Roadha Mihaaru

މެއިންޓެނަންސް މަސައްކަތަކަށް ބީއެމްއެލްގެ ހިދުމަތްތައް މިރޭ ދަންވަރު މެދުކެނޑޭނެ

ބީއެމްއެލްގެ މެއިންޓަނަންސް މަސައްކަތެއް ކުރިއަށް ގެންދަން ނިންމާފައިވާތީ، މިރޭ ދަންވަރު ހިދުމަތްތައް މެދުކެނޑިދާނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ބީއެމްއެލްގެ ހިދުމަތްތައް މިރޭ ދަންވަރު މެދުކެނޑޭނެ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

19 ޖޫން 2025

ބީއެމްއެލްގެ މެއިންޓަނަންސް މަސައްކަތެއް ކުރިއަށް ގެންދަން ނިންމާފައިވާތީ، މިރޭ ދަންވަރު ހިދުމަތްތައް މެދުކެނޑިދާނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ބީއެމްއެލް އިން ބުނީ މިރޭ ދަންވަރު 2:00 އިން ފަތިހު 5:00 އާ ދެމެދު 30 މިނެޓަށް ބޭންކުގެ ގިނަ ހިދުމަތްތަކެއް މެދުކެނޑޭނެ ކަމަށެވެ. އެގޮތުން އިންޓަނެޓް ބޭންކިން އާއި ބެންކުގެ ވެބްސައިޓު އަދި ޕީއޯއެސް މެޝިންތަކާއި އޭޓީއެމްގެ އިތުރުން ޕޭމަންޓު ގޭޓްވޭ ހިދުމަތް ވެސް މެދުކެނޑޭނެ ކަމަށް ބުންޏެވެ.

ކާޑުގެ ހިދުމަތާއި ޑޮލަރު ބުކިން ޕޯޓަލްގެ ހިދުމަތް ވެސް އެވަގުތަށް މެދުކެނޑޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ހިދުމަތްތައް މެދުކެނޑޭނެތީ، މެއިންޓަނަންސްގެ މަސައްކަތްތަކަށް ވަގުތު ކަނޑައެޅީ ކަސްޓަމަރުން އެންމެ މަދުން އެ ބެންކުގެ ހިދުމަތްތައް ހޯދާ ވަގުތު ބަލައިފަ އެވެ.