ކޮންމެ ދުވަހަކު ކައި އުޅޭ ކާނާއަކީ ރައްކާތެރި ތަކެއްޗަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
07 ޖޫން 2025
ކޮންމެ ދުވަހަކު ކައި އުޅޭ ކާނާއަކީ ރައްކާތެރި ތަކެއްޗަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 7 ވަނަ ދުވަހަކީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.
މިއަދު ފާހަގަކުރާ އެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮންމެ ދުވަހެއްގެ ވެސް ދިރިއުޅުމާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ.
އެއީ އާންމު ސިއްހަތާއި އިގްތިސާދީ ހަމަޖެހުމާ ވެސް ގުޅިފައިވާ ކަމެއްކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ކައި އުޅޭ ކާނާއަކީ ރައްކާތެރި އަދި ހަށިގަނޑަށް ފައިދާހުރި ކާނާއަކަށް ހެދުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ.
On #WorldFoodSafetyDay, it is important to remember that food safety is a daily concern that affects every single one of us. It is the bedrock of public health and economic resilience. This year’s theme, "Food safety: science in action," highlights the importance of scientific… pic.twitter.com/8BskBnPZAE
— Dr Mohamed Muizzu (@MMuizzu) June 7, 2025
މިއަހަރުގެ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރު، "ފުޑް ސޭފްޓީ: ސައިންސް އިން އެކްޝަން" އަށް އިޝާރާތް ކުރައްވައި، އެމަނިކުފާނު ވިދާޅުވީ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ދެނެގަނެ، އެކަންކަމުން ރައްކާތެރިވުމަށް ސައިންޓިފިކް ދިރާސާތައް ކުރުން ވަރަށް މުހިންމު ކަމަށެވެ.
މާލޭގައި ބިދޭސީން ސާފުތާހިރުކަން ކުޑަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކުރާ މައްސަލަތަކެއް ފެންމަތިވެފައިވެ މިދިޔަ އަހަރު ވަނީ ކާބޯތަކެއްޗާ ބެހޭ ގަވާއިދެއް އެކުލަވާލައިފަ އެވެ. އޭގެ ދަށުން ރާއްޖެއަށް އެތެރެ ކުރާ ކާބޯތަކެތި ޓެސްޓު ކުރުމާއި ގޭގައި ހަދައިގެން ވިއްކާ ތަކެތީގެ ރައްކާތެރިކަން ވެސް ބަލަން ޖެހެ އެވެ.
އޭގެ ދަށުން އެ ރަޖިސްޓްރީ ނުކޮށް ކާބޯތަކެތީގެ ހިދުމަތް ދޭނަމަ އެކަމެއްގެ ކުޑަބޮޑުމިނަށް ބަލައިގެން 10،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ވެސް ކުރެވެ އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލް ތަސްދީގު ކުރައްވައިފި
ކާބޯތަކެތި އިސްތިހާރުކުރުމުގެ ގަވައިދު އިސްލާހުކުރަނީ
ހުއްދަ ނުނަގާ ކާބޯތަކެތި އިޝްތިހާރުކުރުން މަނާކޮށްފި
ކާބޯތަކެތީގެ ވަގުތީ ގަވާއިދަށް އަމަލުކުރަން ވަގުތު ދީފި
ކާބޯތަކެތި ވިއްކާ ތަންތަނުގެ ބޮޑު އިންސްޕެކްޝަނެއް
މީދާ ފެނުނު ކެފޭ ހިންގަން އަލުން ހުއްދަ ދީފި
ބުޅާ މަހުގެ މައްސަލާގައި ނެގި ސާމްޕަލްގެ ނަތީޖާ ނުލިބޭ
މިއީ ސާފު ބަދިގެއަކުން ކާން ހެދުމަށް އިގުރާރެއް!
ވިޔަފާރި ބޭނުމަށް ގޭގައި ކާނާ ހެދޭނީ ވަކި ވަގުތަކު
ކާތަކެތި ވިއްކަން ލައިސަންސް އާކުރަން އިތުރު މުއްދަތެއް