އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެންމެ ފަހުން ސްރީ ލަންކާއަށް ވަޑައިގަތް އިރު އެ ގައުމާ އެކު ސޮއިކުރި، ދިފާއީ ކަންކަމުގައި އެއްބާރުލުން ދިނުމާ ބެހޭ އެމްއޯޔޫގެ މައުލޫމާތު ހާމަކުރެވޭނީ އިންޑިއާގެ ރުހުން އެކަމަށް ލިބިގެން ކަމަށް ލަންކާގެ ކެބިނެޓް ތަރުޖަމާނު ނަލިންދަ ޖަޔަޓީސާ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެންމެ ފަހުން ސްރީ ލަންކާއަށް ވަޑައިގަތް އިރު އެ ގައުމާ އެކު ސޮއިކުރި، ދިފާއީ ކަންކަމުގައި އެއްބާރުލުން ދިނުމާ ބެހޭ އެމްއޯޔޫގެ މައުލޫމާތު ހާމަކުރެވޭނީ އިންޑިއާގެ ރުހުން އެކަމަށް ލިބިގެން ކަމަށް ލަންކާގެ ކެބިނެޓް ތަރުޖަމާނު ނަލިންދަ ޖަޔަޓީސާ ވިދާޅުވެއްޖެ އެވެ.
ޑިފެންސް ކޯޕަރޭޝަން އެމްއޯޔޫއެއްގައި ސްރީ ލަންކާ އިން އިންޑިއާއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރި ނަމަވެސް ލަންކާފެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަގެ ސަރުކާރުން މި އެއްބަސްވުމުގައިވާ ކަންކަން އަދި ހާމައެއް ނުކުރެ އެވެ.
މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ޗައިނާގެ ރިސާޗް އުޅަނދުތައް ލަންކާގައި ބަނދަރުކުރުމަކީ އިންޑިއާގެ ސަލާމަތަށް ނުރައްކާވެދާނެ އަދި އެ ގައުމުގެ މަސްލަހަތު ހިމެނޭ ކަމެއްގެ ގޮތުގައި ބުނެ އެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
"ބައެއް ކަންކަމާ ގުޅޭ ގޮތުން، މައުލޫމާތު ހާމަކުރުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އަންނަންޖެހޭ،" ކެބިނެޓްގެ އެންމެ ފަހު މީޑިއާ ބްރީފިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކެބިނެޓްގެ ތަރުޖަމާނު ޖަޔަތިސާ ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވީ އެއްބަސްވުމުގެ ދަށުން، ޗައިނާގެ ރިސާޗް އުޅަނދުތައް ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދަށް އައުން މަނާކޮށްފައިވޭތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"ކުރިއަށް އޮތް ތަނުގައި [އެމްއޯޔޫ] ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާނެ. އެކަމަށް އަދި ވަގުތު ނަގާނެ. އެކަމަކު ޔަގީނުން ވެސް އެ ހުށަހަޅާނެ،" ޖަޔަތިސާ ވިދާޅުވި އެވެ.
"މިއީ އަދި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން. ކުރިއަށް އޮތްތަނުގައި މި އެއްބަސްވުންތައް މަޖިލީހަށް ހާމަކުރާނަން. އިންތިޒާރު ކުރަން އުނދަގޫ ނަމަ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރްޓީއައި) މެދުވެރިކޮށް ބައެއް މައުލޫމާތު ހޯދުމަށް އެދެވިދާނެ."
އެކަމަކު އިކޮނޮމީ ނެކްސްޓް ނޫހުން ބުނީ އާރްޓީއައިގެ ދަށުން އެ މައުލޫމާތަށް އެދެމުން އެއީ، ދިފާއީ ކަންކަމާ ބެހޭ އެއްބަސްވުންތައް ގާނޫނުން އިސްތިސްނާވާ ކަމަށް ބުނެ ޖަވާބު ދީފައިވާ ކަމަށެވެ.
އެއްބަސްވުން ހާމަ ނުކުރާތީ އަމާޒުވެފައިވާ ފާޑުކިޔުމަށް ރައްދު ދެއްވައި ޖަޔަތީސާ ވިދާޅުވީ ސަރުކާރުން އޭގައި ސޮއިކުރީ ކަމާ ގުޅޭ އެންމެންނަށް މަޝްވަރާކޮށް، ޒިންމާދާރުކަމާ އެކުގައި ކަމަށެވެ. އަދި މިއީ ސިޔާސީ ގޮތުން ކޮށްފައިވާ ސޮއެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ލަންކާގައި އަދާނީގެ ބިޔަ ކޮންޓެއިނާ ޓާމިނަލެއް
އިންޑިއާ-ލަންކާގެ ދިފާއީ އަދި ހަކަތައިގެ އެއްބަސްވުމެއް
އަންނަ މަހު މޯދީ ލަންކާއަށް ވަޑައިގަންނަވަނީ
އަދާނީއާ އެކު ލަންކާއިން ހެދި އެއްބަސްވުން އުވާލައިފި
ސައިބަކްރައިމް ހިންގާ ބިދޭސީން ލަންކާގައި ހައްޔަރުކުރަނީ
ކަނޑު ބަލަހައްޓަން ލަންކާގައި ވަރުގަދަ މަރުކަޒެއް
އިންޑިއާގެ ޔޫޕީއައި ޕޭމެންޓް ހިދުމަތް ލަންކާގައި ދެނީ
ފަތާފައި ލަންކާއިން އިންޑިއާއަށް ދަނިކޮށް މަރުވެއްޖެ
އިންޑިއާ އާއި ލަންކާއާ ދެމެދު މި މަހު ފެރީ ފަށަނީ
ލަންކާގައި ޗައިނާއަށް ދިން ޕްރޮޖެކްޓެއް އަތުލައިފި