މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދި އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދި އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
އެ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ، މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވި ދިވެހި ޙައްޖާޖީން ތިބޭ ހޮޓަލަށް ޒިޔާރަތް ކުރައްވައި، ވަކިވަކި ހައްޖާޖީންނާ ބައްދަލު ކުރައްވައި، ހާލުއަހުވާލު އައްސަވައި، އެކި ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވައިފަ އެވެ.
ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު، އެމަނިކުފާނު ވަނީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން، ދެ ގައުމަށް ވެސް ފައިދާ ކުރާނޭހެން ބަދަހި ކުރެއްވުމަށް ކުރެއްވިދާނޭ ކަންތައްތަކާ މެދު ހިޔާލު ބަދަލު ކުރައްވައިފަ އެވެ.
މީގެ އިތުރުން ރައީސް ވަނީ ސައުދީ ސަރުކާރުން ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލުމަށް އަދި ހައްޖާޖީންނަށް ފޯރުކޮށްދިން ފުރިހަމަ ހިދުމަތަށްޓަކައި ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް އާލް ސުއޫދަށާއި ވަލީއަހްދަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މީގެ އިތުރުން ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީޤުގު ބިން ފައުޒާން އައްރަބީއާ ވަނީ ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފަ އެވެ.
ރައީސް ވަނީ ހައްޖުގެ އިންތިޒާމުތައް ފުރިހަމަ ކުރުމަށްޓަކައި ސައުދީ ސަރުކާރުން ކުރާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމާ އެކު ހައްޖާޖީންގެ ދަތުރުފަތުރަށް ލިބުނު ލުއިފަސޭހަކަން ފާހަގަ ކުރައްވައި، ދިވެހި ހައްޖާޖީންނަށް ދިން ހާއްސަ މެހުމާންދާރީއަށާއި އިންތިޒާމުތަކުގެ ފުރިހަމަ ކަމަށް އެމަނިކުފާނު ތައުރީފު ކުރެއްވި އެވެ.
ރައީސް، ސައުދީގެ ވަލީ އަހުދާ ބައްދަލުކުރައްވައިފި
ސައޫދީގެ ރަސްގެފާނަށް ރައީސް މުއިއްޒުގެ ހާއްސަ ޝުކުރު
"ސައޫދީން ބާއްވަނީ އެއްބަނޑުއެއްބަފާކަމުގެ ގުޅުމެއް"
ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގެންފި
ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގަންނަވަނީ
މިއީ އެންމެ ލުއި، އިންތިޒާމު ރަނގަޅު ހައްޖު މޫސުން
މައްކާ ރޫޓުން ދެ ގައުމުގެ ގުޅުން ދައްކުވައިދޭ: ރައީސް
މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހު ކޮށްދެއްވައިފި
ހައްޖާއި ހޫނު މޫސުން ދެން ދިމާވާނީ 25 އަހަރު ފަހުން
ރައީސް، ސައުދީގެ ހައްޖު މިނިސްޓަރާ ބައްދަލުކުރައްވައިފި