Roadha Mihaaru

ރާއްޖޭގެ ތަފާތު ވާހަކަތައް؛ "ޓްރެވެލޫޝަން"ގެ ހަތަރު ވަނަ އެޑިޝަން ނެރެފި

ދުބާއީގައި މިހާރު ކުރިއަށް ގެންދާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ފެއާގައި މާކެޓިން އެންޑް ޕީއާރު ފާމް، "ދަ ޓްރެވަލް ގާއިޒް" ގެ ޓޫރިޒަމް މެގަޒިން "ޓްރެވެލޫޝަން"ގެ ހަތަރު ވަނަ އެޑިޝަން ނެރެފި އެވެ.

"ޓްރެވެލޫޝަން"ގެ ހަތަރު ވަނަ އެޑިޝަން ނެރެފި

ދުބާއީގައި މިހާރު ކުރިއަށް ގެންދާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ފެއާގައި މާކެޓިން އެންޑް ޕީއާރު ފާމް، "ދަ ޓްރެވަލް ގާއިޒް" ގެ ޓޫރިޒަމް މެގަޒިން "ޓްރެވެލޫޝަން"ގެ ހަތަރު ވަނަ އެޑިޝަން ނެރެފި އެވެ.

ހަތަރު ވަނަ އެޑިޝަނާ ހަމައަށް ކުރި ކާމިޔާބު ދަތުރުގެ ތެރެއިން، "ޓްރެވެލޫޝަން" މިހާރު ވަނީ އާދައިގެ މެގަޒިންއަކަށް ވުރެ މަތީ ދަރަޖައަކަށް އުފުލިފަ އެވެ.

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ފަރުދާގެ ފުރަގަހުގައި، އާންމުކޮށް ނުފެންނަ ވާހަކަތަކާއި، ހިތްވަރާއި، އެކި މީހުންގެ ހީވާގި މަސައްކަތްތައް ހިއްސާކުރުމުގެ ޕްލެޓްފޯމެއްގެ ދަރަޖަ ޓްރެވެލޫޝަނުން މިހާރު ވަނީ ހޯދައިފަ އެވެ.

ރާއްޖޭގެ ރަށްތަކުގެ ގުދުރަތީ ރީތިކަމުގެ ނަޒަރަކުން، މި ފަހަރުގެ އެޑިޝަން ހާއްސަކޮށްފައިވަނީ، ރާއްޖޭގެ ތަފާތުކަމުގެ މައްޗަށެވެ.

މިދިޔަ އެޑިޝަނެކޭ އެއްގޮތަށް، މި ފަހަރު ވެސް، މި މެގަޒިންގެ އެންމެ ބޮޑު ފޯކަސް އަކީ "ދަ ބެސްޓް" ސެގްމަންޓެވެ. މި ސެގްމަންޓަކީ ރާއްޖެ ޒިޔާރަތް ކުރަން ބޭނުންވާ ޓޫރިސްޓުންނަށް އެންމެ ފުރިހަމަ އަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ބޭނުންވާނެ ރިކޮމެންޑޭޝަންތައް ހިމެނޭ ސެގްމަންޓެކެވެ.

"ޓްރެވެލޫޝަން"ގެ ހަތަރު ވަނަ އެޑިޝަން ނެރުން. --

"ޓްރެވެލޫޝަން"ގެ ހަތަރު ވަނަ އެޑިޝަން ނެރުން. --

"ޓްރެވެލޫޝަން"ގެ މި އެޑިޝަންގެ ޓައިޓަލް ޕާޓްނަރަކީ، އުފެއްދުންތެރިކަމުގެ މިސާލެއް ގާއިމުކޮށްފައިވާ އޮގާ އާޓް ރިސޯޓެވެ. އަދި ގޯލްޑް ޕާޓްނަރުންގެ ތެރޭގައި ދަ ސްޓޭންޑަޑް، ހުރުވަޅި މޯލްޑިވްސް އާއި ސަމާ އައިލެންޑް މޯލްޑިވްސް ހިމެނެ އެވެ.

އޯގާ އާޓް ރިސޯޓުގެ ކޯ ފައުންޑަރު އަދި ބްރޭންޑް ޑިރެކްޓަރު ނަވައިލާ ނާޝިދު ވިދާޅުވީ، "ޓްރެވަލޫޝަން" މެގަޒިންގެ މި އެޑިޝަންގެ ޓައިޓަލް ޕާޓްނަރަކަށް ވުމަކީ އެ ރިސޯޓަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ރިސޯޓު އުފެއްދީ ރާއްޖޭގެ ވާހަކަތަކާއި ފަންނުތައް އަދި ސަގާފަތް ފާހަގަކުރުމަށް. އެހެންވީމާ ޓްރެވަލޫޝަން ފަދަ ރާއްޖޭގެ ހަގީގީ ރޫހު ގެނެސްދޭ ޕްލެޓްފޯމެއްގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް،" އޭނާ ވިދާޅުވި އެވެ.

"ޓްރެވެލޫޝަން"އިން ބުނީ ރާއްޖޭގެ ކަނޑުތަކާ ހާއްސަ ގުޅުމެއް އޮންނަ، ދޮށީގެ މަސްވެރިކަމުގައި ހުނަރުވެރި މުހައްމަދު އަލްމާސް އާ މި އެޑިޝަންގައި ކިޔުންތެރިންނާ ބައްދަލުވާނެ ކަމަށެވެ. މީގެއިތުރުން، ވެސް ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަގާފަތްތަކާއި ރާއްޖޭގެ ގުދުރަތީ ރީތިކަން ހިމެނޭ ޝައުގުވެރި ލިޔުންތައް ހިމެނިފައިވާނެ ކަމަށް ބުންޏެވެ.

"ދަ ޓްރެވަލް ގާއިޒް"ގެ މެނޭޖިން ޑިރެކްޓަރު ފްރާތު މުހައްމަދު ވިދާޅުވީ، މި އެޑިޝަންގައި ހިމަނާފައިވާ ލިޔުންތަކާއި ވާހަކަތައް ވަރަށް ހިތްގައިމު ކަމަށާއި، ރާއްޖޭގެ މިފަދަ ވާހަކަތައް ގެނެސްދިނުމަކީ މި މެގެޒިން ވުޖޫދު ކުރުމުގެ ހަގީގީ މަގްސަދު ކަމަށެވެ.