Roadha Mihaaru

ޣައްޒާގައި އިއްޔެ ވެސް 15 މީހަކު ޝަހީދުކޮށްލި

ފަލަސްތީނުގެ ޣައްޒާގައި އިއްޔެ ވެސް ފަތިހުން ފެށިގެން އިޒްރޭލުން ދިން ހަމަލާތަކުގައި 15 މީހަކު ޝަހީދުކޮށްލި ކަމަށާއި އެއް ހަމަލާއެއްގައި ޝަހީދުވި ފަސް މީހަކު ވެސް އޭގެތެރޭގައި ހިމެނޭ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.

ސިވިލް ޑިފެންސް އޮފިޝަލް މުހައްމަދު އަލް މުޣައްޔިރު ވިދާޅުވީ ފަތިސް ވަގުތު ޓެންޓެއްގައި ތިބި ރެފިއުޖީންގެ ބަޔަކަށް ދިން ހަމަލާއެއްގައި ފަސް މީހަކު ޝަހީދުވި ކަމަށެވެ. އެ ހަމަލާގައި ޝަހީދުވީ އެއް އާއިލާއެއްގެ މީހުންނެވެ.

އިޒްރޭލުގެ މަތިންދާބޯޓަކުން ބޮން އެޅިއިރު ތިން ކުދިންނާއި އެ ކުދިންގެ މަންމަ އާއި ބައްޕަ ޓެންޓުތެރޭގައި ތިބީ ނިދާފައި،" އާއިލާގެ މެމްބަރެއް ކަމަށްވާ އުމަރު އަބޫ އަލް ކާސް އޭއެފްޕީ އަށް ކިޔައިދިނެވެ.

އޭނާ ބުނީ ހަމަލާ ދިނީ އެއްވެސް ކަމަކާނުލައި ކަމަށާއި ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޒާރެއް ވެސް ނުދޭ ކަމަށެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުން ދިޔަ ހަމަލާތައް މިދިޔަ ޖެނުއަރީ މަހު މެދުކަނޑާލުމަށް ފަހު ދެ މަސް ފަހުން އަލުން ފަށައިގެން އުޅޭ ހަމަލާތަކުގައި، ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރުލް ބަލާހްއަށް ދިން ހަމަލާތަކެއްގައި ވެސް ވަނީ ހަތަރު މީހަކު ޝަހީދުވެފަ އެވެ.

މުޣައްޔިރު ވިދާޅުވީ ޣައްޒާގެ ދެކުނުގައި އޮންނަ ރަފަހްގެ އައްސޭރިފަށުގައި އިޒްރޭލުން ދިން ބަޑީގެ ހަމަލާތަކުގައި ކުޑަ ކުއްޖަކު ވެސް ޝަހީދުވި ކަމަށެވެ.

އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން ޝަހީދުވި މީހުންގެ އަދަދު ވަނީ 52،600 އަށް ވުރެ މަތިވެފަ އެވެ. ހަމަލާތައް ޖެނުއަރީ މަހު މެދުކަނޑާލުމަށް ފަހު އަލުން ދޭން ފެށި ފަހުން ޝަހީދުވި އަދަދުވެސް މިހާރު ވަނީ 2،500 އާ ގާތްކޮށްފަ އެވެ.