Roadha Mihaaru

ބީއެމްއެލްގެ މުވައްޒަފުންގެ އަގުވަޒަންކޮށްފި

ބީއެމްއެލްގެ މިދިޔަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ އެވޯޑު ހަފުލާ ރޭ ބާއްވައިފި އެވެ.

ބީއެމްއެލްގެ މުވައްޒަފުންގެ އަގުވަޒަންކޮށްފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

26 އެޕްރީލް 2025

ބީއެމްއެލްގެ މިދިޔަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ އެވޯޑު ހަފުލާ ރޭ ބާއްވައިފި އެވެ.

ކްރޮސްރޯޑްސްގައި ބޭއްވި އެ ހަފުލާގައި އެންމެ ރަނގަޅު މުވައްޒަފުންނާއި ޓީމުތަކަށް އެވޯޑު ދިނެވެ.

ރާއްޖޭގައި އެންމެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ އަދި ކަސްޓަމަރުން އެންމެ ގިނަ ބޭންކު، ބީއެމްއެލް އިން ކޮންމެ އަހަރަކު ވެސް ދޭ އެންމެ ޝަރަފުވެރި އެވޯޑު "އެމްޕްލޯއީ އޮފް ދަ އިޔާ" ގެ އެވޯޑު މި ފަހަރު ލިބުނީ ޑިރެކްޓާ އޮފް ފައިނޭންޝަލް ޓްރާންސެކްޝަންސް، ޚުޒާޢަތު އަލީ އަށެވެ. "ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓްސް" އެވޯޑު ލިބުނީ ހެޑް އޮފް ކަސްޓަމާ އެންގޭޖްމަންޓް ހުސައިން ރަޝީދާއި ހެޑް އޮފް ޕްރިމިއަމް ބޭންކިން އަބްދުﷲ ސޮބާހު އަށެވެ. "ލީޑާޝިޕް އެކްސެލެންސް އެވޯޑު" ލިބުނީ އިންޗާޖު އޮފް ޑިޖިޓަލް ޓެކްނޮލަޖީ ޑިވިޝަންގެ މުހައްމަދު ސާވީއަށެވެ.

ބީއެމްއެލްގެ "ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓްސް" އެވޯޑު ހެޑް އޮފް ޕްރިމިއަމް ބޭންކިން އަބްދުﷲ ސޮބާހު (ވ) އަށް ރޭ ދެއްވަނީ.---ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ "ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓްސް" އެވޯޑު ހެޑް އޮފް ޕްރިމިއަމް ބޭންކިން އަބްދުﷲ ސޮބާހު (ވ) އަށް ރޭ ދެއްވަނީ.---ފޮޓޯ: ބީއެމްއެލް

މިދިޔަ އަހަރު އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތައް ކުރި މުވައްޒަފުންނާއި ޓީމުތަކަށް ބެސްޓް ޑިވިޝަނަލް އެމްޕްލޯއީ، އިމާޖިން ޓެލެންޓް، ކަސްޓަމާ ސާވިސް އެކްސެލެންސް، އައުޓްސްޓޭންޑިން ޓީމް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަލިސްޓު ކެޓަގަރީ އިން ރޭ އެވޯޑު ދިނެވެ.

ބީއެމްއެލްގެ "ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓްސް" އެވޯޑު ހެޑް އޮފް ކަސްޓަމާ އެންގޭޖްމަންޓްސް ހުސައިން ރަޝީދު (ވ) އަށް ރޭ ދެއްވަނީ.---ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ "ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓްސް" އެވޯޑު ހެޑް އޮފް ކަސްޓަމާ އެންގޭޖްމަންޓްސް ހުސައިން ރަޝީދު (ވ) އަށް ރޭ ދެއްވަނީ.---ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ރޭގެ ހަފުލާގައި ފާހަގަކުރެއްވި ގޮތުގައި އެ ބޭންކުގެ ކާމިޔާބީތަކުގެ ފަހަތުގައި ތިބީ މުވައްޒަފުންނެވެ. މިދިޔަ އަހަރު އެ މުވައްޒަފުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

ރޭގެ ހަފުލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވާހަކަ ދައްކަވަނީ.---ބީއެމްއެލް

ރޭގެ ހަފުލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވާހަކަ ދައްކަވަނީ.---ބީއެމްއެލް

"ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގުރާމުތަކާއި ފްލެކްސިބަލް މަސައްކަތުގެ އިންތިޒާމުތަކާއި މުވައްޒަފުންގެ އެކި ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ތަފާތު ޕްރޮގުރާމުތައް އަޅުގަނޑުމެން ވާނީ ތައާރަފުކޮށްފައި. މި ބަދަލުތަކުން ދައްކައި ދެނީ ރަނގަޅު މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށް އަޅުގަނޑުމެންދޭ އަހައްމިއްޔަތު،" ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލްއިން ކޮންމެ އަހަރަކު ވެސް އެ ބޭންކުންގެ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އަހަރީ އެވޯޑު ހަފުލާއެއް ބާއްވަ އެވެ.