ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މި އަހަރުގެ މިހާތަނަށް 50 މައްސަލަ ހުށަހެޅި، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މައްސަލަ ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މި އަހަރުގެ މިހާތަނަށް 50 މައްސަލަ ހުށަހެޅި، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މައްސަލަ ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު"ން ހޯދި މައުލޫމާތުތަކަށް ބަލާއިރު، އެމްއެންޑީއެފް ފިޔަވައި ޔުނީފޯމް ބޮޑީތަކުގެ މައްސަލަ ބަލާ ކޮމިޝަނަށް މިދިޔަ މަސް ނިމުނުއިރު 50 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އެއީ އާއްމުން ހުށަހެޅި މައްސަލަތަކާއި އަމިއްލަ އިސްނެގުމަށް ބަލާ މައްސަލަތަކެވެ.
އެ މައްސަލަތަކުގެ ތެރެއިން 27 މައްސަލައެއް ތަހުގީގުކޮށް ނިންމާފައިވާ ކަމަށް، މިދިޔަ ބުދަ ދުވަހު ދިން ޖަވާބުގައިވެ އެވެ.
އެންއައިސީގައި މިދިޔަ އަހަރު ނިމުނުއިރު 118 މައްސަލައެއްގެ ތަހުގީގު ކުރިއަށްދެ އެވެ. މިދިޔަ އަހަރު އަލަށް ހުށަހެޅި 126 މައްސަލައާއެކު 127 މައްސަލައެއް ވަނީ ތަހުގީގުކޮށް ނިންމައިފަ އެވެ. އަދި 2023 ވަނަ އަހަރު 149 މައްސަލަ ރިޕޯޓް ކުރިއިރު އޭގެ ކުރީގެ އަހަރުގެ މައްސަލަތަކާއެކު 207 މައްސަލައެއްގެ ތަހުގީގު ނިންމި އެވެ. އަދި 2022 ވަނަ އަހަރު އަލަށް ހުށަހެޅީ 175 މައްސަލައެކެވެ. އެ އަހަރު ނިމުނުއިރު، ކުރީގެ އަހަރުތަކުގެ މައްސަލަތަކާއެކު 237 މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދިޔަ ކަމަށް ބުންޏެވެ.
އެ ކޮމިޝަނުން ބަލަނީ ޕޮލިހާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި ކަރެކްޝަނަލް ސާވިސްއާ ގުޅޭ މައްސަލަތަކެވެ.
އެ އިދާރާތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ފުލުހުންނާ ގުޅޭގޮތުންނެވެ.
މިދިޔަ އަހަރު ނިމުނުއިރު ފުލުހުންނާ ގުޅޭގޮތުން 103 މައްސަލައެއް ހުށަހެޅިއިރު، އެ ކޮމިޝަނުން އަމިއްލަ އިސްނެގުމަށް 10 މައްސަލައެއް ބެލި އެވެ. އޭގެ ތެރެއިން 91 މައްސަލައެއް ނިންމައި، 23 މައްސަލައެއްގައި ވަނީ ލަފާ ދީފަ އެވެ.
ކަރެކްޝަނަލް ސާވިސްއާ ގުޅޭގޮތުން 18 މައްސަލައެއް ހުށަހެޅިއިރު، ދެ މައްސަލައެއް އިސްނަގައިގެން ބެލި އެވެ. އަދި ކުރީގެ މައްސަލަތަކާއެކު 31 މައްސަލަ ނިންމައި، ނުވަ މައްސަލައެއްގައި ވަނީ ލަފާ ދީފަ އެވެ.
އެންއައިސީގެ ރައީސް ސުލައިމާން ވަކިކުރަން ފާސްކޮށްފި
އެންއައިސީގެ މެމްބަރުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި
ޖިންސީގޯނާ: އެންއައިސީއަށް ބައެއް ލިއުންތައް އަދި ނުދޭ
އެންއައިސީއަށް ކުރިމަތިލި ބޭފުޅުންގެ ނަންތައް ކޮމިޓީއަށް
ދެ ފުލުުހެެއްގެ މައްސަލަ އެމްޖޭއޭއިން އެންއައިސީއަށް!
ހައްޔަރުކުރަން އަނިޔާވެރިކޮށް އަމަލުކުރި މައްސަލަ ބަލަނީ
ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާކުރަން ފޮނުވަނީ
އަބްދުﷲ ރަޝީދުގެ މަރުގައި އިހުމާލެއް ނެތް: އިމްރާން
"ރަޝީދުގެ މަރުގެ ތަހުގީގުގައި ފެންނަ މަންޒަރު ތަފާތު"
ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓު ހާމައެއް ނުކުރާނެ