ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.
04 ޖޫން 2025
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.
މި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަފްލާގައި ރާއްޖޭގެ ޓޫރިޒަމާއި ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތްކުރާ ފާހަގަކޮށްލެވޭ ފަރާތްތަކަށް އެވޯޑް ލިބިގެންދާނެ އެވެ. ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ މަގުސަދަކީ އެ ދާއިރާގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރުމެވެ. މިއަހަރު 450 އަށްވުރެ ގިނަ ނޮމިނޭޝަން ލިބި، 600،000 އަށްވުރެ ގިނަ ވޯޓު ލިބިފައިވުމަކީ މި އެވޯޑްސްއަށް ލިބެމުންދާ ތާއީދާއި ޝައުގުވެރިކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި އެ އެވޯޑު އިންތިޒާމުކުރާ ފަރާތުން ބުންޏެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގެ މައިގަނޑު ބައިވެރިންނަށް ވެފައިވާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކުރުމަށް ބޭއްވޭ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް ޕާޓްނަރަކަށް ވުމަކީ އެކުންފުނިން އުފާކުރާ ކަމެއް ކަމަށެވެ.
"މި ދާއިރާއަކީ އަޅުގަނޑުމެންގެ އިގްތިސާދުގެ އެންމެ މުހިންމު ތަނބުކަމުން، މި ދާއިރާގެ ކުރިއެރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރުމަކީ މުހިންމު ދާއިރާތަކަށް އެހީތެރިވެ، މުޖުތަމައު ބާރުވެރިކުރުވުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ލިބިގެންދާ ކުރިއެރުމެއްވެސްމެ. މި ދާއިރާގެ މަސައްކަތްތެރީންގެ ކާމިޔާބީތައް ފާހަގަކުރުމުގައި ބައިވެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް." އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްއިން އަންނަނީ ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އަދި ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް މެދުވެރިކޮށް މި ދާއިރާގައި މަސައްކަތްކުރާ ހީވާގި މުވައްޒަފުންގެ މަސައްކަތް ފާހަގަކުރެވޭކަމީ ބޭންކަށް ލިބޭ ފަހުރެކެވެ.
ބީއެމްއެލްގެ ހިދުމަތްތައް މިރޭ ދަންވަރު މެދުކެނޑޭނެ
މެއިލިން އެޑްރެސް އަޕްޑޭޓްކުރުމަށް ބެންކުން އެދިއްޖެ
ބީއެމްއެލްގެ ހިއްސާގެ އަގު ރެކޯޑު އަދަދަކަށް މަތިވެއްޖެ
"ބިޒް ވީކު"ގެ ބެންކިން ޕާޓްނަރަކީ ބީއެމްއެލް
ބީއެމްއެލްގެ ޗެއާޕާސަން، ބޯޑު މެމްބަރުން އައްޔަނުކޮށްފި
ފައިސާގެ މުއާމަލާތްތަކުގެ 99 ޕަސެންޓު ޑިޖިޓަލް:ޝަރީފު
ބީއެމްއެލްއިން ދުވާލަކު 1.5 މިލިއަން ޑޮލަރު ވިއްކާ
ޓޫރިޒަމަށް މިހާރު ދޫކޮށްފައިވާ ލޯނު 8 ބިލިއަނަށް އަރާ
58 ޕަސެންޓު މީހުން ފައިސާ ޖަމާކުރަނީ ބީއެމްއެލްގައި
ބީއެމްއެލް އިން ހިއްސާއަކަށް 55ރ. ބަހަން ނިންމައިފި