭސްފަރުވާއަށް ކަމަށް ބުނެ އެހީ ހޯދުމަށް ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކަށް ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.
އެންޓި-ސްކޭމް ސެންޓަރުން ބުނީ، ބަލި މީހުންގެ ފޮޓޯއާއެކު ފަރުވާއަށް އެހީ ހޯދުމަށް ކޮށްފައި ހުންނަ ސޯޝަލް މީޑީއާ ޕޯސްޓުތަކަށް ފައިސާ ފޮނުވުމުގެ ކުރިން މައުލޫމާތުތައް ކަށަވަރުކުރަން ޖެހޭ ކަމަށެވެ.
އެކި ބަލިތަކާ ގުޅިގެން ބޭރަށް ފަރުވާއަށް ދާން އެހީއަށް އެދި ވަރަށް ގިނައިން ލިއުންތައް އާއްމުކޮށް ފައިސާ ޖަމާކުރަން އެކައުންޓް ނަމްބަރު ޖަހާފައި ހުރެ އެވެ. މިގޮތަށް ހުންނަ ޕޯސްޓްތައް ގިނަ ބަޔަކު ޝެއާކޮށް އާއިލާތަކަށް އެހީތެރިވެދެ އެވެ.
ފުލުހުން އެދެނީ އެފަދަ ޕޯސްޓްތަކާ ގުޅިގެން އެހީވުމުގެ ކުރިން މައުލޫމާތުތައް ކަށަވަރު ކުރުމަށެވެ. އޭގެ ތެރޭގައި؛
- ޕޯސްޓް ޖަހާފައިވާ އެކައުންޓަކީ ބަލިމީހާގެ ނުވަތަ އާއިލާ މީހެއްގެ ސައްހަ އެކައުންޓުތޯ ޔަގީންކުރުން
- ޕޯސްޓުގައި ދީފައިވާ ނަމްބަރަށް ގުޅައި މައުލޫމާތު ސާފުކުރުން
- ބަލިމީހާގެ ޑޮކްޓަރުގެ ލިޔުންތަކާއި ހުށަހަޅާފައިވާ މައުލޫމާތު ދިމާވޭތޯ ބެލުން
- ޕޯސްޓް ޖަހާފައިވަނީ އިތުބާރުހުރި ފަރާތެއްތޯ ބެލުން
ފުލުހުން ސޯޝަލް މީޑިއާގައި އެހެން އެދުނީ، "އެހީތެރިޔާ"ގެ ނަމަކަށް ކިޔާ ޕޭޖަކުން އާމިނަތު ރަޝީދާއެއްގެ ފޮޓޯ ބޭނުންކޮށްގެން އެހީ ހޯދުމަށް ޖެހުމުންނެވެ.
ސްޓްރޯކް ޖެހިގެން އަންހެން މީހާގެ އާއިލާއިން އާއްމުންގެ އެހީއަށް އެދުނީ މީގެ މަދު އަހަރުތަކެއް ކުރިންނެވެ. ނަމަވެސް، އޭނާގެ ހާލަތު ކުރިއަށްވުރެ ރަނގަޅު ކަމަށާއި އެ އެހީގައި ދީފައިވާ އެކައުންޓު ނަމްބަރު ނިސްބަތްވާ މާއިޝާއަކީ އެ އާއިލާއިން ދަންނަ މީހެއް ނޫން ކަމަށް ވެސް، އެ އާއިލާއިން ބުންޏެވެ.
ބޭސްފަރުވާއަށް އެހީ ހޯދަން ސޯޝަލް މީޑިއާގައި ކޮށްފައި ހުންނަ ޕޯސްޓުތައް ބޭނުންކޮށްގެން ސްކޭމް ކުރުމުގެ މައްސަލަތައް ވެސް މަދެއް ނޫނެވެ. އެގޮތުން، އެކައުންޓު ނަމްބަރު ބޭނުންކޮށްގެން ގްރޫޕުތަކާއި ޕޭޖުތަކުގައި ވެސް ޖަހާފައި ހުރެ އެވެ.
ޖެމްކިޔުސްކީމްގައި 50،000 އަށް ވުރެ ގިނަ ދިވެހިން
ޖެމްކިޔު ސްކީމް ބޭނުންކުރާ މީހުންނަށް ފިޔަވަޅު އަޅަނީ
ސްކޭމްތަކުގައި އެންމެ ގިނަ ފައިސާ ރިކަވާކުރީ ރާއްޖެއިން
ފޭކް ސްލިޕް ފޮނުވި މީހަކު ހޯދަން އިއުލާނުކޮށްފި
އީދު ބަންދުގައި ސްކޭމްތަކުން ތިން ލައްކަ ގެއްލުނު
ސްކޭމް ނެޓްވޯކެއް ދިވެހި ފުލުހުންގެ އެހީއާއެކު ހޯދައިފި
މިދިޔަ މަހު 136 ސްކޭމް، 1.4 މިލިއަން ގެއްލުނު
ޕޯސްޓު އޮފީހުގެ ނަމުގައި ސްކޭމެއް، ސަމާލުވާން އެދިއްޖެ
ޒައިދާންގެ ޝަރީއަތް ނުފެށި 1،000 ދުވަސް
ފޭކް ސްލިޕުން 30 އޯޑަރަށް 9،000ރ. ގެ ކެއުން