ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ސަރުކާރުން ދޫކުރާ ލޯނު ސްކީމަށް އެދި 1،300 އަށް ވުރެ ގިނަ ކުދިން ކުރިމަތިލާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.
13 މެއި 2025
ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ސަރުކާރުން ދޫކުރާ ލޯނު ސްކީމަށް އެދި 1،300 އަށް ވުރެ ގިނަ ކުދިން ކުރިމަތިލާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.
ލޯނަށް އެދި ހުށަހަޅަން 500 ފުރުސަތު ހުޅުވާލީ މިދިޔަ މާޗު މަހުގެ 29 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވީ، ސްޓޫޑެންޓް ލޯނަށް އެދި 1،351 ދަރިވަރުން ހުށަހަޅާފައިވާ ކަމަށެވެ.
ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ފުރުސަތު ދޭން ނިންމާފައިވޭތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެއީ ކަމަށާއި މި އަހަރު ވެސް އަމަލުކުރާނީ އެގޮތަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ނަމަވެސް އެ ކަމުގައި ވަކި ގޮތެއް އަދި ނިންމާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ވެސް 500 ޖާގައަށް ހުޅުވާލިއިރު، ޝަރުތު ހަމަވި ހުރިހާ ކުދިންނަށް ލޯނު ދޫކޮށްފައިވެ އެވެ.
ހައިދަރު ވަނީ ލޯނަށް ހުޅުވާލުން ލަސްވި ކަމަށް ދެކެވޭ ވާހަކަތަކަށް ވެސް މިއަދު ޖަވާބު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ލޯނު ދޫކުރަނީ އޭ ލެވެލް އިމްތިހާނުގެ ނަތީޖާގެ މެރިޓަށް ބެލުމަށް ފަހު ކަމަށް ވާއިރު، މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ލިބިފައިވަނީ ފެބްރުއަރީ މަހުގެ ފަހުން ކަމަށެވެ.
"ޖެނުއަރީގައި ހުޅުވާލިނަމަވެސް އެބަ މަޑުކުރަން ޖެހޭ ފެބްރުއަރީ ނިމެންދެން ކުދިންނަށް އެވޯޑުކުރުމުގައި،" ހައިދަރު ވިދާޅުވި އެވެ.
ލޯނު ސްކީމުގެ ދަށުން ދެ ބަޔަކަށް ލޯނު ދިނުމަށް ހަމަޖެހިފައިވެ އެވެ. އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި މިހާރު ކިޔަވަމުން އަންނަ ދަރިވަރުން (ޓޮޕްއަޕް ލޯން) އެވެ. މިފަހަރު ޓޮޕްއަޕް ލޯނު ދޫކުރަން ހަމަޖެހިފައި ވަނީ 700،000ރ. އަށް ވުރެ ބޮޑުނުވާ އަދަދަކަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ސްޓޫޑެންޓް ލޯނު އަނބުރާ ދައްކާއިރު އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި މިހާރު ނަގަމުންދާ އެއް ޕަސެންޓު ނުނަގަން ނިންމަވައިފަ އެވެ.
40 ޕަސެންޓް ދަރިވަރުން ލޯނު ދައްކާ: ހައިދަރު
ސްޓޫޑެންޓު ލޯނުގެ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރަނީ
ދަރިވަރުންނަށް ޖަވާބުދިނުން އަވަސްކުރަން ޕޯޓަލެއް ހަދަނީ
ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ ކަނޑާލައި، ބަދަލުތަކެއް!
"ސްޓޫޑެންޓު ލޯނަށް އަވަހަށް އިއުލާންކުރެވޭތޯ ބަލަން"
ޖުޑިޝަރީއަށް ނުފޫޒު ފޯރުވާކަމަށް ހުށަހެޅި މައްސަލަ ބޭރު
ހައިދަރުގެ ޖަވާބާ މެދު ނުރުހުންވެ ޖަލްސާ ހުއްޓުވައިފި
ހުޅުމާލެ 2ގެ ގޯތިތައް އޮކްޓޫބަރުގައި ހަވާލުކޮށް ނިމޭނެ
ހައިދަރަށް މަޖިލިހަށް ވަޑައިނުގެންނެވުނު
4،000މީހުން ޔަގީންކުރަން ހުރިހާ ފޯމެއް ރިވިއުކުރަނީ