ދިވެހި ސިފައިންގެ ވަސީލަތްތައް ވަރުގަދަ ކުރުމަކީ ލިބިވަޑައިގަންނަވާ ފަހުރެއް ކަމަށާއި އެ މަސައްކަތްތަކުގެ ތެރެއިން ދިވެހި ސިފައިންގެ އާމީ އާއި ނޭވީ އަދި އެއާ ފޯސް ގާއިމް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
21 އެޕްރީލް 2025
ދިވެހި ސިފައިންގެ ވަސީލަތްތައް ވަރުގަދަ ކުރުމަކީ ލިބިވަޑައިގަންނަވާ ފަހުރެއް ކަމަށާއި އެ މަސައްކަތްތަކުގެ ތެރެއިން ދިވެހި ސިފައިންގެ އާމީ އާއި ނޭވީ އަދި އެއާ ފޯސް ގާއިމް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ސިފައިންގެ ފެންވަރު ރަނގަޅުކޮށް، ވަސީލަތްތައް އިތުރުކޮށް ވަރުގަދަ ކުރުމަކީ ސަރުކާރުގެ ވާޖިބެއް ކަމަށާއި އެއީ ލަދުގަންނަން ޖެހޭ ކަމެއް ނޫން ކަމަށެވެ. ސިފައިންގެ ގާބިލްކަން އިތުރު ކުރުމަކީ އެންމެން ފަހުރުވެރިވާން ޖެހޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ސިފައިންގެ އެކިއެކި ތަކެތި ހޯދައިދިނީމާ އެކަމާ ލަދުގަންނަންޏާ އެ މީހެއްގެ އަމިއްލަ ނަފުސާ މެދު އެބަޖެހޭ ސުވާލު ކޮށްލަން ގައުމީ ލޯބި އޮތީ ކިހާ ހިސާބެއްގައިތޯ؟ ތިމަންނަ އަކީ ގައުމު ދެކެ ލޯބިވާ ދިވެއްސެއްތޯ؟ މި ގައުމަށް އުފަންވި މައް ދިވެއްސެއް ވިއްޔާ ގައުމީ ލޯބި ހުންނަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
"ގައުމީ ލޯބި ހުންނަ ކޮންމެ މީހަކު ފަހުރުވެރިވާން ޖެހޭނެ ދިވެހި ފަހުރުވެރި ސިފައިންނަށް ސަރުކާރުން ހޯދައިދޭ ކޮންމެ ކުރިއެރުމަކަށް. މިއީ ގައުމީ ވާހަކައެއް."
ރައީސް ވިދާޅުވީ، ދިވެހި ސިފައިންގެ ހިދުމަތް ވަރުގަދަ ކުރުމަށް ކުރާ މަސައްކަތަކީ ރާއްޖޭގެ މިނިވަންކަން އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށެވެ.
"ފަހުރުވެރިކަމާ އެކީ ކުރަންޖެހޭ ކަމެއް. ލަދުގަންނަން ޖެހޭ ކަމެއް ނޫން. އެކަމާ މަލާމާތް ކުރާ މީހުންނަކީ އަޅުގަނޑު ދެކޭ ގޮތުގައި ގައުމިއްޔަތު ކަމެއް ނެތް ގައުމީ ލޯތްބެއް ނެތް މަވެތި ކަމުގެ އިންތިހާ އަށް ގޮސްފައިވާ ސިޔާސީ ގޮތުން ގައުމު ކޮންމެ ފަދަ ގޮތަކަށް ވެގެން ދިޔަޔަސް ވަރިހަމަ ވިސްނުމުގައި ތިބި ބައެއް،" ރައީސް ވިދާޅުވި އެވެ.
"އެ ވިސްނުމުން އަޅުގަނޑުމެންގެ ގައުމު ސަލާމަތް ކުރުމަކީ ގައުމު ދެކެ ލޯބިވާ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެއް."
ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި ޖަލްސާގެ ތެރެއިން: ދިވެހި ސިފައިންގެ އާމީއެއް އުފައްދާނެ ކަމަށް ރައީސް ވިދާޅުވި
ރައީސް މުއިއްޒު ވިދާޅުވީ:
- ގައުމީ ދިފާއީ ބާރު ވަރުގަދަ ކުރުމަށް ކުރާ ކަމަކީ ގައުމުގެ މިނިވަންކަމާއި ހިމާޔަތަށްޓަކައި އަދި އަންނަން އޮތް ޖީލަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް.
- ސިފައިންގެ ވަސީލަތްތައް އިތުރު ކުރުމާ މެދު މަލާމަތް ކުރާ މީހުންނަކީ ގައުމިއްޔަތު ކަމެއް ނެތް، ގައުމީ ލޯއްބެއް ނެތް، ސިޔާސީ ގޮތުން ގައުމު ކޮންމެ ގޮތަކަށް ވެގެން ދިޔަސް ވަރިހަމަ މީހުން ކަމަށް.
- ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމުގެ މަސައްކަތް ކޮންމެ ރައްޔިތަކު ވެސް ކުރަން ޖެހޭނެ ކަމަށް.
- ދިވެހި ސިފައިންގެ ބާރުތަކަށް ކުރިއެރުން ގެނެސްދިނުމަށް އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ފަހުރުވެރިކަމާ އެކު ކަމަށާއި އެކަމުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް.
ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި ޖަލްސާގެ ތެރެއިން: ދިވެހި ސިފައިންގެ އާމީއެއް އުފައްދާނެ ކަމަށް ރައީސް ވިދާޅުވި
ރައީސް ވިދާޅުވި ގޮތުގައި ދިވެހި ސިފައިންގެ ބާރުތައް ވަރުގަދަ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ދިވެހި ސިފައިންގެ އެއާ ފޯސް އާއި ނޭވީ އަދި އާމީ އުފެދިގެންދާނެ އެވެ. މި ސަރުކާރުން ވަނީ ސިފައިންގެ އެއާކޯ ވެސް އުފައްދައިފަ އެވެ.
ސިފައިންގެ އެންމެ މަތީވެރިޔާ ރައީސް މުއިއްޒު މިރޭ ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ވައިގެ މަގުން ހިމާޔަތް ނުކުރެވި އޮތް އޮތުން ނިމުމަކަށް ގެނައުމުގައި ކާމިޔާބޯތަކެއް ހޯދާފައިވާ ކަމަށާއި އެ މަސައްކަތް މިހާރު އަންނަނީ ފުރިހަމަ ކުރަމުން ކަމަށެވެ.
"ރިޔާސީ ބަޔާނުގައި އަޅުގަނޑު ފާހަގަކުރި ފަދައިން އުތުރާއި ދެކުނުގައި ވައިގެ މަރުކަޒުތައް ގާއިމް ކުރުމުގެ މަސައްކަތް އެބަކުރެވޭ. އެއީ އަޅުގަނޑުމެންގެ މި މިނިވަން މުސްތަގިއްލު ގައުމުގެ ބިޔަ ބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ހިމާޔަތް ކުރުމުގެ މަސައްކަތަށްޓަކައި ކުރެވޭ ކަމެއް. މި ސަރަހައްދަކީ އަޅުގަނޑުމެންގެ ސިޔާދަތީ ބާރުގެ ތެރޭގައި ވާ ސަރަހައްދެއް. ގާނޫނުން ސިފައިންގެ މައްޗަށް ލާޒިމްވެފައި ވަނީ މި ސަރަހައްދު ހިމާޔަތް ކުރުމަށް،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް އެ މަނިކުފާނު ވިދާޅުވިގޮތުގައި އެ ވަސީލަތްތައް މިދިޔަ ދުވަސްތަކުގައި ގާއިމް ކުރެވިވެފައެއް ނެތެވެ. އެކަމަކު، އެ ގާބިލިއްޔަތުކަން އިތުރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
"ކޯސްޓް ގާޑުގެ އެކި އުޅަނދުތައް ވެސް ހުރީ ހަމަ ހަގީގަތުގައި ވެސް ހަލާކުވެފައި. ވީރާނާ ވެފައި. ބޭނުން ނުކުރެވޭ ހިސާބުގައި ހުރި އެތައް އުޅަނދެއް ހުރި. މިއީ އެކަމަކު ދިވެހި ފަހުރުވެރި ގައުމެއް. މިނިވަން ގައުމެއް. ހަގީގަތުގައި އޮންނަންވާ ވަރާ ބަލާއިރު ބާރެއް ނެތިފައި އޮތް ގައުމެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ސިފައިންގެ ހުވާ އަލަށް ކުރި ސިފައިންގެމީހަކާ ރައީސް މުއިއްޒު މިރޭ ބަޑި ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވީ، އެ ކަންކަން ނުވެ އޮތުމަކީ ދިވެހިންގެ ހިތުގައި ސުވާލުތަކެއް އުފެދެންޖެހޭ އަދި އެ އަަށް ޖަވާބު ހޯދަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ އާބާދީ އާއި ބިމުގެ ގޮތުން ކުޑަ ގައުމެއް ނަމަވެސް، ސަރަަހައްދީ ގޮތުން ބޮޑު ގައުމެއް ކަމަށެވެ. އެހެންކަމުން ގައުމުގެ މިނިވަންކަމާއި ސަލާމަތަށް ފަރުވާ ކުޑަކޮށްގެން ނުވާނެ ކަމަށާއި ސިފައިންގެ ވަސީލަތްތައް ވަރުގަދަ ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެއީ ވަށައިޖެހޭ ސިޔާސަތެއްގެ ދަށުން މި ސަރުކާރުން ކުރިއަށް ގެންދާނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތު ތަންފީޒު ކުރުމުގައި ސިފައިންގެ ތާއިދާއި އެއްބާރުލުމާ އެކު ކުރިއަށް ދާނެ ކަމަށާއި ސިފައިންގެ ލަޝްކަރަށް އިތުރު ކާމިޔާބީތައް ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭނެ ކަމަށެވެ.
ސިފައިންގެ ވިންދު ހުރިހާ ހިނދަކު މިނިވަންކަން އޮންނާނެ
އަސްކަރިއްޔާ އަށް ގެނައި އާ އުޅަނދުތައް ދައްކާލައިފި
"ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރަން އިސްކަންދޭނަން"
ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަނީ
ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލަށް
ވައިގެ އަސްކަރީ ދެ ބޭސް ގަމާއި ފުނަދޫގައި ގާއިމްކުރަނީ
ސިފައިންގެ އާ ޗީފަކަށް ހިލްމީ، ވައިސް އަކަށް ގިޔާސް
ޑްރޯންތައް ދުއްވަން ބޭރުގެ ސިފައިން ނުތިބޭނެ: ރައީސް
ޑްރޯންތައް ގަތުމުގައި ކޮރަޕްޝަނެއް ނެތް: ރައީސް
ހަތުރުންނާއި މިތުރުން ހައިރާން ކުރުވައިފި: ޣައްސާން