ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ ބެއިޖިން ފޮރިން ސްޓަޑީޒް ޔުނިވާސިޓީގައި 2022 ވަނަ އަހަރުން ފެށިގެން ދިވެހި ބަސް ކިޔަވައިދެމުން އަންނައިރު މިދިޔަ މަހުގެ 14 ވަނަ ދުވަސް ހާއްސަ އެވެ. އެތަނުގައި މިހާރު ދިވެހި ކިޔަވަމުން އަންނަ 22 ދަރިވަރުން ދިވެހި ހެދުމުގައި ތިބެ ދިވެހި ބަހާއި ސަގާފަތަށް އޮތް ލޯބި ދައްކާލި އެވެ.
01 ޖޫން 2025
ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ ބެއިޖިން ފޮރިން ސްޓަޑީޒް ޔުނިވާސިޓީގައި 2022 ވަނަ އަހަރުން ފެށިގެން ދިވެހި ބަސް ކިޔަވައިދެމުން އަންނައިރު މިދިޔަ މަހުގެ 14 ވަނަ ދުވަސް ހާއްސަ އެވެ. އެތަނުގައި މިހާރު ދިވެހި ކިޔަވަމުން އަންނަ 22 ދަރިވަރުން ދިވެހި ހެދުމުގައި ތިބެ ދިވެހި ބަހާއި ސަގާފަތަށް އޮތް ލޯބި ދައްކާލި އެވެ.
އެކި ބަސްތަކަށް ހާއްސަކޮށްގެން ހަރަކާތްތައް ބާއްވާ އެ ޔުނިވަސިޓީގައި އޭޝިއާ-އެފްރިކާގެ ތީމަށް ހާއްސަކޮށްގެން ބޭއްވި ހަފުލާގައި އޭޝިއަން ސްޓަޑީޒްގެ ދަރިވަރުން ދިވެހިވަންތަކޮށް ފެނުމުގެ ފަހަތުގައި ހުރީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ދިވެހި ބަހާއި ސަގާފަތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށް، އޭޝިއަން ސްޓަޑީޒްގެ ފެކަލްޓީގައި ލެކްޗަރާއަކަށް އުޅޭ ޗައިނާގެ ޝޫ ފަންގުފަންގް އެވެ.
އޭނާ ބުނެފައިވާ ގޮތުގައި އެ ފެކަލްޓީން ހިންގާ އެއް އަހަރުގެ ކޯހުގައި ތިން ގައުމެއްގެ ބަސް އިހުތިޔާރު ކުރެވޭނެ އެވެ. އޭގެ ތެރެއިން 22 ޒުވާނަކު އަންނަނީ ދިވެހި ބަހުން ލިޔެ، ވާހަކަ ދައްކަން ދަސްކުރަމުން ކަމަށް އޭނާ ބުންޏެވެ.
My book has been published as the first textbook of spoken Dhivehi in China. Hopefully more Chinese will get to understand this beautiful language. Appreciate to all my Maldivian friends who have helped me during the writing of this book. pic.twitter.com/DmnEWG3hyn
— Fang fang (@Fangfang21_) January 5, 2024
ފެކަލްޓީން އެންމެ ފަހުން ބޭއްވި ގާލާ ނައިޓްގައި އޭޝިއާގެ އެކި ގައުމުތަކުގެ ސަގާފަތް ދައްކާލުމުގެ ފުރުސަތު އޮތް ނަމަވެސް އެ ދަރިވަރުން ބޭނުންވީ ދިވެހިވަންތަކަން ދައްކާލާށެވެ.
"ރާއްޖެއިން އެނބުރި ދިޔައިރު ގެންދިޔަ ގައުމީ ހެދުންތައް އެއީ،" ފަންގުފަންގު ބުންޏެވެ.
"ޓައިޑްސް އޮފް ރެޒޮނަންސް" ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި އަންހެން ކުދިން ތިބީ ބޯވަޅު އެޅި ރަތް ލިބާހުގައި، ފައްޓަރުބައި އަޅައިގެންނެވެ. ފިރިހެން ކުދިން ބޭނުންކުރީ ހުދު ގަމީހާއި ފޭއްޔެވެ.
ފަންގުފަންގު، ގައުމީ ހެދުން ލައިގެން ހުރި އޭނާގެ ދަރިވަރަކާއެކު ފޮޓޯއެއް ނަގަނީ.
"ދިވެހި ބަސް އަދި ދިވެހި ސަގާފަތަށް އެ ޒުވާނުން ވަރަށް ބޮޑަށް ޝައުގުވެރިވޭ،" ފަންގުފަންގު ބުންޏެވެ.
ފަންގުފަންގު ވަނީ ދިވެހި ދަސްކޮށްދިނުމަށް ޗައިނާ ބަސް ހިމެނޭގޮތަށް ފޮތެއް ވެސް ނެރެފަ އެވެ. އޭނާ އުންމީދުކުރަނީ "ރީތި ދިވެހި ބަސް" ގިނަ ދިވެހިންނަށް އެނގި ދަސްވާނެ ވަސީލަތަކަށް އޭނާގެ ފޮތްތައް ވުމެވެ.
ޗައިނާގެ ޔުނިވާސިޓީއެއްގައި ދިވެހި ބަސް ކިޔަވައި ދެނީ
ޔޫތު ޕްރޮގްރާމަށް 11 ސްކޫލެއްގެ ދަރިވަރުން ޗައިނާއަށް
ޗައިނާ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި
ރާއްޖެ-ޗައިނާ 11 އެމްއޯޔޫއެއްގައި ސޮއިކޮށްފި
އެސްސީއޯގެ ދައުރު ފުޅާކުރެވޭނެ ތަސައްވުރެއް ހުށަހަޅައިފި
ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް ރައީސްގެ ތައުރީފު
ރާއްޖޭގެ ގައުމީ ތަރައްގީއަށް ޗައިނާގެ އެހީގެ ޔަގީންކަން
ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެންފި
ޗައިނާގެ ސޯލާ ކުންފުނިތައް ގެންނަން މަސައްކަތްކުރަނީ
ރައީސް ޗައިނާ އަށް ފުރާވަޑައިގެންފި