ބޭރުގައި ފުޅާކޮށް އޮންލައިން ސްކޭމް ހިންގި ނެޓްވޯކެއް، ރާއްޖެ ހިމެނޭ ގޮތަށް އޭޝިޔާގެ ހަ ގައުމަކުން ބައިވެރިވި އޮޕަރޭޝަނަކުން އަތުލައިގަނެ އެތައް އެކައުންޓެއް ފްރީޒުކޮށްފި އެވެ.
03 ޖޫން 2025
ބޭރުގައި ފުޅާކޮށް އޮންލައިން ސްކޭމް ހިންގި ނެޓްވޯކެއް، ރާއްޖެ ހިމެނޭ ގޮތަށް އޭޝިޔާގެ ހަ ގައުމަކުން ބައިވެރިވި އޮޕަރޭޝަނަކުން އަތުލައިގަނެ އެތައް އެކައުންޓެއް ފްރީޒުކޮށްފި އެވެ.
ޗައިނާގެ ހޮންކޮންގުގެ ބައެއް ނޫސްތަކުގައި ބުނީ 20 މިލިއަން ޑޮލަރު ނުވަތަ 308 މިލިއަން ރުފިޔާގެ ބޮޑު ސްކޭމެއް ހުއްޓުވީ ރާއްޖޭގެ އިތުރުން ހޮންކޮންގާއި ސިންގަޕޫރާއި ސައުތު ކޮރެއާ އާއި ތައިލެންޑާއި މެލޭޝިޔާ އަދި މަކައުގެ ފުލުހުންގެ އިދާރާގެ ބައިވެރިވުމާއެކު ކަމަށެވެ.
އެ ތުހުމަތުތަކުގައި 14-81 އަހަރާ ދެމެދުގެ 1،858 މީހުން ހައްޔަރުކޮށް 32،000 އަށްވުރެ ގިނަ ބޭންކު އެކައުންޓު ފްރީޒްކޮށްފައިވެ އެވެ. އޭގައި ދިވެހިން ހިމެނޭކަމެއް އަދި ޔަގީނެއް ނޫނެވެ.
އެ މީހުން ސްކޭމް ހިންގާފައިވަނީ އޮންލައިން ޝޮޕިން އާއި ފޯނާއި އިންވެސްޓްމަންޓާއި އޮޅުވާލައިގެން ވަޒީފާ ހޯދުމާއި ދިނުމުގެ ކަންކަމުގަ އެވެ.
ހޮންގްކޮންގް ފުލުހުންގެ ކޮމާޝަލް ކްރައިމް ބިއުރޯގެ ޗީފް ސުޕްރިންޓެންޑެންޓް އާނެސްޓް ވޮންގް ޗުން-ޔޫ މިއަދު ވިދާޅުވީ އިރުމަތީ އަދި ދެކުނު އިރުމަތީ އޭޝިއާގެ ގާނޫނު ތަންފީޒުކުރާ ހަތް އިދާރާއަކުން "ފްރޮންޓިއާ ޕްލަސް" ގެ ނަމުގައި އޮޕަރޭޝަން ފެށީ މިދިޔަ އޭޕްރީލް 28 އިން މިދިޔަ މަހުގެ 28ގެ ނިޔަލަށް ކަމަށެވެ.
އޭގެ ތަފްސީލު ހިއްސާކޮށްފައިވަނީ ސިންގަޕޫރާއި ތައިލެންޑާއި ސައުތު ކޮރެއާ އަދި މަކައުގެ ފުލުހުން ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގަ އެވެ.
ސިންގަޕޫރު ފުލުހުންގެ އެންޓި-ސްކޭމް ކޮމާންޑުގެ އެސިސްޓެންޓް ކޮމިޝަނަރު އައިލީން ޔާޕްއާ ހަވާލާދީ ނޫސްތަކުގައި ބުނީ ބޯޑަރު ހުރަސްކޮށް ހިންގާ ހިޔާނާތުގެ ގިނަ މައްސަލަތަކެއް، އެ އޮޕަރޭޝަންގައި ކޮމިއުނިކޭޝަން ޕްލެޓްފޯމްގެ އެހީގައި ސިޓީ ސްޓޭޓުން ނައްތާލާފައިވާ ކަމަށެވެ.
އޭގެ ތެރެއިން، ސިންގަޕޫރުގެ މަލްޓިނޭޝަނަލް ކޯޕަރޭޝަނެއްގެ ސީއީއޯގެ މޫނު ބޭނުންކޮށްގެން ހަދާފައިވާ ފޭކު ވީޑިއޯތަކަކުން އެ ގައުމުގެ ފައިނޭންސް ޑިރެކްޓަރަކު މިދިޔަ މާޗް މަހުގެ ތެރޭގައި ވަނީ ސްކޭމް ކޮށްފަ އެވެ. އެ ފައިނޭންސް ޑިރެކްޓަރު ވަނީ ހޮންކޮންގަށް 499،000 ޑޮލަރު ފޮނުވައިފަ އެވެ. ނަމަވެސް، ކްރޮސް ބޯޑަރުގެ އެހީގައި އެ ފައިސާ ވަނީ ހޯދައިފަ އެވެ.
ޖެމްކިޔު އިން ފައިސާ ލިބުން ހުއްޓި، މީހުން ރަތަށް!
ކާކުގެ ސްކީމެއްކަން ވެސް ނޭނގި ބޮޑު ސްކޭމަކާ ދިމާލަށް
ޖެމްކިޔުސްކީމްގައި 50،000 އަށް ވުރެ ގިނަ ދިވެހިން
ޖެމްކިޔު ސްކީމް ބޭނުންކުރާ މީހުންނަށް ފިޔަވަޅު އަޅަނީ
ސްކޭމްތަކުގައި އެންމެ ގިނަ ފައިސާ ރިކަވާކުރީ ރާއްޖެއިން
ފަރުވާގެ ނަމުގައި އެހީ ހޯދާ ޕޯސްޓުތަކަށް ސަމާލުވޭ
ފޭކް ސްލިޕް ފޮނުވި މީހަކު ހޯދަން އިއުލާނުކޮށްފި
އީދު ބަންދުގައި ސްކޭމްތަކުން ތިން ލައްކަ ގެއްލުނު
މިދިޔަ މަހު 136 ސްކޭމް، 1.4 މިލިއަން ގެއްލުނު
ޕޯސްޓު އޮފީހުގެ ނަމުގައި ސްކޭމެއް، ސަމާލުވާން އެދިއްޖެ