ޔޫއެފާ ޗެންޕިއަންސް ލީގުގައި ޓީމުތަކާ އެކު މެޗު ފަށަން ދަނޑަށް އަރާ ކުދިންގެ ތެރޭގައި، ދަނޑަށް އެރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލްއިން ފަށައިފި އެވެ.
09 މާޗް 2025
ޔޫއެފާ ޗެންޕިއަންސް ލީގުގައި ޓީމުތަކާ އެކު މެޗު ފަށަން ދަނޑަށް އަރާ ކުދިންގެ ތެރޭގައި، ދަނޑަށް އެރުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލްއިން ފަށައިފި އެވެ.
މިފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް އޮންނާނީ ޖަރުމަންގެ މިއުނިކްގައެވެ.
މި ޕްރޮމޯޝަނުގައި ބީއެމްއެލްގެ މާސްޓާކާޑާއި ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ބޭރުގެ މުއާމަލާތްތައް ކޮށްގެން ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ މީހަކަށް ކުޑަކުއްޖަކާ އެކު ހުރިހާ ހަރަދުތަކެއް ހިމެނޭ ގޮތަށް ލަންޑަންގައި 4 ދުވަހަށް ހުރުމުގެ ފުރުސަތު ލިބޭނެ އެވެ. އޭގެތެރޭގައި ލަންޑަން ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން، ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް، ޕްލޭޔަރު މެސްކޮޓް(ދަތުރުގައި ބައިވެރިވާ ކުއްޖާއަށް ފައިނަލް މެޗު ފަށަން ދަނޑަށް އަރާ ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ފުރުސަތު)، ޕޮކެޓް މަނީގެ އިތުރުން ވެލްކަމް ގިފްޓެއް ލިބޭނެ އެވެ.
މި ޕްރޮމޯޝަންގައި މާސްޓާކާޑު ޕްލޭޔަރު މެސްކޮޓް އެކްސްޕީރިއަންސްގެ ދަށުން ފުޓްބޯޅައަށް ލޯބިކުރާ ކުދިންނަށް ޔޫއެފާ ފައިނަލް މެޗް ބަލާލެވި، ދުނިޔޭގެ އެންމެ މޮޅު ބައެއް ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ރަނުގެ ފުރުސަތެއް ލިބިގެންދެ އެވެ.
މާސްޓާކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެލްއަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.
ބީއެމްއެލްއިން މި ޕްރޮމޯޝަނުގައި މިދިޔަ އަހަރު ކުޑަކުއްޖަކާ ބޮޑު މީހަކަށް ވަނީ ޔޫއެފާ ޗެންޕިއަންސް ލީގުގައި ޓީމުތަކާ އެކު މެޗު ފަށަން ދަނޑަށް އެރުމުގެ ފުރުސަތު ދީފަ އެވެ.
ބީއެމްއެލް: މަތީ ފަންތީގެ ބޭންކުތަކާ އެއްހަމައެއްގައި
ހއ. އާއި ދ.ގެ އޭޓީއެމުން 25 މިލިއަން ޖަމާކުރި
ބީއެމްއެލް އިސްލާމިކްއަށް 2.4 ބިލިއަންގެ ޑިޕޮސިޓް
ފައިސާ މަދުކޮށް ފެނުނު މައްސަލަ ހައްލުކޮށްފި
ބީއެމްއެލް އިސްލާމިކް އިން 10 ރަށެއްގައި އީދު ސައި
ހއ. އަތޮޅުގެ ހުރިހާ ރަށަކަށް ބީއެމްއެލްގެ އޭޓީއެމް
ބީއެމްއެލް އިސްލާމިކްގެ އެހީ މަމްސް އެއިޑަށް
ބީއެމްއެލް އެޕާއި ޕޯޓަލްއިން ފިތުރު ޒަކާތް ދެއްކޭނެ
ބީއެމްއެލް "ރަން ފުރުސަތު" އިތުރު ތިން ފިހާރައެއްގައި
ސިކުންތުކޮޅެއްގެ ތެރޭގައި ބީއެމްއެލްގެ ކޮންމެ ހިދުމަތެއް