ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން އަސްކަރީ ހަރަކާތްތައް އަދިވސް ފުޅާކޮށް ހަމަލާތައް ވަރުގަދަކުރަން އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކޮށްފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން އަސްކަރީ ހަރަކާތްތައް އަދިވސް ފުޅާކޮށް ހަމަލާތައް ވަރުގަދަކުރަން އިޒްރޭލުގެ ސެކިއުރިޓީ ކެބިނެޓުން ފާސްކޮށްފި އެވެ.
މިގޮތަށް ފާސްކޮށްފައި ވާއިރު އިޒްރޭލުގެ ރިޒާވް ސިފައިންގެ އެތައް ހާސް ބަޔަކު މި އޮޕަރޭޝަނަށް ނުކުތުމަށް ވެސް ވަނީ އަންގައިފަ އެވެ.
އިޒްރޭލުން އަސްކަރީ ހަރަކާތްތައް ވަރުގަދަކުރަން ނިންމާފައި މި ވަނީ އިޒްރޭލުން ޣައްޒާއަށް ހަމަލާ ދެމުން އަދި އަދި އެ ސަރަހައްދު ހިސާރުކޮށް، އެހީގެ ސާމާނު ވެއްދުން މަނާކޮށްފައި އޮންނަތާ ދެ މަސް ވެފައި ވާއިރު އިންސާނީ ކާރިސާއެއްގެ އިންޒާރު އދ. އިން ދެމުން ދަނިކޮށެވެ.
އިއްޔެ ރޭ ފާސްކުރި މި ޕްލޭންގައި، ޣައްޒާގައި އިޒްރޭލުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާ ސަރަހައްދުތައް އެގޮތުގައި ހިފެހެއްޓުން ހިމެނޭ ކަމަށް އިޒްރޭލުގެ އޮފިޝަލަކު ބުންޏެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހާމަކޮށްފައިވާ ޕްލޭނާ އެއްގޮތަށް ޣައްޒާއިން މީހުން ހުސްކުރުމަށް އަމިއްލަ އަށް އެތަން ދޫކޮށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުން ހިމެނޭ ކަމަށް ވެސް ބުންޏެވެ.
އަސްކަރިއްޔާގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް އިޔާލް ޒާމިރު ބުނީ އަސްކަރިއްޔާއިން ހަމަލާތައް ފުޅާކުރުމަށް "އެތައް ހާސް" ރިޒާވިސްޓުންނަށް ގޮވާލާފައިވާ ކަމަށެވެ. އިޒްރޭލުގެ މީޑިއާއިން ބުނާ ގޮތުގައި އަލަށް ފަށަން އުޅޭ އޮޕަރޭޝަންތައް އަންނަ ހަފްތާގައި ޓްރަމްޕު މެދުއިރުމައްޗަށް ކުރާ ދަތުރުގެ ކުރިން ފަށާނެ އެވެ.
އިޒްރޭލުން އޮކްޓޫބަރު 7، 2023 ގައި ޣައްޒާއަށް ދޭން ފެށި ހަމަލާތައް މިދިޔަ ޖެނުއަރީ މަހު، ހަމާސްއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން މެދުކަނޑާލި އެވެ. އެކަމަކު އެއްބަސްވުމުގެ ދެ ވަނަ މަރުހަލާ ކުރިއަށް ގެންދާނެ ގޮތަކާ މެދު އުފެދުނު ދެބަސްވުމަށް ފަހު މާޗް މަހުގެ 18 ވަނަ ދުވަހުން ފެށިގެން އަލުން ހަމަލާތައް ފެށީ އެވެ.
އަލުން ހަމަލާތައް ފެށި ފަހުން 2،436 މީހަކު ޣައްޒާއިން ޝަހީދުވެފައި ވާއިރު 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 52،535 މީހަކު ވަނީ ޝަހީދުވެފަ އެވެ.
އިޒްރޭލާ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް: ހަމާސް
ޣައްޒާގެ ސްކޫލަކަށް ހަމަލާދީ 31 މީހަކު ޝަހީދުކޮށްފި
ޣައްޒާގެ ގިނަ ބަޔަކު މިފަހަރު ބޭރުކޮށްލާނަން: އިޒްރޭލު
ހަމާސް އިން ލުބްނާން ސިފައިންނާ މީހަކު ހަވާލުކޮށްފި
ޣައްޒާގައި ތިން ކުދިންނާ އެކު 16 މީހަކު ޝަހީދުކޮށްފި
ގަތަރު ވާހަކަ ދައްކަނީ ދެ އަނގައިން: ނަތަންޔާހޫ
ތިން ކުދިންނާ އެކު ފަލަސްތީނުން 11 މީހަކު ޝަހީދު
ޣައްޒާގައި 10 މީހަކުން 9 މީހަކަށް ފެނެއް ނުލިބޭ
ޣައްޒާއަށް އެހީ ނުވެއްދޭތީ ބައިނަލްއަގުވާމީ ކޯޓަށް
ޣައްޒާގައި އިއްޔެ 50 މީހުން ޝަހީދުކޮށްލި