މާލޭގައި ހިންގާ ފަސްތަރީގެ ފުރަތަމަ ހޮޓާ "ބާސެލޯ ނަސަންދުރާ" މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
28 އެޕްރީލް 2025
މާލޭގައި ހިންގާ ފަސްތަރީގެ ފުރަތަމަ ހޮޓާ "ބާސެލޯ ނަސަންދުރާ" މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
މިއީ މާލެ ސަރަހައްދުގައި ހުޅުވި މި ފެންވަރު ފުރަތަމަ އަދި އެންމެ ބޮޑު ހޮޓަލެވެ.
ބާސެލޯ ނަސަންދުރާ މާލެ ހޮޓަލުގެ ރެސްޓޯރެންޓެއް.-- ފޮޓޯ: ނަސަންދުރާ
ކުރީގެ ނަސަންދުރަ ޕެލެސް ހުރި ބިމުގައި "ބާސެލޯ ނަސަންދުރާ" ގެ ނަމުގައި ހެދި ފައިވް ސްޓާ ފެންވަރުގެ ހޮޓެލް ރަސްމީކޮށް މިއަދު ހުޅުވާފައިވާ ކަމަށް އެ ތަނުގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހެދި އެ ބޮޑު ހޮޓަލުގައި 126 ކޮޓަރި އާއި 118 ސާވިސް އެޕާޓްމަންޓް ހުރެ އެވެ. އެ އެޕާޓްމަންޓްތައް ދުވަހަށް ކުއްޔަށް ދޫކުރަން ވަނީ ނިންމައިފަ އެވެ.
ބާސެލޯ ނަސަންދުރާ މާލެ ހޮޓަލުގެ ކޮޓަރިއެއް.-- ފޮޓޯ: ނަސަންދުރާ
އެ ހޮޓަލުގައި ހަތަރު ރެސްޓޯރަންޓާއި ޖިމަކާއި ސްޕާއަކާއި 1،034 އަކަފޫޓުގެ ބޮޑު ކޮންފަރެންސް ސެންޓަރެއްގެ އިތުރުން ބޮޑު ސްވިމިން ޕޫލެއް ވެސް ހުރެ އެވެ.
"ބާސެލޯ ނަސަންދުރާ" ހިންގަނީ ސްޕެއިންގެ ހޮޓެލް ޗެއިނެއް ކަމަށްވާ ބާސެލޯއިންނެވެ. ޔޫއޭއީ އާއި ތައިލެންޑާއި ޔޫރަޕްގެ ގައުމުތަކުގައި ވެސް ހޮޓަލުގެ ވިޔަފާރި ހިންގާ ބާސެލޯ ގްރޫޕުން ރާއްޖޭގައި ހިންގާ މިއީ ދެވަނަ ތަނެވެ. އެ ގްރޫޕުން ހިންގާ ރިސޯޓެއް އދ. އަތޮޅުގައި އޮވެ އެވެ. އެއީ ބާސެލޯ ވޭލް ލެގޫން މޯލްޑިވްސް އެވެ.
ބާސެލޯ ނަސަންދުރާ މާލެ ހޮޓަލުގެ ސުވިމިން ޕޫލް.-- ފޮޓޯ: ނަސަންދުރާ
މި ހޮޓެލް ހަދަން ރާއްޖެ އާއި ސްރީ ލަންކާގެ ކުންފުންޏެއްގެ ހިއްސާ އޮންނަ އެންޕީއެޗަށް އެ ބިން ދިނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2015 ވަނަ އަހަރު އެވެ.
މާގިރި ހޮޓެލް މިމަހު ފަހުކޮޅު ހުޅުވަނީ
ކްރޫޒްލައިނާ އިން ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެއަށް
90 މިލިއަން ޑޮލަރުގެ ނަސަންދުރާ ހުޅުވަނީ
ގޮތެއް ނިންމައި ނަސަންދުރަ މަސައްކަތަށް ހުއްދަ ދީފި
"އިންޑިއާ ޓޫރިސްޓުންނަށް ވީތީ ތަފާތުކޮށްގެން ނުވާނެ"
"ލެޝާ އިންވެސްޓްމެންޓްތައް އެންމެ ރަނގަޅީ ރާއްޖޭގައި"
އަހަރެމެންނަށް މި ގޮތް! ސަރުކާރުތަކުގެ ލަދު ކޮބާ؟
މާލޭގެ ގެސްޓު ހައުސްތައް ނޮވެމްބަރަށް ހުޅުވޭތޯ ބަލަނީ
ފެލައިނީއާ ސީދާ ކޮންޓެކްޓްވި 20 މީހުން ދެނެގަނެފި
މާލޭގެ ދެ ގެއެއް ބަންދުކޮށް ޓެސްޓްކުރަން ފަށައިފި