ޖީއެމްސީއީ ނުވަތަ ޖެމްކިއު އިންވެސްޓްމެންޓް ސްކީމަށް ދިވެހިންގެ ތެރެއިން 50،000 އަށް ވުރެ ގިނަ މީހުން ފައިސާ ޖަމާކުރަމުންދާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
16 ޖޫން 2025
ޖީއެމްސީއީ ނުވަތަ ޖެމްކިއު އިންވެސްޓްމެންޓް ސްކީމަށް ދިވެހިންގެ ތެރެއިން 50،000 އަށް ވުރެ ގިނަ މީހުން ފައިސާ ޖަމާކުރަމުންދާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ރާއްޖޭގައި ޖެމްކިއު ބޭނުން ކުރަމުންދާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ރޭ ނެރުނު ބަޔާނެއްގައި ވަނީ މި ސްކީމަކީ ހީލަތެއް ކަމަށާއި އެ ސްކީމް ހިންގައި ޕްރޮމޯޓްކޮށް އަދި ބޭނުންކުރާ މީހުންނަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
އެއީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށާއި އެ ސްކީމު ހިންގަނީ ސީއެމްޑީއޭގައި ރަޖިސްޓްރީނުކޮށް ކަމަށް ވާތީ އެއީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޖީއެމްސީއީ އިން ދިވެހިންނަށް ހާއްސަ ކޮށްފައިވާ ޓެލެގްރާމް ގުރޫޕުން އެނގޭ ގޮތުގައި 50،000 އަށް ވުރެ ގިނަ މީހުން ވަނީ އެ އިންވެސްޓްމަންޓް ސްކީމާ ގުޅިފަ އެވެ. ސްކީމްގެ އެންމެ ފަހުގެ މައުލޫމާތުތައް އެ ގުރޫޕުގައި ދަނީ ފޯރުކޮށްދެމުންނެވެ.
ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންނާއި ފުލުހުންނާއި ސިފައިންގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ގިނަ އަދަދެއްގެ މެމްބަރުންނާއި އެހެނިހެން އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުން ދަނީ ޖެމްކިއު އަށް ޑޮލަރު ޖަމާކޮށްގެން އިންވެސްޓްކުރަމުންނެވެ.
މިގޮތަށް އިންވެސްޓްކޮށްގެން ބައެއް ދިވެހިން، މިލިއަނުން ޑޮލަރު ހޯދާފައިވާ ކަމަށް ވެ އެވެ.
ޖެމްކިޔު ސްކީމަކީ ހީލަތެއް، ބޭނުންކުރާ މީހުންނަށް ވެސް ފިޔަވަޅު އަޅާނަން: ޕޮލިސް/ސީއެމްޑީއޭ https://t.co/P5soah6CEZ
— Mihaaru (@Mihaarunews) June 15, 2025
ފުލުހުން ރޭ ނެރުނު ބަޔާނުގައި ބުނީ އެ ސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލަޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގް ކުރާ ކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއް ކަމަށް ބުނެފައިވެ އެވެ.
މިފަދަ ސްކީމެއް ރާއްޖޭގައި ހިންގޭނީ ސީއެމްޑީއޭގެ ހުއްދައާ އެކު އެވެ.
ފުލުހުން ބުނި ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް ފަދަ އެންމެންނަށް ފަރިތަ ނޫން ބަސްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ހިންގާ އިންވެސްޓްމަންޓް އެޕްލިކޭޝަންތައް އިންޓަނެޓްގައި ގިނަވަމުންދާ ދުވަސްވަރެއްގައި ރަނގަޅަށް ދިރާސާނުކޮށް މިފަދަ ސްކީމްތަކަށް އިންވެސްޓްކުރުމުން، ބުރަ މަސައްކަތުން ހޯދާފައި ހުންނަ ފައިސާ ގެއްލި އިޔާދަ ނުކުރެވޭ ގެއްލުންތަކާ ވެސް މީހުންނަށް ކުރިމަތިވަމުންދާނެ އެވެ.
ކާކުގެ ސްކީމެއްކަން ވެސް ނޭނގި ބޮޑު ސްކޭމަކާ ދިމާލަށް
ސްކޭމްތަކުގައި އެންމެ ގިނަ ފައިސާ ރިކަވާކުރީ ރާއްޖެއިން
މިދިޔަ މަހު 136 ސްކޭމް، 1.4 މިލިއަން ގެއްލުނު
ޒައިދާންގެ ޝަރީއަތް ނުފެށި 1،000 ދުވަސް
ފޭކް ސްލިޕުން 30 އޯޑަރަށް 9،000ރ. ގެ ކެއުން
ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވަނީ
އެއް އެކައުންޓުން އިތުރު ބައެއް ސްކޭމްގައި ނުޖެއްސޭނެ
އަހަރެން މީ ކާކުކަން އެނގޭތަ؟
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ
ދިވެހިބަސް ނޭނގޭ ދިވެއްސަކަށް ތަރުޖަމާނެއްގެ އެހީ