މިދިޔަ މަހުގެ 26 އިން ފެށިގެން ފުލުހުންގެ އިދާރާ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންގެ ލީޑަޝިޕްގެ ދަށުން ފުރަތަމަ ފަހަރަށް ފުލުހުންގެ ބައެއް ޑިޕާޓްމަންޓުތަކުގެ އިސްވެރިން މިއަދު ބަދަލުކޮށްފި އެވެ.
08 މެއި 2025
މިދިޔަ މަހުގެ 26 އިން ފެށިގެން ފުލުހުންގެ އިދާރާ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީންގެ ލީޑަޝިޕްގެ ދަށުން ފުރަތަމަ ފަހަރަށް ފުލުހުންގެ ބައެއް ޑިޕާޓްމަންޓުތަކުގެ އިސްވެރިން މިއަދު ބަދަލުކޮށްފި އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަސްއޫލިއްޔަތުތައް ހޯމް މިނިސްޓަރު އަލީ އިހުސާން ވަގުތީ ގޮތުން ނަވީންއާ ހަވާލުކުރީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ މަހުގެ 26 ގައި އިސްތިއުފާ ދެއްވުމުންނެވެ.
ފުލުހުންގެ އިދާރާ އިން މިރޭ ބުނީ އެ އިދާރާގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، ނުވަ ޑިޕާޓްމެންޓެއްގެ ވެރިންގެ ގޮތުގައި އާ އޮފިސަރުން ކަނޑައަޅާފައިވާ ކަމަށެވެ.
ބަދަލު ގެނެސްފައިވާ ޑިޕާޓްމެންޓުތަކާއި އައްޔަންކުރި އޮފިސަރުން:
- ހެޑް އޮފް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަން: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު.
- ހެޑް އޮފް ޑްރަގް އެންފޯސްމަންޓް: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް.
- ހެޑް އޮފް ގޭންގް ކްރައިމް އިންވެސްޓިގޭޝަން: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސޮބާހު.
- ހެޑް އޮފް ކައުންޓަ ނާކޮޓިކްސް އޮޕަރޭޝަންސް: ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިހު މުހައްމަދު.
- ހެޑް އޮފް ތިލަމާލެ ޕޮލިސް: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު.
- ހެޑް އޮފް ޓްރެފިކް ޕޮލިސް: ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހީމް އިމްރާން.
- ހެޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސް: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގް އާދަމްފުޅު.
- ހެޑް އޮފް ކަސްޓޯޑިއަލް ސްޓޭންޑަޑްސް އެންޑް ޑިވޮލަޕްމަންޓް: ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޝަހީމް.
- ހެޑް އޮފް ޕްރޮޓެކްޓިވް ސެކިއުރިޓީ: ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން
ފުލުހުން ބުނީ އެއީ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމުގެ މަގްސަދުގައި ގެނައި ބަދަލުތަކެއް ކަމަށެވެ.
މި ބަދަލުތައް ގެނެސްފައިވާއިރު، ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާގެ މަގާމުގައި ހުންނެވި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވެސް ދާދި ފަހުން ވަނީ އެހެން ޑިޕާޓްމެންޓަކަށް ބަދަލުކޮށްފަ އެވެ.
ސާމިހު އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށް، ފުލުހުންގެ ނުވަ ޑިޕާޓްމަންޓެއްގެ އެންމެ އިސްވެރިޔާ މި ބަދަލުކުރީ އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގާ މެދު ސުވާލުތަކެއް އުފައްދަން ފެށި ފަހުންނެވެ. ޔުމްނުގެ އާއިލާ އިން ވެސް އެދިފައި ވަނީ ސާމިހު މަގާމުން ވަކިކުރާށެވެ.
ފަރުހާދުގެ ބަދަލުގައި އެކްޓިން ސީޕީއަކަށް ނަވީން
ކުއްޖާއަށް އަނިޔާކުރި މުވައްޒަފުން ވަކިކޮށްފި
ކުއްޖަކަށް ޖިސްމާނީ އަނިޔާކުރި މައްސަލައެއް ބަލަނީ
ޔުމްނު ވެއްޓުނު ހާދިސާ: މައުލޫމާތު އެއްކުރަން ފަށައިފި
ޔުމްނު އުޅަނބޮއްޓަށް ލިބުނީ ދާއިމީ ގެއްލުމެއް: އާއިލާ
ރައުދުގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފި
ޔުމްނުއަށް އިންސާފު ހޯދަން ޕޮލިސް ކައިރިއަށް އެއްވެއްޖެ
ޔުމްނުއާ ސުވާލުކުރުމުގެ ފުރުސަތެއް އަދި ނުލިބޭ: ޕޮލިސް
ބޯފެން ހުސްކުރި 40 ފުޅީގައި ބަނގުރާ
ވެއްޓުނީ އަމިއްލައަށް ނޫން ކަމަށް ޔުމްނު ބުނޭ: އާއިލާ