މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ހާއްސަ ކޮމިޝަނަށް ހަމަޖެއްސެވި ފަސް ބޭފުޅުންނަށް ދެއްވަން ނިންމެވީ އެލަވަންސެއް ކަމަށާއި ކުރީގެ ސަރުކާރުތަކުގެ ކޮމިޝަންތަކުގެ މެމްބަރުންނަށް ވުރެ އެ އަދަދު ކުޑަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ހާއްސަ ކޮމިޝަނަށް ހަމަޖެއްސެވި ފަސް ބޭފުޅުންނަށް ދެއްވަން ނިންމެވީ އެލަވަންސެއް ކަމަށާއި ކުރީގެ ސަރުކާރުތަކުގެ ކޮމިޝަންތަކުގެ މެމްބަރުންނަށް ވުރެ އެ އަދަދު ކުޑަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
1- ޑރ. މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
2- ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު، ވ. އަލްމާން
3- ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
4- ޖަބީން މުހައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
5- އާމިނަތު އީނާސް، ހ. ހަބަރުގެ
މިއަދުގެ ހެނދުނު 10 އިން ފެށިގެން ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި ރައީސް މުއިއްޒު ވިދާޅުވީ، އެ ފަސް މެމްބަރުންގެ ތެރެއިން ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދަކީ މިހާރު ވެސް ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށް ވުމުން ކޮމިޝަންގެ މަސައްކަތްތަކަށް އެ ދެ ބޭފުޅުން ދޫކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ.
ރައީސް މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ
އެކަމަކު އެ ދެބޭފުޅުން ސަރުކާރުގެ ރަސްމީ މަގާމުން ކޮމިޝަންގެ މަސައްކަތަށް ވީއްލީ ރައީސް ވިދާޅުވި ގޮތުގައި މިހާރު ވެސް ވަޒީފާގެ ހައިސިއްޔަތަށް ލިބޭ އާމްދަނީ އުނި ނުވާ ގޮތަށް އެކަމަކު ކޮމިޝަންގައި މަސައްކަތް ކުރައްވާތީ 5،000ރ. ގެ އިނާޔަތެއް ކޮންމެ މަހަކު ދޭ ގޮތަށެވެ.
ކޮމިޝަންގައި ދެން ތިއްބެވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދާއި އާމިނަތު އީނާސް އެއްވެސް ތަނެއްގައި ވަޒީފާ އަދާނުކުރައްވާތީ ދޭން ނިންމީ ކޮންމެ މަހަކު 15،000ރ. ގެ އެލަވަންސެކެވެ.
ކޮމިޝަނަށް އައްޔަން ކުރެއްވި ޖަބީންއަކީ ހުޅުމާލެ ހޮސްޕިޓަލްގެ ނާސިން ޑިރެކްޓަރެވެ. ޑރ. މުރާދަކީ އައިޖީއެމްއެޗުގެ ސީނިއާ ފިޒީޝަނެކެވެ.
ރައީސް މުއިއްޒު މިރޭ ވިދާޅުވީ. ގައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ވާހަކައެއް ކޮމިޝަންގެ ރިޕޯޓުގައި ނެތް ނަމަ އެ ރިޕޯޓު އެއްކޮށް ހާމަކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ކޮމިޝަނާ ބައްދަލުކުރައްވަން އެ މަނިކުފާނު ވެސް އަދި އެދިވަޑައިނުގަންނަވާ ކަމަށާއި އެ ބޭފުޅުންގެ ވެސް ރިކުއެސްޓެއް ވެސް ނާންނަ ކަމަށެވެ.
"އަޅުގަނޑު ހިތުން އެ ބޭފުޅުންނަށް ޓައިމް ބޭނުންވަނީ ކަން ނޭނގޭ ފުލް ޑީޓެއިލްސް އަށް ވޯކް ކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ހާއްސަ ގަރާރުގައި އެ ކޮމިޝަނަށް ވަނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
1- ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގަ އާއި ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން.
2- ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގަ އާއި ތަހުގީގުތަކަށް އެހީތެރިވުމަށް ރާއްޖެ އިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި ރާއްޖެ އިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން؛
3- ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރުގެ ބޭނުންކުރުން.
4- ހައްޔަރު އަމުރާއި ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛
5- ހާޒިރުކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރު ކޮށްގެން ސުވާލުކުރުމާއި މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެ ނޫން ވެސް ހެކި ހޯދުމާއި އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން.
6- ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައި ވާ ނަމަ އެ ތަހުގީގަކަށް ނުވަތަ އެ ނޫން ވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި ހެއްކާއި ގަރީނާތަކާއި އެ ނޫން ވެސް މައުލޫމާތު ހޯދުން.
ޔުމްނު ވެއްޓުނު މައްސަލަ ބަލަން ރައީސް މުއިއްޒު ހާއްސަ ކޮމިޝަނެއް އުފެއްދެވީ ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުންނެވެ. ޔުމްނު ވެއްޓުމުން ލިބުނު އަނިޔާތަކަށް ފަރުވާ ދޭން އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމްއެޗަށެވެ. އެ އަށް ފަހު، އިތުރު ފަރުވާއަށް މެލޭޝިއާ އަށް ފުރުވާލީ އެވެ.
އޭނާގެ ފަރުވާއަށް އެންސްޕާއިން 25،000 ޑޮލަރު (385،500ރ.) ހަމަޖައްސައިދިނެވެ. އޭގެ ތެރޭގައި ނަރުހަކާއި ޑޮކްޓަރަކާއި އާއިލާ މީހުންގެ އިތުރުން ސްޓްރެޗާ ބަހައްޓަން ނެގި ސީޓުތަކަށްވާ ފައިސާ ހިމެނެ އެވެ. ސޯޝަލް މީޑިއާގައި ހިންގި ކެމްޕެއިންގައި 700،000 އަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.
ރިޔާސީ ކޮމިޝަންގެ ފުރަތަމަ މީޑިއާ ބްރީފިން މިއަދު
ތަހުގީގީ ކޮމިޝަނަށް އިތުރު ތިން ބޭފުޅަކު އައްޔަންކޮށްފި
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ކޮމިޝަނެއް
ކޮމިޝަނުން ނިންމާ ގޮތަކަށް އަމަލުކުރާނަން: ރައީސް
އުންމީދަކީ އަވަހަށް ކޮމިޝަންގެ މަސައްކަތް ނިންމުން
ޔުމްނުގެ އާއިލާގެ ކަންބޮޑުވުންތައް ރައީސަށް!
ޔުމްނުގެ ތަހުގީގުގައި ފުލުހުންގެ ގޯހެއްނެތް: އިހުސާން
ރޯދަމަހު އުމްރާވެރިންނަށް އެއް މިލިއަން ޑޮލަރު ދޫކުރި
ކޮމިޝަނުން ފުރަތަމަ ފަހަރަށް ރައުދުއާ ސުވާލުކޮށްފި!
ނަރުހުންގެ އަޑުއަހައި އިޖާބަދޭނަން: ރައީސް