Roadha Mihaaru

އެކައުންޓުތަކުން ފައިސާ މަދުކޮށް ފެނުނު މައްސަލަ ހައްލުކޮށްފި

ބީއެމްއެލްގެ ބައެއް އެކައުންޓުތަކުން ހަދާފައިވާ ބައެއް ޓްރާންސެކްޝަންތައް ތަކުރާރުވެ، ޕެންޑިން ޓްރާންސެކްޝަންތަކުގެ ގޮތުގައި ހިމެނުމުން އެކައުންޓުން ފައިސާ މަދުވި މައްސަލަތައް މިހާރު ހައްލު ކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ފައިސާ މަދުކޮށް ފެނުނު މައްސަލަ ހައްލުކޮށްފި

ބީއެމްއެލްގެ ބައެއް އެކައުންޓުތަކުން ހަދާފައިވާ ބައެއް ޓްރާންސެކްޝަންތައް ތަކުރާރުވެ، ޕެންޑިން ޓްރާންސެކްޝަންތަކުގެ ގޮތުގައި ހިމެނުމުން އެކައުންޓުން ފައިސާ މަދުވި މައްސަލަތައް މިހާރު ހައްލު ކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

މިދިޔަ ދެ ދުވަހު، ބައެއް އެކައުންޓުތަކުން ކުރިން ކަނޑާފައި ހުރި ފައިސާގެ މުއާމަލާތްތަކުގެ އަދަދުތައް ދެވަނަ ފަހަރަށް ޕެންޑިން ޓްރާންސެކްޝަންތަކުގެ ގޮތުގައި ފެންނަން ހުރުމުން ބީއެމްއެލްގެ ގިނަ ކަސްޓަމަރުން ވަނީ ސޯޝަލް މީޑިއާގައި އޭގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތަށް އެއް މުއާމަލާތްތަކަށް ވުރެ ގިނަ މުއާމަލާތްތަކެއްގެ ޓްރާންސެކްޝަންތައް ޕެންޑިން އަށް ގޮސް، ބައެއް އެކައުންޓްތަކުގެ ޖުމްލަ އަދަދު މަދުވެފައިވާ ކަމުގެ ޝަކުވާ ވެސް ގިނަ ބަޔަކު ކުރި އެވެ.

މި މައްސަލަތަކާ ގުޅިގެން އެކްސްގައި މީހަކު ފާޅުކުރި ހިޔާލަކަށް ބޭންކުން ބުނީ ޕްރޮސެސް ކުރި ބައެއް މުއާމަލާތްތައް ޕެންޑިން އަށް ގޮސްފައިވާ ކަމަށާއި އެހެންވެ، އެކައުންޓުގެ ބެލެންސް އަދަދު ބަދަލުވި ކަމަށެވެ. އެކަމަކު، އެހެން ދިމާވި ގޮތް ބަލައި މައްސަލަ ހައްލު ކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ރަސްމީ ކޮމެންޓެއް މިހާތަނަށް ނުލިބެ އެވެ.