Roadha Mihaaru

އެމެރިކާ ރައްޔިތުކަން އޮންނަ އިޒްރޭލު ސިފައިންގެ މީހާ ހަމާސް އިން މިނިވަންކޮށްފި

ހަމާސް އިން އިޒްރޭލަށް ހަމަލާދިން ދުވަހު ރަހީނުކުރި، އެމެރިކާ ރައްޔިތުކަން އޮންނަ އިޒްރޭލު ސިފައިންގެ މީހެއް ކަމަށްވާ އެޑަން އެލެގްޒެންޑާ މިނިވަންކޮށްފި އެވެ.

ހަމާސް އިން އެމެރިކާ-އިޒްރޭލު މީހާ މިނިވަންކޮށްފި

ހަމާސް އިން އިޒްރޭލަށް ހަމަލާދިން ދުވަހު ރަހީނުކުރި، އެމެރިކާ ރައްޔިތުކަން އޮންނަ އިޒްރޭލު ސިފައިންގެ މީހެއް ކަމަށްވާ އެޑަން އެލެގްޒެންޑާ މިނިވަންކޮށްފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މާދަމާ މެދުއިރުމައްޗަށް ވަޑައިގަތުމާ ދިމާކޮށް މި މީހާ މިނިވަންކޮށް ހަމާސް އިން ނެރުނު ބަޔާނުގައި ބުނީ މި ކަމަކީ ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ މެދުވެރިންގެ ދައުރު އަދާކުރާ ގައުމުތަކުގެ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

މި މީހާ މިނިވަންކުރަން ނިންމީ އެމެރިކާ އާއި ހަމާސްއާ ދެމެދު ސިއްރިއްޔާތުގައި ކުރިއަށްދާ މަޝްވަރާގެ ތެރެއިންކަމަށް ވަނީ ބުނެފަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އެލެގްޒެންޑާ މިހާރު ހުރީ އިޒްރޭލު ސަރަހައްދުގަ އެވެ.

އެމެރިކާގެ ރަށްވެހިކަން އޮންނަ އެލެގްޒެންޑާ އަކީ އެމެރިކާ ރަށްވެހިކަން އޮތް އިޒްރޭލު ރަހީނުންގެ ތެރެއިން އެންމެ ފަހުން ދޫކޮށްލި މީހާ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރިން ބުނެފައިވަނީ މި މީހާ މިނިވަންކުރުމުގެ ބަދަލުގައި ހަމަލާތައް ހުއްޓާލުން ނޯންނާނެ ކަމަށެވެ. އަދި ކުރިން އެއްބަޔަކު އަނެއް ބަޔަކު ގައިދީން މިނިވަންކުރި ނަމަވެސް މި މީހާގެ ބަދަލުގައި އެއްވެސް ކަމެއް ނުކުރާނެކަން ދެ ފަރާތުން ވެސް ވަނީ ބުނެފަ އެވެ. އެކަމަކު އިޒްރޭލުގެ ބާރުގެ ދަށުގައިވާ ސަރަހައްދަށް އޭނާ ވެއްދުމަށް ހަމަލާތައް މަޑުޖައްސާލި އެވެ.

ހަމަލާތައް މަޑުޖައްސާލައި ދެން ތިބި ރަހީނުން ވެސް މިނިވަންކުރުމާ ބެހޭ ޑީލަކާ ހަމައަށް ދެވޭތޯ އެމެރިކާ އާއި ގަތަރާއި މިސްރުން އަންނަނީ މިހާރުވެސް މަސައްކަތްކުރަމުންނެވެ.