03 އެޕްރީލް 2024
މެންޗެސްޓާ (އޭޕްރީލް 3) – މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިންގް ހާލަންޑަކީ ތިންވަނަ ޑިވިޝަނުގެ ފެންވަރުގެ ކުޅުންތެރިޔެކޭ މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ރޯއީ ކޫން ބުނުމުން، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ރައްދު ދީފި އެވެ.
މެންޗެސްޓާ (އޭޕްރީލް 3) – މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިންގް ހާލަންޑަކީ ތިންވަނަ ޑިވިޝަނުގެ ފެންވަރުގެ ކުޅުންތެރިޔެކޭ މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ރޯއީ ކޫން ބުނުމުން، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ރައްދު ދީފި އެވެ.
ހޮނިހިރު ދުވަހު އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗު އެނަލައިސްކޮށްދެމުން ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ބުނީ ހާލަންޑަކީ ގޯލް ކުރިމަތީގައި ދުނިޔޭގައި ނެތް ފެންވަރުގެ ކުޅުންތެރިޔެއް ކަމަށެވެ.
ނަމަވެސް ކުޅުމުގައި އޭނާގެ ފެންވަރު ދަށް ކަމަށް ސްކޮޓްލެންޑްގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.
"ބޯޅަ ހޯދައިގެން ކުޅުމުގައި އޭނާގެ ފެންވަރު ވަރަށް ދަށް. ހަމައެކަނި މިއަދު އެކަންޏެއް ނޫން. އޭނާ އެބަޖެހޭ އެކަން ރަނގަޅު ކުރަން. އޭނާ އެކޭ ލީގު 2 [ތިންވަނަ ޑިވިޝަން] ގެ ކުޅުންތެރިޔެކޭ އެއްގޮތް. އެއީ އަހަރެންނަށް އޭނާ ފެންނަ ގޮތަކީ،" ކީން ބުންޏެވެ.
އެއަށް ރައްދު ދެމުން ގާޑިއޯލާ ބުނީ ކުރީގެ ކުޅުންތެރިޔެއްގެ ފަރާތުން މިހާރުގެ ކުޅުންތެރިޔަކާ މެދު އެގޮތަށް ވާހަކަ ދެއްކުމަކީ ބަލައިގަންނެވޭނެ ކަމެއް ނޫން ކަމަށެވެ.
ގާޑިއޯލާ ބުނީ އެންމެ މަތީ ފެންވަރުގައި ކުޅުނު ކުރީގެ ކުޅުންތެރިޔަކު އާމުދަނީ ހޯދަން ކުރާ މަސައްކަތަކީ މިހާރުގެ ކުޅުންތެރިޔަކަށް ފާޑު ކިޔައިގެން ކަމުގައި ވާނަމަ އެއީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށެވެ.
"އެއީ އޭނާ [ކީން] އަކީ ލީގު 3 [ހަތަރުވަނަ ޑިވިޝަން] ނޫނީ ލީގު ހަތަރެއް [ފަސްވަނަ ޑިވިޝަނުގެ] ފެންވަރުގެ ކޯޗެކޭ ބުނުން ކަހަލަ ކަމެއް،" ސަންޑަލޭންޑަށް ކުރިން ކޯޗުކޮށްދިން ކީން އާ ބެހޭގޮތުން ގާޑިއޯލާ ބުންޏެވެ.
"އަހަންނަށް ހީއެއްނުވޭ (ކީން) އެދައްކާ ވާހަކައަކީ ރަނގަޅު ވާހަކައެއްހެނެއް. އޭނާ [ހާލަންޑް] އަކީ ދުނިޔޭގެ އެންމެ މޮޅު ސްޓައިކަރު. މިދިޔަ ސީޒަނުގައި އަހަރެމެން ހޯދި ކާމިޔާބުގައި އޭނާ ވަރަށް ބޮޑަށް އެހީވި. އަހަރެމެންނަށް މެޗުތަކުގައި ގިނަ ފުރުސަތު ތަނަވަސް ނުކުރެވުމަކީ އާލިން [ހާލަންޑް] ގެ މައްސަލައެއް ނޫން،"
ހާލަންޑަށް ރެކޯޑް، ގާޑިއޯލާގެ އުފާވެރިކަން ބިލިއަނަކަށް
ހާލަންޑަކީ އަހަރެންގެ އެންމެ މޮޅު ސްޓައިކަރު: ގާޑިއޯލާ
ގާޑިއޯލާއަށް ފަހުވެސް ސިޓީ ގޮތުގައި ކުރިއަށްދާނެ
ގާޑިއޯލާގެ އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ
އިންގްލެންޑްގެ މަގާމަށް ދިއުމަކީ ވެދާނެކަމެއް: ގާޑިއޯލާ
ސިޓީގައި ދެމިހުރުމަށްވުރެ ދޫކޮށްދިއުން ގާތް: ގާޑިއޯލާ
136 އަހަރުންވެސް ނުވިކަމެއް، ސިޓީން މިއަދު ކުރާނެ!
ހަމަޖެހޭ، ތައްޓަކީ އަހަރެމެންގެ އެއްޗެއް: ގާޑިއޯލާ
އިންގްލެންޑަށް ކާމިޔާބު ވާނެ، ސިޓީއާ ދާދި އެއްގޮތް
ވިދިވިދިގެން ރެއާލް ބަލިކުރުމަކީ ނާދިރު ކަމެއް