ލ. އިސްދޫގެ އެއް އާއިލާއަކުން ކައިރި ކައިރީގައި ތިން މީހުން ނިޔާވެއްޖެ އެވެ.
28 އެޕްރީލް 2025
ލ. އިސްދޫގެ އެއް އާއިލާއަކުން ކައިރި ކައިރީގައި ތިން މީހުން ނިޔާވެއްޖެ އެވެ.
ކެންސަރު ބަލީގައި އުޅުމަށްފަހު އެ އާއިލާއިން އެންމެ ފުރަތަމަ ނިޔާވީ، ކުދިންގެ މަންމަ، ހައްވާ ޒާހިރާ އެވެ. އެތައް ދުވަހަކު ބަލިވެ އުޅުމަށް ފަހު އޭނާ ނިޔާވީ އުމުރުން 66 އަހަރުގައި، މިދިޔަ ޖެނުއަރީ 14 ގަ އެވެ.
އޭގެ ހަފުތާއެއް ފަހުން، ޖެނުއަރީ 21 ގައި ޒާހިރާގެ ދޮށީ ދަރިފުޅު އާމިނަތު ޝިބާނާ ނިޔާވި އެވެ. އޭނާ ނިޔާވި އިރު އުމުރަކީ 42 އަހަރެވެ. ތިން ކުދިންގެ މަންމައެއް ކަމަށް ޝިބާނާ ވެސް ނިޔާވީ ބަލިވެ އުޅުމަށް ފަހުގަ އެވެ.
އޭގެ ދެ ތިން މަސް ދުވަސް ފަހުން، އެ އާއިލާގެ އެންމެ ހަގު މެންބަރު އިބްރާހިމް ހަސީބު ނިޔާވެފައި އޮއްވައި ފެނުނީ މި މަހުގެ 12 ވަނަ ދުވަހު މާފަންނު ގެސްޓު ހައުސްއެއްގެ ކޮޓަރިންނެވެ. އުމުރުން 28 އަހަރުގައި ނިޔާވި ހަސީބުގެ މަރާ ގުޅިގެން ސުވާލުތަކެއް ހުރުމުން ފުލުހުން ވަނީ އެކަން ތަހުގީގުކުރުމަށް ހަށިގަނޑުގެ އޮޓޮޕްސީ ހަދައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އދ. ދަނގެތި، ހަވީރީ މަންޒިލް، ހަސީބުގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު ރާއްޖެ ގެނެސް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު ވަނީ އޭނާ ވަޅުލައިފަ އެވެ.
އިސްދޫ ކައުންސިލުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ ޒާހިރާގެ އާއިލާ ފުރަތަމަ އުޅުނީ އެ ރަށުގައި ކަމަށް ވިޔަސް ފަހުން ދަނގެތިން ގޯތި ލިބިގެން އާއިލާ އެއްކޮށް އެ ރަށަށް ބަދަލުވި ކަމަށެވެ. އެހެންވެ އެ އާއިލާގެ ބައެއް މީހުންގެ ރަޖިސްޓްރީ ދަނގެތީގައި އަދި އަނެއް ބަޔަކު އިސްދޫގައި އޮވެ އެވެ. ނަމަވެސް، ދަނގެތީގައި ދިރިއުޅުމަށް ފަހު އާއިލާ މާލެ ބަދަލުވިތާ ވެސް އަހަރުތަކެއް ވެއްޖެ ކަމަށް ކައުންސިލުން ބުންޏެވެ.
ލޯންޗުން ޖެހި މަރުވި މީހާ އޮތީ ދެބުރިވެފައި!
ލޯންޗު ދުއްވި މީހާ ހައްޔަރު ކޮށްފި
ގައިމަތިން ލޯންޗެއް ގޮސް މީހަކު މަރުވެއްޖެ
ކޮވިޑްގައި ދަނގެތިން މީހަކު ނިޔާވެއްޖެ
މަހުމޫދު މަރާލާފައި ވަނީ ގައިގެ އެކި ތަންތަނަށް ވަޅި ހަރާފައި
ދޮގު ތުހުމަތުކުރާތީ ޒަކިއްޔާގެ ދަރިން ދައުވާކުރަނީ
2014 އިން ފެށިގެން ހިޖުރަވެރިންގެ 72،000 މަރު
މީހަކު މަރުވެފައި އޮއްވައި ފެނުނު އިތުރު މައްސަލައެއް
ޒަކިއްޔާގެ މަރު ތަހުގީގުކުރަން ކޮމިޝަނެއް ހަދަން އެދެފި
ކޮންގޯގައި ބޯޓެއްގައި ރޯވެ 143 މީހުން މަރު