ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްވީކުގެ ބޭންކިން ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.
04 ޖޫން 2025
ކޯޕަރޭޓް މޯލްޑިވްސްގެ ބިޒްވީކުގެ ބޭންކިން ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.
ބިޒްވީކަކީ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގާ ނެޓްވޯކިން އިވެންޓެކެވެ. މި ހަރަކާތް އޮންނާނީ މި މަހުގެ 18 އަދި 19 ވަނަ ދުވަހު އެވެ. މިއީ ވިޔަފާރިތަކަށް އެއްތަނަކުން ކަސްޓަމަރުންނާއި ވިޔަފާރީގެ މުހިންމު ނިންމުންތައް ނިންމާ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހޯދައިދޭނެ ޕްލެޓްފޯމެކެވެ.
މި އިވެންޓުގައި "ސީއީއޯ ސަމިޓް"ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ރާއްޖޭގެ ވިޔަފާރީގެ އިސްވެރިން އެއްތަނަކުން ބައްދަލުކޮށް، އިގްތިސާދީ ކުރިއެރުން ހޯދުމަށް ބޭނުންވާ ސްޓްރެޓެޖީތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލް ވިދާޅުވީ ރާއްޖޭގެ ވިޔަފާރި މުޖުތަމައު ބާރުވެރިކުރުވައި، އިގްތިސާދީ ތަރައްގީ ގެނައުމަށް ބެންކް އޮފް މޯލްޑިވްސްއިން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށެވެ. އަދި ބިޒްވީކަކީ ރާއްޖޭގެ ވިޔަފާރިތައް ކުރިއަރުވައި، އާ ގޮތްތައް ހޯދާ، ކުރިއެރުމަށް ފުރުސަތު ހޯދައިދޭނެ މުހިންމު ޕްލެޓްފޯމެއްކަމަށް ވިދާޅުވި އެވެ.
"މިއީ ވިޔަފާރިވެރިންނާއި ޕްރޮފެޝަނަލުންނަށް ގުޅުން ބަދަހިކޮށް، އެއްބާރުލުން ދީ، ހިޔާލު ހިއްސާކުރުމަށް މަގުފަހިކޮށްދޭނެ މަންސަ އެއްވެސް މެ. މި އިވެންޓަކީ ބައިވެރިވާ ހުރިހާ ފަރާތްތަކަށްވެސް ފައިދާކުރާނެ އަދި ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ އިވެންޓަކަށް ވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްއިން އަންނަނީ އެ ބޭންކުގެ ހިދުމަތްތަކާއި ޕްރޮޑަކްޓްތަކުން ވިޔަފާރިތަކަށް އެހީތެރިވަމުންނެވެ. ލޯނުތަކާއި ފައިނޭންސިންގެ އިތުރުން، ބޭންކުން ހަލުވިކަމާއި ފަސޭހަކޮށް މުއާމަލާތްތައް ކުރެވޭނެ ގޮތަށް 24 ގަޑިއިރު ޕޭމަންޓް ހިދުމަތްތައް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ދާދި ފަހުން ވަނީ ވިޔަފާރިތަކަށް ކޮންމެ ތަނަކުން ވެސް އެކައުންޓް ހުޅުވައި ހިދުމަތްތައް ލިބޭނެ ފުރިހަމަ ޑިޖިޓަލް އޮންބޯޑިން ޕްރޮސެސްއެއް ތައާރަފުކޮށްފަ އެވެ.
ބީއެމްއެލްގެ ހިދުމަތްތައް މިރޭ ދަންވަރު މެދުކެނޑޭނެ
މެއިލިން އެޑްރެސް އަޕްޑޭޓްކުރުމަށް ބެންކުން އެދިއްޖެ
ބީއެމްއެލްގެ ހިއްސާގެ އަގު ރެކޯޑު އަދަދަކަށް މަތިވެއްޖެ
ހޮޓެލިއާ އެވޯޑްސްގެ ބިޒްނަސް ޕާޓްނަރަކަށް ބީއެމްއެލް
ބީއެމްއެލްގެ ޗެއާޕާސަން، ބޯޑު މެމްބަރުން އައްޔަނުކޮށްފި
ފައިސާގެ މުއާމަލާތްތަކުގެ 99 ޕަސެންޓު ޑިޖިޓަލް:ޝަރީފު
ބީއެމްއެލްއިން ދުވާލަކު 1.5 މިލިއަން ޑޮލަރު ވިއްކާ
ޓޫރިޒަމަށް މިހާރު ދޫކޮށްފައިވާ ލޯނު 8 ބިލިއަނަށް އަރާ
58 ޕަސެންޓު މީހުން ފައިސާ ޖަމާކުރަނީ ބީއެމްއެލްގައި
ބީއެމްއެލް އިން ހިއްސާއަކަށް 55ރ. ބަހަން ނިންމައިފި