Roadha Mihaaru

މަހެއް ފަހުން ހާލަންޑް ސިޓީގެ ފަރިތަކުރުންތަކަށް

މެންޗެސްޓާ (މެއި 1) - އަނިޔާގެ ސަބަބުން މަހެއް ވަންދެން ކުޅުމާ ދުރުގައި ހުރި މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ހާލަންޑް، ކްލަބްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

މަހެއް ފަހުން ހާލަންޑް ސިޓީގެ ފަރިތަކުރުންތަކަށް

މެންޗެސްޓާ (މެއި 1) - އަނިޔާގެ ސަބަބުން މަހެއް ވަންދެން ކުޅުމާ ދުރުގައި ހުރި މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ހާލަންޑް، ކްލަބްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

އުމުރުން 24 އަހަރުގެ ނޯވޭ ފޯވާޑަށް އަނިޔާ ވެފައި ވަނީ މާޗު 30 ވަނަ ދުވަހުގެ ރޭ ބޯންމަތާ ދެކޮޅަށް ކުޅުނު އެފްއޭ ކަޕް ކުއާޓާ ފައިނަލް މެޗުގަ އެވެ.

ހާލަންޑް އޭނާގެ ރިކަވަރީ އަށް އަމިއްލަ ޓްރޭނިން ސެޝަންތައް ކުރިއަށް ގެންދިޔަ ނަމަވެސް، އިއްޔެ ވަނީ އެނބުރި އައިސް ޓީމާ އެކު ފަރިތަކުރުންތައް ފަށައިފަ އެވެ. ނަމަވެސް ކުޅެން ފަށާނެ ދުވަހެއް ކްލަބުން ހާމައެއް ނުކުރެ އެވެ. އޭނާ ވަނީ މި ސީޒަންގައި ގައުމީ ޓީމާއި ކްލަބަށް ޖުމްލަ 39 ގޯލު ޖަހައިދީފަ އެވެ.

މީގެ އިތުރުން އެންމް ފަހުގެ ބެލޮންޑިއޯ ކާމިޔާބު ކުރި ސްޕެއިންގެ މިޑްފީލްޑަރު ރޮޑްރީ ވެސް އަންނަނީ ޓީމާ އެކު ފަރިތަކުރުންތަކުގައި ބައިވެރި ވަމުންނެވެ. މިދިޔަ ސެޕްޓެމްބަރު މަހު އޭސީއެލް އަށް އަނިޔާވެގެން ރޮޑްރީ ވެސް ހުރީ ކުޅުމާ ދުރުގަ އެވެ. އޭނާ ވަނީ ފެބްރުއަރީ މަހު އެކަނި ތަމްރީނުތައް ކުރަން ފަށައިފަ އެވެ.

މީޑިއާތަކުން ހާމަކުރާ ގޮތުގައި ރޮޑްރީ އެނބުރި ކުޅުމުގެ ތެރެއަށް އަންނާނީ ޖޫން މަހު ފަށާ ކްލަބް ވޯލްޑް ކަޕަށެވެ.

"ރޮޑްރީ އަހަރެމެންނާ އެކު ބައިވެރިވާ ކޮންމެ ފަރިތަކުރުމެއްގައި ވެސް ވަރަށް މަސައްކަތް ކުރާނެ. އޭނާ ކުޅެން ބޭނުން ވޭ. އެކަމަކު ޑޮކްޓަރު އަހަރެން ގާތު ބުނަން ޖެހޭނީ ރޮޑްރީ ކުޅުވުމުން މައްސަލައެއް ނެތޭ. އަހަރެން ބަރޯސާ ވާނީ ޑޮކްޓަރުގެ ބަހަށް،" ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.

އިނގިރޭސި ލީގުގައި ސިޓީ މިވަގުތު އޮތީ ތާވަލްގެ ހަތަރު ވަނައިގަ އެވެ. ފާއިތުވި ހަތަރު ސީޒަންގައި ސިޓީ، ލީގު ޗެމްޕިއަންކަން ނެގި ނަމަވެސް މި ސީޒަންގައި ލިވަޕޫލް ވަނީ ޗެމްޕިއަންކަން ޔަގީން ކޮށްފަ އެވެ.