Roadha Mihaaru

މާގިރި ހޮޓެލް މިމަހު ފަހުކޮޅު ހުޅުވަނީ

މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލްގެ ކުރިމަތީގައި ހަދާ "މާގިރި ހޮޓެލް" މި މަހު ފަހުކޮޅު ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

މާގިރި ހޮޓެލް މިމަހު ފަހުކޮޅު ހުޅުވަނީ
އަބްދުﷲ ޖަމީލު
އަބްދުﷲ ޖަމީލު

05 ޑިސެމްބަރ 2017

މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލްގެ ކުރިމަތީގައި ހަދާ "މާގިރި ހޮޓެލް" މި މަހު ފަހުކޮޅު ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

އެ ހޮޓެލް ތަރައްގީ ކުރާ ރިޖެންޓް މޯލްޑިވްސްގެ އެއް ހިއްސާދާރު މައްލާ އަހުމަދު ނާސިރު (ނާބެ) ވިދާޅުވީ 53 ކޮޓަރި ހިމެނޭ މަތީ ފެންވަރުގެ ހޮޓެލްގައި މިހާރު ކުރަމުން އަންނަނީ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މާލޭގައި މަތީ ފެންވަރުގެ ހިދުމަތްތަކެއް ލިބޭ ހޮޓަލެއް ތަރައްގީކުރަން. މި ތަނުގައި މާލޭގައި މި ވަގުތު ހިންގާ އެހެން ހޮޓާތަކާ އެއް ފެންވަރުގެ ހިދުމަތްތައް ލިބެން ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

މާގިރި ހޮޓެލް: މިތަން މިމަހު ފަހުކޮޅު ހުޅުވަން އަންނަނީ މަސައްކަތް ކުރަމުން. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

މާގިރި ހޮޓެލް: މިތަން މިމަހު ފަހުކޮޅު ހުޅުވަން އަންނަނީ މަސައްކަތް ކުރަމުން. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

މާލޭގައި އެންމެ ފުރަތަމަ ގެސްޓް ހައުސް ހިންގި ތަނުގައި ގާތްގަނޑަކަށް ހަ މިލިއަން ޑޮލަރު (92.5 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާ ހޮޓަލުގައި ރެސްޓޯރަންޓާއި ޖިމާއި އެ ނޫން ވެސް ވަސީލަތްތައް ހުންނާނެ ކަމަށް ރިޖެންޓް މޯލްޑިވްސް އިން ބުންޏެވެ.

"މިތަނުގެ ކޮޓަރިތަކުގެ އަގުތައް ވެސް ހުންނާނީ މާލޭގެ އެހެން ހޮޓެލްތަކާ ދާދި އެއް އަގެއްގައި،" ނާސިރު ވިދާޅުވި އެވެ.

މާލޭގައި މިހާރު ވެސް މަތީ ފެންވަރުގެ ހަ ހޮޓަލެއް ހިންގަ އެވެ.