އުރުދުން އާއި އީރާންގެ ހައްޖާޖީންގެ ތެރެއިން 19 މީހަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ބަޔަކު މަރުވީ ގަދަ ހޫނުގެ ސަބަބުން ކުރިމަތިވި މައްސަލަތަކުގެ ސަބަބުން ކަމަށް އެ ގައުމުތަކުން އިއްޔެ ބުނެފި އެވެ.
އުރުދުން އާއި އީރާންގެ ހައްޖާޖީންގެ ތެރެއިން 19 މީހަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ބަޔަކު މަރުވީ ގަދަ ހޫނުގެ ސަބަބުން ކުރިމަތިވި މައްސަލަތަކުގެ ސަބަބުން ކަމަށް އެ ގައުމުތަކުން އިއްޔެ ބުނެފި އެވެ.
މި އަހަރު ދެ މިލިއަނެއްހާ މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވަމުން ދާއިރު ސައޫދީ އަރަބިއްޔާއިން ކުރިން ވެސް ވަނީ އާންމުކޮށް ހޫނު ގަދަވާ ވަރަށްވުރެ މި އަހަރު ހައްޖު މޫސުމާ ދިމާކޮށް ހޫނު ގަދަވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިވާން އިލްތިމާސްކޮށްފަ އެވެ.
"އުރުދުންގެ ސާދަ ހައްޖާޖީއަކު މަރުވެފައި ވާއިރު އިތުރު 17 މީހަކު ވަނީ ގެއްލިފައި،" އުރުދުންގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ބަޔާނުގެ ފަހުން އެ މިނިސްޓްރީން ބުނި ގޮތުގައި 14 މީހަކު މަރުވީ ގަދަ ހޫނުގެ ސަބަބުންނެވެ.
ހައްޖުވެރިން އަރަފާތަށް އިއްޔެ ޖަމާވި އިރު ހޫނުން ސަލާމަތްވާން ކުޑަ ނަގައިގެން. -- ފޮޓޯ: އޭއެފްޕީ
އީރާންގެ ރެޑް ކްރެސެންޓުން ބުނީ މައްކާ އާއި މަދީނާގައި މި އަހަރުގެ މިހާތަނަށް އީރާންގެ ފަސް މީހަކު މަރުވެފައިވާ ކަމަށެވެ. އެކަމަކު ސަބަބު ހާމައެއް ނުކުރެ އެވެ.
މިކަމާ ގުޅޭ ގޮތުން ސައޫދީން އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
މި ދުވަސްވަރު ސައޫދީގައި ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް ވުރެ ވެސް މައްޗަށް ދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެހެންވެ ހޫނުން ރައްކާތެރިވުމަށް އެކި ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ.
މިދިޔަ އަހަރު ވެސް ހޫނު ގަދަވުމުގެ ސަބަބުން 240 މީހަކު ހައްޖުގެ އަަޅުކަމުގެ ތެރޭގައި މަރުވި އެވެ. އޭގެ ތެރޭގައި ގިނައީ އިންޑޮނީޝިއާ މީހުންނެވެ. މިދިޔަ އަހަރު ހޫނުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވި ހައްޖާޖީންގެ އަދަދު 10،000 އަށް އަރާއިރު އޭގެ ތެރެއިން 10 ޕަސެންޓް މީހުންނަކީ ހީޓް ސްޓްރޯކް ޖެހުނު މީހުންނެވެ. -- އޭއެފްޕީ
ހައްޖާއި ހޫނު މޫސުން ދެން ދިމާވާނީ 25 އަހަރު ފަހުން
ހައްޖު ދުވަހު ހައްޖާޖީން ޓެންޓުތަކުގައި ތިބެން އެދެފި
ހޫނު މޫސުމުގެ ހައްޖެއް އޮންނާނީ 16 އަހަރު ފަހުން
މައްކާގެ ހޫނުމިން 51 ޑިގްރީ ސެލްސިއަސް އިން މައްޗަށް
ހައްޖުގެ އަޅުކަމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި
ރައީސް، ސައުދީގެ ވަލީ އަހުދާ ބައްދަލުކުރައްވައިފި
171 ގައުމަކުން 1.6 މިލިއަން މީހުން ހައްޖުވި
ސައޫދީގެ ރަސްގެފާނަށް ރައީސް މުއިއްޒުގެ ހާއްސަ ޝުކުރު
ފަލަސްތީނަށް ނަސްރު ދެއްވުން އެދި އަރަފާތުގައި ދުއާއެއް
ހައްޖާޖީންގެ ރައްކަލަށް އޭއައި، ޑްރޯން، ހާހުން ކެމެރާ