ހިޖުރަކުރުމުގެ ތެރޭ 2014 އިން ފެށިގެން މަރުވި އަދި ގެއްލުނު އަދަދު 72،000 އަށް އަރާ ކަމަށް އދ. އިން އިއްޔެ ބުނެފި އެވެ.
ހިޖުރަކުރުމުގެ ތެރޭ 2014 އިން ފެށިގެން މަރުވި އަދި ގެއްލުނު އަދަދު 72،000 އަށް އަރާ ކަމަށް އދ. އިން އިއްޔެ ބުނެފި އެވެ.
އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރަކީ ހިޖުރަވެރިން އެންމެ ގިނައިން މަރުވި އަހަރެވެ. މިދިޔަ އަހަރު 8،938 މީހުން ވަނީ މަރުވެފަ އެވެ.
"މިއީ ބިރުވެރިކަމާއި ފުރުސަތު ނުލިބުމާއި އެހެނިހެން ޕްރެޝަރުތަކުގެ ސަބަބުން އަމިއްލަ ވަޒަނުގައި ރައްކާތެރި ނެތި ފުރާނަ ނުރައްކަލަށް ހުށަހެޅޭކަން ހަނދާންކޮށްދޭ ހިތާމަވެރި އަދަދުތަކެއް،" އައިއޯއެމްގެ ޗީފް އެމީ ޕޯޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.
އދ.ގެ އެޖެންސީން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ 2014 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔޭގައި ރެކޯޑް ކުރެވިފައިވާ ހިޖުރަވެރިންގެ މަރުތަކާއި ގެއްލިފައިވާ މީހުންނަސް ބަލާއިރު އޭގެ ތެރެއިން ގާތްގަނޑަކަށް ތިން ބައިކުޅަ އެއްބަޔަކީ ނާމާންކަމާއި ހަމަނުޖެހުންތަކާއި ކާރިސާތަކާއި އެހެނިހެން އިންސާނީ ކާރިސާތަކުން ސަލާމަތްވާން މަސައްކަތްކުރި މީހުން ކަމަށެވެ.
އައިއޯއެމްގެ "މިސިން މައިގްރަންޓްސް ރިޕޯޓް" ގައި ބުނެފައި ވަނީ ކޮންމެ ހަތަރު މީހަކުން އެކަކީ އިންސާނީ ކާރިސާގެ އަސަރު ކޮށްފައިވާ ގައުމުތަކަށް ނިސްބަތްވާ މީހުން ކަމަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަފްޣާނިސްތާނާއި ރޮހިންޖާ އަދި ސޫރިޔާގެ އެތައް ހާސް ބަޔަކު ހިޖުރަކުރުމުގެ ތެރޭގައި މަރުވެފައިވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ އދ.ގެ ކްރައިސިސް ރެސްޕޮންސް ޕްލޭން ނުވަތަ ހިއުމެނިޓޭރިއަން ރެސްޕޮންސް ޕްލޭނެއް އެކުލަވާލާފައިވާ 40 ގައުމުގެ ތެރެއިން އެއް ގައުމު ދޫކޮށް ދިއުމުގެ ތެރޭ 52،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.
ދޮގު ތުހުމަތުކުރާތީ ޒަކިއްޔާގެ ދަރިން ދައުވާކުރަނީ
މީހަކު މަރުވެފައި އޮއްވައި ފެނުނު އިތުރު މައްސަލައެއް
ތިން މަސް ތެރޭ މަންމަ އާއި ދެ ދަރިން މަރު!
ޒަކިއްޔާގެ މަރު ތަހުގީގުކުރަން ކޮމިޝަނެއް ހަދަން އެދެފި
ކޮންގޯގައި ބޯޓެއްގައި ރޯވެ 143 މީހުން މަރު
"ވެއްޓެންދާ އިރު އަތުގައި ހިފަން ހުންނަނީ ރިޝްދާން"
ފުވައްމުލަކުގައި ކުއްލި ގޮތަކަށް ޒުވާނަކު މަރުވެއްޖެ
ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީ ބަލައިނުގަންނަން: ކޮއްކޮ
ޗައިނާގައި އިމާރާތުން ވެއްޓުނު ގަބޮން ކުޅުންތެރިޔާ މަރު
ރަސްދޫގައި ފިހުނު ފިރިހެން މީހާ ވެސް މަރުވެެއްޖެ