Roadha Mihaaru

އެމްފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ

އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އުރީދޫން ބުނެފި އެވެ.

އެމްފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

23 މާޗް 2025

އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާ އެކު ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އުރީދޫން ބުނެފި އެވެ.

އުރީދޫން ބުނީ އެމްފައިސާ އިން ޒަކާތް ދެއްކުމަށް އެމްފައިސާއަށް ލޮގިންވުމަށް ފަހު ޒަކާތުގެ ބާވަތާއި އަދަދު ހިޔާރުކުރުމަށް ފަހު ތަފްސީލުތައް ޖެހުމަށް ފަހު ފައިސާ ދެއްކުމަށް އެމްފައިސާ ހިޔާރުކޮށް ވޮލެޓް ނަމްބަރު ޖަހަން ޖެހޭނެ އެވެ. އެއަށް ފަހު ޕޭމަންޓު ކަށަވަރުކުރުމަށް އޯޓީޕީ ޖެހުމުން ޒަކާތް ދެއްކޭނެ އެވެ.

އުރީދޫގެ ޑިޖިޓަލް ވޮލެޓު އެމްފައިސާ މެދުވެރިކޮށް ގިނަ ފިހާރަތަކަކާއި ރެސްޓޯރަންޓުތަކަށް ބިލް ދެއްކޭނެ އެވެ. އަދި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އާއި މީޑިއާނެޓް ފަދަ އެކި ޔުޓިލިޓީސް ބިލްތައް ވެސް އެމް-ފައިސާ މެދުވެރިކޮށް ދެއްކޭނެ އެވެ.

އެމްފައިސާއަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ކަސްޓަމަރުން އެމްފައިސާ އެޕް ޑައުންލޯޑްކޮށް، ސެޓަޕް ފުރިހަމަކޮށްގެން ރަޖިސްޓްރީ ކުރެވޭނެ އެވެ. މިއީ އުރީދޫ ފިޔަވައި އިތުރު ނެޓްވޯކުތަކުގެ ކަސްޓަމަރުންނަށް ވެސް ރަޖިސްޓްރީކޮށް ބޭނުން ކުރެވޭނެ ޑިޖިޓަލް ވޮލެޓެކެވެ.