ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށާއި އެކި ދާއިރާތަކުގެ ހިދުމަތްތެރިން ދަފްތަރުކޮށް، ހިޔާވަހިކަމުގެ ސްކީމްތަކާއި ބޭންކުން ލޯން ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށް ބޮޑު ކާމިޔާބީއެއް ހޯއްދަވާނެ ކަަމށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށާއި އެކި ދާއިރާތަކުގެ ހިދުމަތްތެރިން ދަފްތަރުކޮށް، ހިޔާވަހިކަމުގެ ސްކީމްތަކާއި ބޭންކުން ލޯން ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކަށް ބޮޑު ކާމިޔާބީއެއް ހޯއްދަވާނެ ކަަމށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގަ އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި ކުރާ އިގުތިސާދީ މަސައްކަތްތައް އިތުރު ކުރުމަށާއި ވަޒީފާގެ ފުރުސަތުތައް ގިނަ ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
"ގައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަ ކުރުމަށްޓަކައި މަސައްކަތުގެ އަހުލާގާއި ހުނަރު ދަސްކޮށްދިނުން ތައުލީމީ މަންހަޖުގައި އިތުރުކުރަން ޖެހެ އެވެ. ވަޒީފާ އަދާކުރާ ބިދޭސީން ރަނގަޅަށް ބެލެހެއްޓި، ގާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ދާން ޖެހެ އެވެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ދިވެހި އުންމަތުގެ ހަކަތައަކީ، ބުންވަރަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި މި ގައުމުގެ ހީވާގި ހިދުމަތްތެރީންނެވެ،"--- ރައީސް
މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހު ބެލެނިވެރިންނަށް ރައީސް އިލްތިމާސް ކުރެއްވީ ކޮންމެ ކުއްޖަކީ ވެސް މަސައްކަތްތަކަށް އަހުލުވެރި، ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. ވިދާޅުވީ، އެންމެ ދިވެއްސަކު ވެސް މަސައްކަތެއް ނުކޮށް ބާކީ ވާން ދޫކޮށް ނުލައި މުޅި މުޖުތަމައު ގުޅިގެން ގައުމީ މަސައްކަތްތަކެއް ފަށަން ޖެހޭ ކަމަށެވެ.
"ދިވެހީން އެދޭ ތަމައްދުން ހާސިލް ކުރެވޭނީ އޭރުންނެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މޭ 1 މުޅި ދުނިޔޭގައި ފާހަގަކުރި ނަމަވެސް ކޮންމެ ދުވަހަކީ މަސައްކަތްތެރިންގެ ދުވަހެއް ކަމަށެވެ.
"ކޮންމެ ދުވަހަކު ވެސް މި ގައުމު ކުރިއަށް ފިޔަވަޅުތަކެއް މި އަޅަނީ މަސައްކަތްތެރީންގެ ސަބަބުން ކަމެވެ. އެހެންކަމުން، މަސައްކަތްތެރީންގެ އަޑު އެހުމުގައި އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމުދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކުވެސް ސަރުކާރު ދެމިއޮންނާނަމެވެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖެ މިއަދު މި ދެކޭ ހިސާބަށް ގެނެސްދިނީ މަސައްކަތްތެރިންނެވެ. އެ މަނިކުފާނު ވިދާޅުވީ، މާދަމާ ގައުމު ދާން އުންމީދު ކުރާ އުސްމިންތަކަށް ވާސިލް ކޮށްދޭނީ ވެސް މަސައްކަތްތެރިން ކަމަށެވެ.
"ދިވެހި އުންމަތުގެ ހަކަތައަކީ، ބުންވަރަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި މި ގައުމުގެ ހީވާގި ހިދުމަތްތެރީންނެވެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ބިދޭސީންނަށް ހައްގުތައް ހޯދައިދޭނަން: ރައީސް
މަސައްކަތްތެރިންގެ ދުވަހު ރައީސް ދެއްވީ އުންމީދުތަކެއް
މިއީ ބޭއިންސާފުތަކާ ދެކޮޅު އަޒުމް ކަނޑައެޅުމުގެ ދުވަސް
ގަވާއިދާ ހިލާފު 6،000 ބިދޭސީން ޑީޕޯޓްކޮށްފި
މަސައްކަތްތެރިންނާ މެދު އިސްލާމްދީން ދެކޭ ގޮތް
އެއްވެސް ތަނެއްގައި ބިދޭސީން ބޭނުމެއް ނޫން:އިހުސާން
ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލައިފި
އިންޑަސްޓްރިއަލް ރިލޭޝަން ބިލު ތަސްދީގު ކުރައްވައިފި
މަސައްކަތްތެރިންގެ ހައްގުތަކަށް ރައީސް އެދިވަޑައިގެންފި
މަސައްކަތްތެރިންގެ ރައްކާތެރިކަމާ ބެހޭ ގާނޫނެއް ހަދަނީ