ދުނިޔޭގެ އެންމެ ބޮޑު ޓީ-ޓްވެންޓީ ކްރިކެޓް ލީގު ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ވާދަކުރާ މަޝްހޫރު މުމްބާއީ އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްރަނަކަށް ރާއްޖޭގެ "ވިޒިޓް މޯލްޑިވްސް" ހަމަޖެއްސުމަށް ކުރި މަސައްކަތް މަޑުޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
23 އެޕްރީލް 2025
ދުނިޔޭގެ އެންމެ ބޮޑު ޓީ-ޓްވެންޓީ ކްރިކެޓް ލީގު ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގައި ވާދަކުރާ މަޝްހޫރު މުމްބާއީ އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްރަނަކަށް ރާއްޖޭގެ "ވިޒިޓް މޯލްޑިވްސް" ހަމަޖެއްސުމަށް ކުރި މަސައްކަތް މަޑުޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގް ވިދާޅުވީ، މުމްބާއީ އިންޑިއަންސްއާ އެކު ރާއްޖެ އިޝްތިހާރުކުރަން މަސައްކަތްތަކެއް ރޭވި ނަމަވެސް، ފައިނޭންޝަލް ޓާމްސްތަކުގައި ހިޔާލު ތަފާތުވުންތަކެއް އުޅޭ ކަމަށެވެ.
"އަޅުގަނޑުމެން އެ ބޭފުޅުންނާ އެކު ވާހަކަ ދައްކާފައި އިތުރަށް ބައެއް ކަހަލަ ފައިނޭންޝަލް ޓާމްސްއަށް އެ ބޭފުޅުން ވެސް ނެގޯޝިއޭޓުކުރަން ބޭނުންވާތީ މިވަގުތު ކުޑަކޮށް މަޑުޖެހިފައިވަނީ. އެހެން ނަމަވެސް، އިންޑިއާގެ މަޝްހޫރު ފަރާތްތަކާ އެކު މަޑުނުޖެހި މަސައްކަތްތަކެއް ކުރަމުން [އަންނަނީ]،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ކްލަބާ އެކު އެއްބަސްވުމަކަށް ނާދެވުނަސް، ބޮލީވުޑް ސްޓާރުންނާއި އިންޑިއާގެ ދެކުނުގެ ހިސާބުތަކުގައި ވެސް ރާއްޖެ އިޝްތިހާރު ކުރުމަށް ހާއްސަ ހަރަކާތްތަކެއް ހިންގަން ނިންމާފައިވާ ކަމަށެވެ.
އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ގައުމެވެ. މިވަގުތު އެ ގައުމު ހަ ވަނައިގައި އޮތް ނަމަވެސް، 2023 ވަނަ އަހަރު އެ ގައުމަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. ނަމަވެސް، ވެރިކަން ބަދަލުވެ، ސިޔާސީ ގޮތުން ދެ ގައުމުގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން، އިންޑިއާގެ ސޯޝަލް މީޑިއާގައި ރާއްޖެއާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ފެށި އެވެ. އެއާ އެކު ރާއްޖެއަށް އިންޑިއާ އިން އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް މަދުވި އެވެ. އޭގެ ފަހުން، އަނެއްކާ ވެސް ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީން އިސްނަގައިގެން އަންނަނީ އެ ގައުމަށް ހާއްސަ ކެމްޕެއިންތަކެއް ހިންގަމުންނެވެ.
"މިހާތަނަށް 13 ރަށެއް ރިސޯޓް ހަދަން ދޫކޮށްފައިވޭ"
ޕާސްޕޯޓު މަނާކުރުމުން ޓޫރިޒަމަށް ގެއްލުމެއް ނެތް:ތޯރިގް
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބޮޑު ހަރަކާތެއް!
ކްރޫޒްލައިނާ އިން ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެއަށް
ޗައިނާގައި ރާއްޖެ އިޝްތިހާރުކުރަން ހާއްސަ ހަރަކާތެއް
ރޯޒްމަންޑް ތިންވަނަ ފަހަރަށް ރާއްޖެއަށް
ގްރީން ޓެކްސް އިން ލިބުނު އާމްދަނީ ދެގުނަ އިތުރު
ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އިނގިރޭސިވިލާތުން
ފުރަތަމަ ދެ މަހުގެ ޓީޖީއެސްޓީ 7.5 ޕަސެންޓު ދަށަށް
މެދުއިރުމަތީގެ އިންފްލުއެންސަރު ހާލިދު ރާއްޖޭގައި