ޕެރިސް (އޭޕްރީލް 26) - އަމިއްލަ ދަނޑުގައި ރޭ ނީސް ދެކޮޅަށް ކުޅުނު މެޗުން، 3-1 އިން ބަލިވެ، ޕީއެސްޖީ މެޗަކުން ބަލި ނުވެ ފްރާންސް ލީގު ނިންމާލަން ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެ އެވެ.
ޕެރިސް (އޭޕްރީލް 26) - އަމިއްލަ ދަނޑުގައި ރޭ ނީސް ދެކޮޅަށް ކުޅުނު މެޗުން، 3-1 އިން ބަލިވެ، ޕީއެސްޖީ މެޗަކުން ބަލި ނުވެ ފްރާންސް ލީގު ނިންމާލަން ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެ އެވެ.
މި މަހުގެ ކުރީކޮޅު ލީގުގެ ޗެމްޕިއަންކަން ޔަގީން ކޮށްފައިވާ ޕީއެސްޖީ ވަނީ މި މެޗުގެ ކުރިން ލީގުގައި ބަލި ނުވެ 30 މެޗު ހަމަކޮށްފަ އެވެ. މެޗަކުން ބަލި ނުވެ އެއްވެސް ޓީމެއް މިހާތަނަށް ފްރެންޗް ލީގު ނިންމާލައިފައެއް ނުވެ އެވެ. އެކަން ހާސިލް ކުރަން ޕީއެސްޖީ ކުރި މަސައްކަތް ނާކާމިޔާބުވެފައި މި ވަނީ ލީގުގައި ބާކީ ތިން މެޗަށް ވެފައި ވަނިކޮށެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ނީސްގެ މޯގަން ސަންސޮން ލަނޑެއް ޖަހައިފައި ވަނިކޮށް ފަބިއަން ރުއިޒް ވަނީ އުސްމާން ޑެމްބެލޭގެ ޕާހަކުން ޕީއެސްޖީ އަށް ހާފް ނިމުމުގެ ކުރިން އެއްވަރު ކޮށްދީފަ އެވެ. ނީސް އަށް ލީޑު ނަގައިދިން ސަންސޮން ވަނީ ދެ ވަނަ ހާފުގެ ފުރަތަމަ މިނިޓުގައި އިތުރު ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިދީފަ އެވެ. ތިން ވަނަ ލަނޑު ޖެހީ ޔޫސުފް އެންޑޭޔިޝިމިޔޭ އެވެ.
މި މެޗުގައި ލަނޑު ޖަހަން ޕީއެސްޖީން 30 އަށް ވުރެ ގިނަ ހަމަލާ ފޮނުވާލައިފައި ވާއިރު ނީސް މޮޅުވީ ފޮނުވާލި ހަތް ހަމަލާގެ ތެރެއިން 3 ގޯލަށް ވައްދާލައިގެންނެވެ.
"އަހަރެމެން ބައިވަރު ގޮތްގޮތަށް އެޓޭކް ކުރަން މަސައްކަތް ކުރިން. އެކަމަކު އެމީހުން ވަނީ ވަރަށް މޮޅަށް ޑިފެންސް ކޮށްފަ،" ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުންޏެވެ.
"އަހަރެމެން ބޭނުން އަންނަ ހަފުތާހައޮ އާސެނަލްއާ [ޗެމްޕިއަންސް ލީގު ސެމީގައި] ދެކޮޅަށް ވެސް މިކަހަލަ ގޭމެއް ކުޅެން ލަނޑު ޖަހަން 30 ފުރުސަތު ލިބިގެން. އެކަމަކު ނީސް އަށް ތައުރީފް ހައްގު."
ޕީއެސްޖީ އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 31 މެޗުގެ ތެރެއިން 24 މެޗު ކާމިޔާބުކޮށް ޖުމްލަ 78 ޕޮއިންޓް ހޯދައިފަ އެވެ.
މި ނަތީޖާއަކީ، ފްރެންޗް ލީގުގެ ގަދަ ތިނެއްގައި ހިމެނިގެން ޗެމްޕިއަންސް ލީގު ޖާގައެއް ހޯދަން މަސައްކަތް ކުރާ ނީސް އަށް މުހިއްމު ނަތީޖާއެކެވެ. އެޓީމަށް ވެސް ބާކީ ތިން މެޗު އޮތް އިރު، މިވަގުތު އޮތީ 54 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް މޮނާކޯއާ ޕޮއިންޓްގެ ގޮތުން އެއްވަރު ވެފަ އެވެ. ދެ ވަނައިގައި އޮތް މާސޭ އަށް ވަނީ 55 ޕޮއިންޓް ލިބިފަ އެވެ.
މިލާނުގެ އަވޭ ރެކޯޑް ޕީއެސްޖީން މުގުރާލައިފި
ޕީއެސްޖީ، ފްރާންސް ލީގުގައި ރެކޯޑަކާ ދިމާލަށް
ހަ މެޗު ބާކީ އޮއްވާ ޕީއެސްޖީ ލީގު ކާމިޔާބުކޮށްފި
މޮނާކޯ ފޯވާޑްގެ ބޫޓު ގޮސް އެރީ ޑޮނަރުއްމާގެ މޫނަށް
13 އަހަރުތެރޭ 10ވަނަ ފަހަރަށް ޕީއެސްޖީއަށް ލީގު
އެމްބާޕޭގެ އުފަންދުވަހު ކޮއްކޮ ދަނޑަށް!
ލިޔޯންގެ ބަހަށް ގާއުކައި ކޯޗު ޒަހަމްކޮށްލައިފި
އެމްބާޕޭގެ ގޯލުތަކާ އެކު ވެސް ޕީއެސްޖީ ބަލިވެއްޖެ
ޕީއެސްޖީ އަށް ސީޒަނުގައި ފުރަތަމަ މޮޅު
ތަށި ހޯދިޔަސް ޕީއެސްޖީން ގަލްޓިއޭ އަށް ޖާގައެއް ނެތް