މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލުގެ ބަންދަން މިއަދު ކްރިމިނަލް ކޯޓުން ފަސް ދުވަސް ދީފި އެވެ.
23 މެއި 2025
މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލުގެ ބަންދަން މިއަދު ކްރިމިނަލް ކޯޓުން ފަސް ދުވަސް ދީފި އެވެ.
ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު ރައުދު އިއްޔެ ބަންދުން ދޫކޮށްލި އެވެ. އެކަމަކު އާ އަމުރެއް ނެރެ ކުޑަ އިރުކޮޅެއްގެ ފަހުން އިއްޔެ އަލުން ހައްޔަރުކުރީ އެވެ.
ރައުދު އިއްޔެ ދޫކޮށްލީ ވެސް އޭނާގެ ބަންދަށް އެންމެ ފަހުން ކްރިމިނަލް ކޯޓުން ދިން 20 ދުވަސް ހަމަނުވަނީހެވެ.
ގ. އެރިޔަދޫ، ރައުދު، 21 އަށް ބަންދުގެ މުއްދަތު ހަ ފަހަރަށް އިތުރުކޮށްފައިވެ އެވެ. އެންމެ ފުރަތަމަ ފަހަރު ފަސް ދުވަހަށް އަދި ދެވަނަ ފަހަރު 10 ދުވަހަށް ބަންދުކުރި އިރު އޭގެ ފަހުން ފަސް ދުވަސް ބަންދަށް ޖެހި އެވެ. އަދި އެންމެ ފަހުން ރައުދުގެ ބަންދަށް ދީފައި އޮތީ 20 ދުވަހެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ރައުދު ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިޖުރާއީ ލަފާގެ މަތިންނެވެ.
އޭނާ ބަންދުކުރަން ނެރުނު އަމުރެއްގެ އިސްތިއުނާފު މައްސަލައެއްގެ އަޑުއެހުމެއް ވެސް އިއްޔެ މެންދުރު ފަހަށް ތާވަލުކޮށްފައި އޮއްވާ އޭނާ ދޫކޮށްލުމުން އެ މައްސަލަ ވެސް އަނބުރާ ގެންދިޔަ އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ރައުދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު އެވެ. ފުލުހުން ތުހުމަތުކުރަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމާއި އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމެވެ.
ޔުމްނު ވެއްޓުމުގެ ކުރިން އެ ރޭ ޔުމްނު އާއި ރައުދުއާ އެއްކޮށް އުޅުނު ކަމަށް ފުލުހުން ބުނާ މީހުންނަކީ އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް އާއި އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ އާއި ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ، އާއި ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު، އާއި އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު، އާއި ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި، އާއި އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް އެވެ.
އިމާރާތަކުން ވެއްޓުނު ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ޒުވާނުން މާލޭގައި ބޭއްވި މުޒާހަރާގައި ޒުވާނުން ބައިވެރިވަނީ.-- ފޮޓޯ: މިހާރު
އެކަމަކު މިހާތަނަށް އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ރައުދު އެކަންޏެވެ. ދެން ތިބި އެންމެން ވަނީ ފުލުހުންނަށް ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ދޭން ވެސް ދެކޮޅު ހަދައިފަ އެވެ. އެމީހުންނާ ގުޅިިގެން ފުލުހުން ކުރާ ތަހުގީގުގެ މާބޮޑު ތަފްސީލެއް ވެސް ހާމައެއް ނުކުރެ އެވެ. އެމީހުންގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނެ އެވެ.
އެ އެންމެންގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން މިނިސްޓަރު އަމީން އާއި އޭނާގެ އެއްބަނޑުއެއްބަފާ ދެބެއިންގެ ގެ، މއ. މާންދޫގެދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފްލޯ ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް، އެ ތަންތަނުން އެ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މާންދޫގެދެކުނުގޭގެ ސީސީޓީވީ ފުޓޭޖް ވެސް ފުލުހުންނަށް ނުލިބުނެވެ.
ރައުދަށް މަސްތުގެ ދައުވާ ނުކުރީ އިޖުރާއަތު ގޯސްވުމުން
ރައުދު ދޫކޮށްލީ ހުކުމަށްވުރެ ބަންދު އިތުރުވެދާނެތީ
ރައުދުގެ މައްޗަށް ހިނގަހިނގާ އޮތް ބަންދު ދެ އަމުރު
ރައުދުގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ރައުދު ބަންދުން ދޫކޮށްލައިފި
ރައުދުގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި
ރައުދަށް ކުރީ މަސް ދުވަހުގެ ހުކުމެއް އަންނަ ދައުވާއެއް
ޓެގް އަޅުވައި ދޫކޮށްލީ ޑްރަގް މައްސަލަތަކުގެ ބައެއް
ދެ ހަފުތާ ތެރޭގައި ރިޕޯޓު ރައީސަށް އެރުވޭނެ: ކޮމިޝަން
ޑްރަގް ހަވާލުކުރީ ޑީއެޗްއެލް ޔުނިފޯމުގައި ތިބި ފުލުހުން