ރަސްމީ ހުއްދައަކާ ނުލައި ހައްޖުގެ އަޅުކަން އަދާކުރުމަކީ ފާފަވެރި އަމަލެއް ކަމަށް ސައޫދީ އަރަބިއްޔާގެ އިސް އިލްމުވެރިންގެ މަޖިލީސް، ހައިއަތު ކިބާރުލް އުލަމާއު، އިން ބުނެފި އެވެ.
ރަސްމީ ހުއްދައަކާ ނުލައި ހައްޖުގެ އަޅުކަން އަދާކުރުމަކީ ފާފަވެރި އަމަލެއް ކަމަށް ސައޫދީ އަރަބިއްޔާގެ އިސް އިލްމުވެރިންގެ މަޖިލީސް، ހައިއަތު ކިބާރުލް އުލަމާއު، އިން ބުނެފި އެވެ.
ހައްޖުގެ އަޅުކަން އަދާކުރަން ބޭނުންވާ މީހުންނަށް ސައޫދީ ސަރުކާރުން ހާއްސަ ވިސާ އާއި ހުއްދަތައް ދޫކުރި ނަމަވެސް އެ އުސޫލުގެ ބޭރުން ކޮންމެ އަހަރަކު ވެސް އެތައް ލައްކަ ބަޔަކު ހައްޖުގެ އަޅުކަން އަދާކުރަން ދެ އެވެ. އަދި އެކަން ހުއްޓުވަން ސައޫދީން މިފަހަރު ވަނީ ފިޔަވަޅުތައް އިތުރަށް ހަރުކަށި ވެސް ކޮށްފަ އެވެ.
ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ފަހުދު އަލް މަޖީދު ވިދާޅުވީ މި ފަތުވާ ބިނާވެފައި ވަނީ ޝަރީއާއިން ސާބިތުވާ ކަންކަމާއި އުސޫލުތަކުގެ މައްޗަށް ކަމަށާއި އަދި ހާއްސަކޮށް ދީނީ ވާޖިބުތަކާއި އަޅުކަން އަދާކުރުމުގެ ބުރަ ނައްތާލުމުގެ މައްޗަށް ކަމަށެވެ.
އޭނާ ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ހުއްދަ ނަގަންޖެހޭ ގޮތަށް ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް އެކަން ކުރުމަކީ ވާޖިބެއް ކަމަށެވެ.
ފަހުދު ވިދާޅުވީ ހުއްދަތައް ނަގައިގެން ހައްޖުގެ އަޅުކަމުގައި ބައިވެރިވާ ގޮތަށް ހަމަޖައްސާފައި އޮންނަނީ ގިނަ އަދަދެއްގެ ހައްޖާޖީން ރެގިއުލޭޓްކޮށް، އިސްލާމީ ޝަރީއަތުގައި އިސްކަންދޭ ރައްކާތެރިކަމާއި ސުލްހަވެރިކަމުގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސަން ކަމަށެވެ.
ޝައިޚް ވިދާޅުވި ގޮތުގައި ސަރުކާރުން ސިއްހީ ހިދުމަތްތަކާއި ހޮޓާތަކާއި ދަތުރުފަތުރާއި އެހެން ހުރިހާ ކަމެއް ވެސް އިންތިޒާމްކުރަނީ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ދޫކޮށްފައިވާ ހުއްދައިގެ އަދަދަށް ބަލައިގެން ވަކި ތަރުތީބަކުން ކަމަށެވެ. އެހެންވެ މި ނިޒާމުގެ ތެރެއިން ކަންކަން ކުރުމަކީ އާންމު މަސްލަހަތަށްޓަކައި އެކަން ކުރަންޖެހޭ ގޮތް ކަމަށް ވިދާޅުވި އެވެ.
ހައްޖުގެ އަޅުކަން އޮމާންކަމާ އެކު ކުރިއަށް ގެންދެވޭނީ ހުއްދަ ދީފައިވާ އަދަދަށް ތަބާވެގެން ކަމަށާއި މި ކަންކަމަށް އަމަލުކުރުމަކީ ވެރިންނަށް ކިޔަވަމުންވުމަށް އަންގަވާފައިވާ އެންގުމަށް ތަބާވުމުގެ ތެރެއިންވާ ކަމެއްގެ ގޮތުގައި ވެސް އޭނާ ވިދާޅުވި އެވެ.
ސައޫދީ ސަރުކާރުން މިފަހަރު ވަނީ ހުއްދަ ނުނަގައި އެންމެ ގިނައިން ހައްޖަށްދާ މީހުން ނިސްބަތްވާ ގައުމުތަކަށް ވިސާގެ އުސޫލުތައް ހަރުކަށިކޮށްފަ އެވެ. އަދި ހުއްދަ ނެތް މީހުން ސައޫދީގައި ތިބުމުގެ އެކި އިންތިޒާމްތައް ހަމަޖައްސައި ކަންކަން ފަހިކޮށްދޭ މީހުން 100،000 ރިޔާޟް އާ ހަމަޔަށް ޖޫރިމަނާކުރާނެ ކަމަށް ވެސް އިންޒާރު ދީފައިވެ އެވެ.
ހޫނު މޫސުމުގެ ހައްޖެއް އޮންނާނީ 16 އަހަރު ފަހުން
މިދިޔައަހަރު 18.5 މިލިއަން މީހުން ހައްޖާއި އުމްރާވި
މިފަހަރު ކުޑަކުދިން ހައްޖަށް ގެންދިއުން މަނާ
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި
ހައްޖުގެ އަޅުކަމުގެތެރޭ 1301 މީހަކު މަރުވި: ސައޫދީ
ހައްޖަށް ދިޔަ ހާހަކަށްވުރެ ގިނަ މީހުން މަރުވި
ހައްޖުގެ އަޅުކަމުގެ ތެރޭ 900 އަށް ވުރެ ގިނަ މަރު
މައްކާގެ ހޫނުމިން 51 ޑިގްރީ ސެލްސިއަސް އިން މައްޗަށް
ގަދަ ހޫނުގެ ސަބަބުން ހައްޖާޖީންގެ ބަޔަކު މަރުވެއްޖެ