Roadha Mihaaru

އުރީދޫ ނޭޝަންގެ އިންޓާ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕަށް ހުޅުވާލައިފި

އުރީދޫ ނޭޝަންގެ އިންޓާ ރިސޯޓް އީސްޕޯޓްސް ޗެމްޕިއަންޝިޕް ގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

އިންޓާ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕަށް ހުޅުވާލައިފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

16 އެޕްރީލް 2025

އުރީދޫ ނޭޝަންގެ އިންޓާ ރިސޯޓް އީސްޕޯޓްސް ޗެމްޕިއަންޝިޕް ގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

އުރީދޫން ބުނީ ރިސޯޓް ކޮމިއުނިޓީތަކުގެ މެދުގައި ގޭމިންގެ ފޯރި އާއި ވާދަވެރިކަން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި މި މުބާރާތުގެ އަމާޒަކީ ވާދަވެރި މާހައުލެއްގައި އެކުވެރިކަން ބަދަހަވި، ޓީމްވޯކް އިތުރަށް ރަނގަޅުވެ، ޑިޖިޓަލް އެންގޭޖްމަންޓް އިތުރުކުރުން ކަމަށެވެ.

އަދި މިއީ ޓްރެޑިޝަނަލް ހޮސްޕިޓާލިޓީ ސެޓިންގެ ބޭރުން ރިސޯޓް މުވައްޒަފުންގެ ހުނަރާއި އުފެއްދުންތެރިކަމާއި ކުޅިވަރުގެ ހުނަރު ދައްކުވައިދޭނެ ހަރަކާތެއް ކަމަށް އުރީދޫން ބުންޏެވެ.

މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ)ގައި ކުޅުންތެރިންނަށް ވާދަކުރެވޭނެ އެވެ. މި މުބާރާތަކީ އޮންލައިންކޮށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތެކެވެ.

އުރީދޫ ނޭޝަންއިން ބާއްވާ ރިސޯޓް އީސްޕޯޓްސް ޗެމްޕިއަންޝިޕަށް އެ ކުންފުނިން ޖުމްލަ 20،000ރ. ގެ ޕްރައިޒް ޕޫލެއް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ކޮންމެ ގޭމެއްގެ އެއް ވަނަ އަށް 5،000ރ.، ދެ ވަނައަށް 3،000ރ. އަދި ތިން ވަނަ އަށް 2،000ރ. ވަނީ ހުށަހަޅާފަ އެވެ.

މި މުބާރާތާގުޅޭ އިތުރު މައުލޫމާތުތައް އުރީދޫ ނޭޝަންއިން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

އުރީދޫން ރާއްޖޭގައި ގޭމިން ދާއިރާ ކުރިއެރުވުމަށް އެކުލަވާލި އުރީދޫ ނޭޝަންއިން ގިނަ މުބާރާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން މި އަހަރު ކުރީ ކޮޅު ބޭއްވި ބޮޑު ގޭމިން ފެސްޓިވަލް ފާހަގަކޮށްލެވެ އެވެ.