އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި އަސްކަރީ ހަރަކާތްތައް ފުޅާކުރަން ނިންމާފައިވާ ޕްލޭންގެ ދަށުން މިފަހަރު ގިނަ ބަޔަކު އެހެން ހިސާބުތަކަށް ފޮނުވާލާނެ ކަމަށް ބުނެފި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި އަސްކަރީ ހަރަކާތްތައް ފުޅާކުރަން ނިންމާފައިވާ ޕްލޭންގެ ދަށުން މިފަހަރު ގިނަ ބަޔަކު އެހެން ހިސާބުތަކަށް ފޮނުވާލާނެ ކަމަށް ބުނެފި އެވެ.
އިޒްރޭލުގެ މި ނިންމުމާ އެކު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އިޒްރޭލުގެ އަމަލުތަކުގެ ސަބަބުން ޣައްޒާގެ އާންމުން އިންތިހާ ދަރަޖައިގެ ދަތި ހާލުގައި އުޅެން ޖެހިފައި ވާއިރު އެކަމަށް ލުޔެއް ލިބޭނެ އެއްވެސް ކަމަކަށް ފުރުސަތު ނުދީ އިތުރަށް ގޯސްވާނެ ގޮތަކަށް ނިންމުމާ އެކު ގުޓަރެސްގެ ތަރުޖަމާނު ވިދާޅުވީ މިއީ އިތުރު އެތައް ބަޔަކު މަރުވެދާނެ ޕްލޭނެއް ކަމަށެވެ.
"ޣައްޒާ އަކީ ފަލަސްތީނުގެ ކުރިމަގުގެ ދައުލަތުގެ ބައެއް އަދި އެތަން އޮންނަން ޖެހޭނީ ވެސް އެގޮތުގައި،" ތަރުޖަމާނު ފަރްހާން ހައްގު ވިދާޅުވި އެވެ.
އިޒްރޭލުގެ ސެކިއުރިޓީ އެހެން އޮފިޝަލަކު ބުނި ގޮތުގައި "ޕްލޭންގެ މައިގަނޑު އެއް ބަޔަކީ ހަނގުރާމަވެރި ސަރަހައްދުތަކުން މުޅި ޣައްޒާގެ އާބާދީގެ ބޮޑު ބައެއް މިހާރު އުޅޭ ތަންތަނުން ބޭރުކުރުން" ކަމަށެވެ. އަދި އެ މީހުން ގެންދާނީ ޣައްޒާގެ ދެކުނުގެ ސަރަހައްދުތަކަށް ކަމަށް ބުންޏެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށުމުން ރައްކާތެރިކަން ހޯދަން ގެދޮރު ދޫކޮށް ދިޔަ އާންމުންގެ އެތައް ހާސް ބަޔަކު މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އަލުން ޣައްޒާއަށް ވަންނަނީ. -- ފޮޓޯ: އޭއެފްޕީ
އަސްކަރިއްޔާގެ ތަރުޖަމާނު އެފީ ޑެފްރިން ބުނީ ރާވާފައިވާ ޕްލޭނުގެ ތެރޭގައި "ޣައްޒާގެ އާބާދީގެ ބޮޑު ބައެއް ބަދަލުކުރުން" ހިމެނޭ ކަމަށާއި އެކަން ކުރަނީ "އެ މީހުން ހިމާޔަތް ކުރުމަށް" ކަމަށެވެ.
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށި ފަހުން ޣައްޒާގެ 2.4 މިލިއަން މީހުންގެ ތެރެއިން އެންމެންހެން ގެދޮރު ދޫކޮށް އެކި ތަންތަން ދާން ޖެހުނެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ އެއްފަހަރަށް ވުރެ ގިނަ ފަހަރު، އެކި ތަންތަނުން ބަދަލުވަމުން އުޅެން ޖެހިފައިވާ މީހުންނެވެ.
އިޒްރޭލުން ބުނީ ރިޒާވް ސިފައިންގެ އެތައް ހާސް ބަޔަކު ބޭނުންކޮށްގެން ފަށާ އޮޕަރޭޝަންގައި ޣައްޒާ ދޫކޮށް އަމިއްލައަށް ދާން ބޭނުންވާ މީހުންނަށް ހާއްސަ ޕްރޮގްރާމެއް އޮންނާނެ ކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ބޭރުކުރަން ކުރާ ކޮންމެ މަސައްކަތަކީ، 1948 ވަނަ އަހަރު އިޒްރޭލު އުފެއްދި އިރު ފަލަސްތީނުގެ ރައްޔިތުން ވަޒަނުން ބޭރުކޮށް ޔަހޫދީން އާބާދުކުރަން ހިންގި އަނިޔާވެރި "ނަކްބާ" ގެ އަނދިރި ހަނދާންތައް އާވެގެންދާނެ ކަމެކެވެ. ނަކްބާ އަށް މި މަހުގެ 15 ދުވަހު 76 އަހަރު ފުރޭނެ އެވެ.
އިޒްރޭލާ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް: ހަމާސް
ޣައްޒާގެ ސްކޫލަކަށް ހަމަލާދީ 31 މީހަކު ޝަހީދުކޮށްފި
ޣައްޒާގައި އަދިވެސް ހަމަލާތައް ވަރުގަދަކުރަން ފާސްކޮށްފި
ހަމާސް އިން ލުބްނާން ސިފައިންނާ މީހަކު ހަވާލުކޮށްފި
ޣައްޒާގައި ތިން ކުދިންނާ އެކު 16 މީހަކު ޝަހީދުކޮށްފި
ގަތަރު ވާހަކަ ދައްކަނީ ދެ އަނގައިން: ނަތަންޔާހޫ
ތިން ކުދިންނާ އެކު ފަލަސްތީނުން 11 މީހަކު ޝަހީދު
ޣައްޒާގައި 10 މީހަކުން 9 މީހަކަށް ފެނެއް ނުލިބޭ
ޣައްޒާއަށް އެހީ ނުވެއްދޭތީ ބައިނަލްއަގުވާމީ ކޯޓަށް
ޣައްޒާގައި އިއްޔެ 50 މީހުން ޝަހީދުކޮށްލި